ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

"ރައުލްއަށް ކަމަކު ނުދޭ ދޯ އަހަރެން މިގެއަށް އަންނާކަށް... ވައި؟.. ރައުލް އަށް ނަވާ ކަމުދިޔައީތަ" ރައުލްއަށް ބަލަން އިނދެ ލޫކަސް ބުންޏެވެ. އެވަގުތު ރައުލް އެއްޗެކޭ ބުނަން އުޅުމުން އޭނާ ހުއްޓުވީ ރާސިލްއެވެ.

Ads by Hajj Corporation

*****************************

" ލޫކަސް ގެނައީ ރައުލްއާ ދެބަސްވާން ނޫން..".. ރާސިލް ބުނެލިއެވެ. އެއާއެކު ލޫކަސް ރާސިލްއަށް ބަލާލަމުން ބުމަ އަރުވާލިއެވެ. އެހިނދު ރާސިލްގެ ބެލުމުގައިވީ ފިނިކަން ލޫކަސް ދެނެގަތެވެ.

" ޔަލް އާ އަހަރެންގެ ގުޅުން އާއިލާއަށް އަންގައިފިން.. އެހެންވީމަ ދެން ލޫކަސްގެ ހެލްޕެއް ބޭނުމެއް ނޫން...".. ރާސިލް ބުނެލިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ ހިމޭނުން އިނުމަށްފަހު ލޫކަސް ތެދުވިއެވެ.

" އަހަރެން ޔަލް ދެކެ ލޯބިވޭ..".. ލޫކަސް ބުނެލިއެވެ.

" ލޫކަސް މޮޔަވީތަ؟.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟..".. ރާސިލްގެ އަޑު ބާރުވިއެވެ.

" އާނ.. އަހަރެން ޔަލާ ދެކެ ލޯބި...".. ލޫކަސްއަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރާނޭ ފުރުސަތެއް ރާސިލް ނުދިނެވެ. ދެލޯ ހަނިކޮށްލަމުން ތެދުވި ގޮތަށް ލޫކަސްގެ ކަންކަށިމައްޗަށް ދެތިން ފަހަރު ބޭލިއެވެ. އެއާއެކު ލޫކަސްގެ ގަމީހުގެ ގިރުވާނުގައި ހިފި ގޮތަށް ސޯފާއާއި ދިމާރަށް ހޫރާލިއެވެ. ރާސިލްގެ ބާރުގަދަކަމުން ލޫކަސްއަށް ސަލާމަތްވާން މާބޮޑު ކަމެއް ނުކުރެވުނެވެ.

" ރާސިލް!.. ކިހިނެތް ތިވަނީ؟.. ސްޓޮޕް އިޓް...".. ރައުލް ބުންޏެވެ. ނަމަވެސް އޭނާ ހުރީ ދުރުގައެވެ.

" މޮޔަވީތަ! ހަމަޖެހިބަލަ!.. ހަމަޖެހިބަލަ!.. ".. ލޫކަސް ހިތްހަމަނުޖެހުނެވެ.

ދެވަނަ ފަހަރަށް ލޫކަސްއާ ދިމާލަށް ރާސިލް ދާން ފެށުމުން ރައުލް އޭނާ ހުއްޓުވިއެވެ. ދެން ގޮސް ވެއްޓިފައި އޮތް ލޫކަސް ނެގިއެވެ. އޭރު އޭނާގެ މޫނު ހުރީ ރަތްވެ ދުޅަވެފައެވެ.  ރާސިލްގެ އިނގިލީގެ ނިޝާންތައް އެކި ދިމަ ދިމާލުން ފެންނަން ހުއްޓެވެ.

ރާސިލްގެ ތަބީއަތު ގޯސްވެފައިވާ މިންވަރު ރައުލްއަށް އިހްސާސް ކުރެވުނެވެ. ފުރާވަރަށް އެޅިގެން އައި އިރު ރުޅި މަޑުކުރަން ބީކާލް އެތަށްފަހަރަކު ނަސޭހަތް ދިނެވެ. އެކުދިންނަށް ލިބިފައިވާ ބާރު ގޯސް ގޮތެއްގައި ބޭނުން ކުރެވިދާނެ ކަމުގެ ބިރު ބީކާލްގެ ހިތުގައި އުފެދުނީއެވެ. އެކަން ދެޒުވާނުން ވެސް ޤަބޫލު ކުރިއެވެ.

ރާސިލް އިނީ ހިމޭނުންނެވެ. އޭނާ އެއްޗެކޭ ބުނޭތޯ ރައުލް އިރުކޮޅަކު މަޑުކޮށްލިއެވެ. ނަމަވެސް ރާސިލްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން ރައުލް ލޫކަސް އަށް ބަލާލަމުން އިޝާރާތް ކޮށްލީ އެތަނުން ދިޔުމަށެވެ.

އެޕަރޓްމެންޓުން ނުކުމެވުމާއެކު ލޫކަސްއަށް ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ. ލޯ މަރާލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މޫނާއެކު އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ލިފްޓުގެ ފިތަށް އޮބާލިއެވެ.

*****************************

ހޮނިހިރު ދުވަސްކަމުން ސާޔާއާއި ނަވާރް އުޅުނީ ބަގީޗާ ތެރޭގައެވެ. މެލެކްއާއި ބީކާލް ދެ ދުވަސްކުރިން ކައިރި ރިސޯޓަކަށް ފުރުމުން އެދެމަފިރިންނަށް ސާޔާގެ ހަޤީޤަތް އެނގިދާނެ ކަމުގެ ބިރު ދުވަސްކޮޅަކަށް ނަމަވެސް ރައުލްމެންގެ ހިތްތަކުން ވަނީ ފިލައިފައެވެ. އެހެންކަމުން ސާޔާގެ ހަރަކާތްތަކަށް ފާރަވެރިވުމުގައި އެ ޒުވާނުން ހޭދަކުރަމުން ދިޔަ ވަގުތު މަދުކޮށްލިއެވެ.

ވިއްސާރައިގެ ކުލަތަށް ފެންނަން ހުރި ނަމަވެސް ވާރޭ ނުވެހެއެވެ. އެހެންނަމަވެސް ހެނދުނުއްސުރެ އުޑުމަތީގައި ބޯ ވެފައިވާ ވިލާތަށް އުދަރެސް ބައްދާލައިފައި އޮތް ގޮތުން ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެން ހީވެއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކާއި އެއްވަރަކަށް ގަސްތަށް ވަޔާއި ނަށަމުން ދިޔަ އިރު މާހައުލުގައިވަނީ ތެތް ފިނި ކަމެކެވެ.

ބަގީޗާގެ ފެހި ވިނަގަނޑު މަތީގައި ދެ އަންހެންކުދިން އިށީނދެލައިގެން ތިތްބެވެ. ނަވާރް އަތުގައި އޮތް ވާހަކަ ފޮތުން ނަޒަރު ވަކި ކޮށްލަމުން ވަށައިގެންވީ މާހައުލަށް ބަލައިލިއެވެ. ކައިރީގައި ހުރި ފިނިފެންމާ ގަހުގައި ފޮޅިފައި އިން ރަތްކުލައިގެ މާ ލޮލުގައި އަޅައިގަތުމުން އެމާ ބިނދެލިއެވެ. އަދި މާ ގެނެސް ތުންފަތުގައި ޖައްސާލުމަށްފަހު ލޯ މަރާލިއެވެ. އެވަގުތު ރައުލްގެ ސޫރަ ހިތަށްވެރިވުމާއެކު ސިހިފައި ނަވާރް އޭނާގެ އަތް ދުރުކޮށްލިއެވެ.

ރަކި ހިނިތުންވުމެއްގެ އަސަރު ފާޅުވިޔަސް ނަވާރް އެ ކުލަތައް މޫނުމަތިން ފޮރުވާލިއެވެ. އޭރު ކުރިމަތީގައި އިނދެ ސާޔާ ފޯނުން އެއްޗެއް ބަލަމުން ދިޔައެވެ. ސާޔާއާ އެ ހިތުގެ ހާލު ހިއްސާކޮށްލަން ނަވާރްގެ ހިތް އެދުނެވެ. ނަވާރްގެ ހިތް ވެސް އެދެނީ ރައުލްއެވެ. ކުރިން އެހިތުގައި ރައުލްއާ މެދު އުފަން ވެފައި ނުވާ އިހްސާސްތަކެއް އުފަންވެއްޖެކަން ނަވާރްއަށް ޔަޤީނެވެ.

އޭނާ އެއްޗެކޭ ބުނަންވާ އިރަށް އެތެރެއިން ނޯޔާގެ އަޑު އިވުނެވެ. އެހެންކަމުން ނަވާރްއަށް ޖެހުނީ އެކަން ފަސްކޮށްލާށެވެ. ނަމަވެސް ކޮންމެވެސް ވަގުތަކު ސާޔާއާ އޭނާއަށް އުނދަގޫ ކުރަމުންދާ ހިޔާލުތަށް ހިއްސާކުރުމަށް ނަވާރް ނިންމިއެވެ.

****************************

އޭގެ އިރުކޮޅެއްފަހުން ސާޔާ ތެދުވިއެވެ. ވިނގަނޑު މަތީގައި އޮތް ރަތްކުލައިގެ މާ ފެނުމުން ފިނިފެންމާ ބޮނޑިއެއް އެއްކޮށްލައިގެން ގޮސް ސިޓިންގްރޫމުގެ މޭޒުމަތީގައި ހުރި ހުދު ކުލައިގެ ވާރސް ގައި އެމާތަށް ޖަހައިލިއެވެ. ލޯބިގޮތަކަށް އެމާތަކަށް ނަޒަރު ހުއްޓައިގެން ހުރިއިރު އެ ފިނިފެންމާތަކުގެ ސަބަބުން ސިޓިންގްރޫމުގެ ޒީނަތްތެރިކަން ދެގުނަވިހެން ސާޔާއަށް ހީވިއެވެ.

ސޯފާގައި އިށީންނަމުން ސާޔާ ނަވާރްއަށް ގޮވާލިއެވެ. ނަމަވެސް އިރުކޮޅެއްވީ އިރުވެސް ނަވާރްގެ ހަބަރެއް ނުވުމުން ދެވަނަ ފަހަރަށް ބަގީޗާއަށް ނުކުތެވެ. އޭރު ކުރިއަށްވުރެ މާހައުލު އަނދިރިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނުހަނު ބޯކޮށް ވާރޭ އޮއްސައިގަތެވެ. ސާޔާއަށް ވާރެއިން ސަލާމަތްވާން ފުރުސަތެއް ނުދީއެވެ. ތެމުމުން ގެއަށް ވަނުމުގެ ހިޔާލު ސާޔާ ދޫކޮށްލިއެވެ.

ލޯމަރައިގެން ހުރެ ސާޔާ ވަށައިގެން އެނބުރިލިއެވެ. އޭރު ވާރޭގެ ބޮޑު ތިކިތަކުން އޭނާ ލައިގެން ހުރި މަޑު ފެހި ކުލައިގެ ގަމީހާއި ދިގު އިސްތަށިގަނޑު ވަނީ ގަޔާއި ތަތްލަވާފައެވެ. ފަރި ހިނގުމެއްގައި ގޮސް ސާޔާ ޕަރޕަލް އޯކިޑް މަލެއް ބިނުމަށްފަހު ކަންފަތް ކައިރިއަށް ޖެހިއެވެ.

" އަނހަ.. ރެޕަންޒެލް... އެކަނިތަ؟..".. ކުއްލިއަކަށް ލިއަމްގެ އަޑު އިވުމުން ސާޔާގެ ފިޔަވަޅުތަށް މަޑުވިއެވެ. އެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ލިއަމް ފެނުމުންހެން ހީވެއެވެ. މޭކަޕެއްގެ އެހީއަކާ ނުލައި އެ ކޯތާފަތަށް ރަތްކުލަ ވެރިވެގެންދާ ގޮތުން ލިއަމް އާޝޯހުވިއެވެ. ސާޔާގެ ތެމިފައިވާ އެސްފިޔަތަށް ހިއްލާލަމުން ލަދުރަކި ނަޒަރަކުން ބަލާލިގޮތުން އެކަނިވެސް ލިއަމްގެ ހިތް އަވަސްކުރުވިއެވެ. އޭނާ ލަސް ހިނގުމެއްގައި ސާޔާއާއި ކައިރއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެ ހިތް އެދުނީ ސާޔާ ގެނެސް މޭގައި ޖައްސާލުމަށެވެ.

" އަހަރެން ބައިވެރިވަންތަ؟..".. ލިއަމް ޖީބަތް އަތް ޖަހާލަމުން ބުނެލިއެވެ. އޭނާ ބުމަ އަރުވާލަމުން އެ ހިތްގައިމު އަޑިކޮޅު ކޯތާފަތަށް އެޅުވިއެވެ.

" ލިއަމް ބޭނުންވަންޏާ އޯކޭ.. އައި ވޯންޓް މައިންޑް..".. ސާޔާ ކަންފަތްކައިރިއަށް ޖަހާފައި ހުރި މާ ނައްޓާލުމަށްފަހު އެއާއި ކުޅެން ފެށިއެވެ.

" އޯހ.. ރެޕަންޒެލް ހާދަ ނުސީދާކޮށް ތިބުނީ.. ".. ލިއަމް ސާޔާގެ އަތުގައި ހިފާލުމަށްފަހު ކައިރިއަށް ގެނައެވެ. އަދި އެ މޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. ތެމިފައިވާ ސާޔާގެ ތުންފަތަށް ނަޒަރު ހުއްޓާލެވުމާއެކު ލިއަމްގެ ހިތުގެ ހިނގުން އަވަސްވިއެވެ. ނަމަވެސް ހިތުގެ އެދުމަށް ފުރަގަސް ދެމުން ލިއަމް ސާޔާގެ އަތުގައި ހިފައި ވަށައިގެން އަނބުރާލިއެވެ. އެއާއެކު ސާޔާގެ ލުއި ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ބޭއިހްތިޔާރުގައި ލިއަމްއަށް ވެސް ހީލެވުނެވެ.

" ކެން އައި ހޭވް އެ ޑާންސް...".. ސާޔާއާ ކުޑަކޮށް ދުރަށް ޖެހިލަމުން ލިއަމް އޭނާއާއި ދިމާލަށް އަތް ދިށްކޮށްލިއެވެ. އެ މޫނުގައިވީ ހިތްތަށް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ވާރެއާއި ތެމިގެން އެ އިސްތަށިގަނޑާއި މޫނުން ފެންތިކި ޖަހަމުން ދިޔައެވެ.

އަނގަޔަށް ގޮތެއް ހަދާލަމުން ސާޔާ އެ ދައުވަތު ޤަބޫލު ކުރިއެވެ. ސާޔާއަށް މާ ބޮޑަށް ނަށަން ނޭނގުނު ނަމަވެސް ލިއަމް ގެންނަ ހަރަކާތްތަކާއި އެއްވަރު ކުރަމުން ދިޔައެވެ. ލިއަމްގެ އަތް ސާޔާގެ އުނަގަނޑުގައި އަޅުވާލެވިފައިވާ އިރު ސާޔާގެ އަތް ވަނީ ލިއަމްގެ ކަނދުރާގައި ވަށައިލެވިފައެވެ. އެ ވަގުތު ކޮޅު މުޅި އުމުރަށް ދެމިގެންދާން ސާޔާއަށް އެދެވުނެވެ. އޭނާ ބޭނުންވީ އެގޮތުގައި ލިއަމް އަތުތެރޭ ހުރުމަށެވެ.

***************************

ނޯޔާ އާއެކު ދުވަސް ހޭދަކުރުމަށްފަހު ނަވާރްއަށް އެޕަރޓްމެންޓަށް އާދެވުނު އިރު އިރުއޮއްސިއްޖެއެވެ. ސާޔާގެ ކޮޓަރީގެ ދޮރު ދަށުން ފެންނަން ހުރި ހުދު އަލިން އޭނާ ކޮޓަރީގައި އުޅޭކަން ނަވާރް އަށް އެނގުނެވެ. ނަމަވެސް އޭނާ މިސްރާބު ޖެހީ ކޮޓަރިއަށެވެ.

އުދާސްވެފައި ހުރުމުން ނަވާރް ފެންވަރައިލިއެވެ. އަދި ގޭގައި ލާން އުޅޭ ދޫ ހަރުވާޅަކާއި އަތް ދިގު ޓީޝާޓެއް ލުމަށްފަހު ފޯނު ނެގިއެވެ.

" ވިޝާލް...".. މިސްވެފައި އޮތް ދެ ކޯލު ފެނުމުން ނަވާރް މަޑުމަޑުން ބުނެލިއެވެ. ދެ ހިޔާލެއްގައި އިނދެފައި ނަވާރް ވިޝާލްގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.

= ނުނިމޭ=

Ads by Allied Insurance
  1. ސިމާ

    ވ ރީތި.ދެންފަހަރަކުން ތަންކޮްްޅެއް ދިގު ކޮށް ލާތި އިންގޭ

  2. ޢަޅޭޭ ހާދަަ ކުރޭ

  3. ދެން މާކުރީ..

  4. ލީލާ

    މިހާރު މިވާހަކަ މަތިން ފޫހިވެއްޖެ. އެހާ ލަހުން އަޕްލޯޑުވަނީ އަދި އެހާ ކުރު