ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ތި ބުނާ މަރމެއިޑާ ފެއަރީސްގެ ޓްރުތް މިރޭ އެނގިދާނެތާ... ވީ އަރ ގޮނަ ހޭވް ގެސްޓްސް ޓުނައިޓް..".. ލިއަމް އެއް ލޯ މަރާލަމުން ބުނެލިއެވެ. އެވަގުތު ސާޔާ ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުން އޭނާއަށް ހެވުނެވެ. ކުރިން އެއްވެސް މީހަކު އޯވަރ ނައިޓަކަށް އަންނަ ވާހަކަ ސާޔާ ކައިރި ނުބުނެ އޮތީ އޭނާ އަންނަން އެއްބަސް ނުވާނެތީއެވެ.

Ads by STELCO

" މިރޭ ؟..".. ސާޔާގެ އަޑުން ކުއްލިއަކަށް ޖެހިލުންވުމުގެ އަސަރު ފާޅުވިއެވެ.

**********************************

އެވަގުތު ލިއަމްގެ ލުއި ހުނުމުގެ އަޑު ސާޔާގެ ކަންފަތުގައި ޖެހުނެވެ. އޭނާ ވަގުތުން ކަރުކެހިލުމަށްފަހު މޫނުން ބިރުގެންފާއިވާކަމުގެ އަސަރުތައް ފޮރުވާލިއެވެ. ކިތަންމެހާވެސް ކުޅަދާނައެވެ. ސާޔާ ހީލަމުން ކޯތާފަތަށް އަޑިކޮޅު އަރުވާލިގޮތުން ލިއަމްއަށް ހިނދުކޮޅަކު އޭނާއަށް ބަލަން ހުރެވުނެވެ. ސިކުނޑި އެހެން ދިމާލަކަށް ދާން އުޅޭހެން ހީވުމުން ލިއަމް ވަގުތުން ތިރިއަށް ފުންމާލިއެވެ.

" ލިއަމް.. ކިހިނެތް ތި ހެދީ.."... ސާޔާ ބޯ ތިރިކޮށްލަމުން އަހާލިއެވެ. ކުއްލިއަކަށް ލިއަމް މޫދަށް ފުންމާލުމުން އޭނާ ކޮންމެވެސް ވަރަކަށް ސިހުނެވެ. އެފަދަ ކުދިކުދި ކަންކަމުންވެސް ސާޔާ ނުހަނު ބިރުގަނެއެވެ. ނަމަވެސް އެ ބިރު ހިތުން ފޮހެލަން އޭނާ ބޭނުމެވެ. ކޮންމެ ގޮތެއް ހަދާފަވެސް މިރޭ އެބުނާ ބަޔަކު އައުމުން ރައުލްމެންގެ ހަޤީޤަތް ހޯދުމަށް ސާޔާ ހުރީ ގަސްތުކޮށްގެންނެވެ. އެކަން ކުރުމަށް އޭނާ ބިރުކުޑަވާން ޖެހެއެވެ.

އިރުކޮޅަކުން ލޮނުގަނޑުގެ ތެރެއިން ބޯ ހިއްލާލުމަށްފަހު ލިއަމް ސާޔާގެ ފައިތިލައިގާ ހިފެހެއްޓިއެވެ. ލިއަމްގެ އެ ހަރަކާތުން ސާޔާއަށް ތެޅިގަނެވުނެވެ. އެއާއެކު އޭނާ އަރިއަޅާލިއެވެ. ނަމަވެސް ލޮނުގަނޑުގައި ޖެހުމުގެ ކުރިން ލިއަމް ސާޔާ ހިފެހެއްޓިއެވެ.

" ރެޕަންޒެލް.. ބީ ކެއަރފުލް...".. ލިއަމް ސާޔާގެ ގައިން ދޫކޮށްލިއެވެ. އެތަން އެހާ ފުން ނޫނަސް އޭނާ ހުރީ ސާޔާއަށް ކަމެއް ވިޔަސް އަތް ޖެއްސޭ ހިސާބުގައެވެ.

އިރުގެ ރަން އަލި ސާޔާގެ މޫނަށް އެޅިފައިވާ ގޮތުން ލިއަމް އާޝޯހު ކުރުވިއެވެ. މުށި ކުލައިގެ އިސްތަށިގަނޑު އަވީގައި ވިދަމުން ދިޔަ ގޮތުން ލިއަމްއަށް ހަޤީޤަތުގައި ސާޔާ ސިފަކުރެވުނީ ރެޕަންޒެލް ފަދައިންނެވެ. އެ ފެހި ކުލައިގެ ކަޅިއަށް އިރުގެ އަލި އެޅިގެންދާގޮތުން ބައެއްފަހަރު ނޫކުލަހެން ހީވާފަހަރުވެސް އާދެއެވެ .

" ކޯއްޗެއް ތިބަލަނީ..؟.".. ލިއަމްގެ ތޫނު ނަޒަރު އިހްސާސް ކުރެވުމުން ސާޔާ އަހާލިއެވެ. އޭރު އެތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ.

" ލުކިން އެޓް ޔޫ... މި ހުރިހާ މީހުން ތެރޭގަ ކަމެއް ނުކުރެވޭނެތީ ދުރުން ބަލައިގެން ހިތްހަމަޖައްސާލަނީ...".. ލިއަމް ބަލާލި ގޮތުން ސާޔާ ފިނިކުރުވިއެވެ. ލިއަމްގެ އެ ކުދި ކުދި ސަމާސާތަކުން އޭނާއަށް ލިބެނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އެ ސަމާސާތަކުން ސާޔާގެ ހިތް ބަންޑުންކޮށްލައެވެ. ނަމަވެސް ރައްދުގައި ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަށް ނައެވެ. އެހެންކަމުން ސާޔާ ފަސްއެނބުރި ކުރިއަށް ޖެހިލިއެވެ.

" އިސްތަށިގަނޑު ތިހެން އޮތީމަ އުނދަގުލެއްނު... ގިވް މީ.. އައި ވިލް ޑޫ އިޓް ފޯރ ޔޫ...".. ލިއަމްގެ ލޮލުގައި ސާޔާގެ އިސްތަށިގަނޑުން ބައެއް ލޮނުގަނޑުގެ ތެރޭގައި އޮތްތަން އަޅައިގަތުމުން ބުނެލިއެވެ. އޭނާ ސާޔާގެ ފަރާތުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގޮސް އެ ދިގު އިސްތަށިގަނޑު އަތަށް އޮޅާލިއެވެ. އަދި ނުހަނު ކުޅަދާނަ ކަމާއެކު އިސްތަށިގަނޑު ތިރިއަށް ނުވެއްޓޭނެހެން ހައްޔަރު ކުރިއެވެ. އެ ކަނދުރާ ހާމަވެގެން ދިޔުމާއެކު ލިއަމްއަށް ސާޔާގެ ކަރުގައި ހުރި ނިޝާން ފެނުނެވެ.

" މި ބަރތް މަރކް އެއްތަ؟...".. ލިއަމް ބޭނުންވީ ސާޔާއަށް އެ ނިޝާނާ ގުޅޭ ގޮތުން އެނގޭ މިންވަރެއް ބެލުމަށެވެ.

" މޭބީ.. އެހެން ނޭނގެ ބުނަން.. ކުރިން ހީކުރީ މިއީ ލަކުނެއް ކަމަށް.. ".. ސާޔާ ބުނެލިއެވެ. ލިއަމް ބަލާލީ ފާޑަކަށެވެ. ސާޔާ ކަމެއް ސިއްރު ކުރާހެން އޭނާއަށް ހީވީ ކީއްވެ ކަމެއް ބުނަން ނޭނގުނެވެ. ނަމަވެސް ލިއަމްގެ ހިތުގައި ސާޔާއާމެދު ޝައްކުތަކެއް ހިނގައިގަތެވެ.

" ދެން މިހާރު ހީވަނީ ކޯއްޗެއްހެން...".. ލިއަމް އަހާލިއެވެ. އެވަގުތު އޭނާ ހުރީ ސާޔާގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ. އެމޫނުން އެއްވެސް ތަފާތުކަމެއް ފާހަނގަކުރެވޭތޯއެވެ.

" އަސަދުގެ ފަރާތުން ލިބުނު އަނިޔާއެއް ކަންނޭނގެ.. އެނީ ވޭސް.. އައި ޑޯންޓް ކެއަރ އެބައުޓް އިޓް.. ލިއަމް ތިހާ ވަރުން އެ ނިޝާން ފެނުނީމަ ސުވާލު ތިކުރަނީ ކީއްވެ؟..".. ސާޔާ ބަލަން ހުރި ގޮތުން ލިއަމްއަށް މަޖާވިއެވެ. މަޑު މަޑުން ނަމަވެސް ސާޔާއަށް "އާއިލާ" ގެ މޮޅު ބުއްދި އެބަ ލިބޭތާއޭ ލިއަމްއަށް ހިތާއި ހިތުން ބުނެލެވުނެވެ.

" އޯކޭ ދެން އެވާހަކަ ނުދައްކަމާ.. ހިނގާ ދާން.. ވަރަށް ބަނޑުހައި..".. ލިއަމް ބުނެލުމާއެކު ސާޔާ އެއްބަސްވިއެވެ. ކިރާޒްގެ ކަނދުރާއިން އޭނާއަށް އެ ނިޝާން ފެނުނު ވާހަކަ ބުނަން ސާޔާގެ ދޫ ހަރަކާތް ކޮށްލިއެވެ. ނަމަވެސް އެވާހަކަ ނުދައްކަން އޭނާ ނިންމީ ހިތުގައި އުފެދެން ފަށާފައިވާ ޝައްކުތަކުންނެވެ. އޭގެ ހަޤީޤަތް ހޯދާނީ އޭނާ އަމިއްލައަށް ކަމުގައި ސާޔާ ނިންމިއެވެ.

އެންމެން ހަމަވުމާއެކު ނަވާރް ވެލިގަނޑު މަތީ ކުއިލްޓް ފަތުރާލިއެވެ. އަދި ފަސް އަންހެން ކުދިން އެކުގައި ހެނދުނުގެ ސައި ބޮވޭނެ ގޮތަށް ގެނައި ސޭންޑްވިޗްތަކާއި ޕެންކެކް އަތުރާލިއެވެ. އަދި ކޮންމެ މީހަކަށް ޖޫސް ޕެކެޓެއް ނަގައި ކުއިލްޓްމަތީ ބޭއްވިއެވެ.

މެންދުރު މޫދަށް އެރުމުގެ ހިޔާލު ބަދަލު ކޮށްލުމަށްފަހު އަންހެންކުދިން ޖައްސާލީ ގަސްދޮށުގައެވެ. ނަމަވެސް ހަތަރު ފިރިހެންކުދިން އެކުގައި މޫދަށް އެރުނީ ތަންކޮޅެއް ފުން ހިސާބަކަށް ދިޔުމަށެވެ. އަންހެން ކުދިންނާއެކީ އެހިސާބަށް ނުދެވޭނެކަން އެ ޒުވާނުންނަށް އެނގޭތީއެވެ. ޖެޓްސްކީތަކުގައި ވިލުތެރޭ އުޅުމަށްފަހު ލިއަމް މެން އައީ އެތަށް އިރެއްވި ފަހުންނެވެ. އޭރު އަވީގައި އުޅެ ޓޭން ވެފައި ހުރުމުން ލިއަމް މާ ފުރިހަމަކަމަށް ސާޔާއަށް ޤަބޫލު ކުރެވުނެވެ.

އިރުކޮޅަކު ލިއަމްއަށް ބަލަން އިނުމަށްފަހު ސާޔާ ތެދުވިއެވެ. އޭނާގެ ފަހަތުން ނަވާރްވެސް ތެދުވުމާއެކު ހަރަކާތްތަށް މަޑުޖެހުނެވެ. ސާޔާގެ ކަނދުރާގައި ހުރި ނިޝާން ފެނުމާއެކު ނަވާރްއަށް ސިހުން ގެނުވިއެވެ. އޭނާއަށް ބަލާލެވުނީ ރައުލްއަށެވެ. އަދިވެސް ޔަޤީން ނުވެފައި ހުރެ އަނެއްކާވެސް ނަވާރް ސާޔާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ނަވާ...".. ކުއްލިއަކަށް ނަވާރްއަށް އައި ބަދަލުން ރައުލް ކަންބޮޑުވިއެވެ. ހާއްސަކޮށް ނަވާރްގެ ނަޒަރު ސާޔާއަށް ހުއްޓިފައި ހުރިތަން ފެނުމުން އޭނާ ހާސްވިއެވެ. މިފަދަ ވަގުތެއްގައި ނަވާރްއަށް ސާޔާގެ ހަޤީޤަތް އެނގުމުން ރައުލްއަށް ލިބުނު ނުތަނަވަސްކަން ނުހަނު ބޮޑެވެ. އޭނާ ހިފީ ނަވާރްގެ އަތުގައެވެ. އެއްޗެކޭ ނުބުނެ ނަވާރް ރައުލްއާ އެއްވަރަކަށް ހިނގައިގަތެވެ.

" ރައުލްއަށް އެނގޭދޯ އެކަން... ސާޔާ އަކީ ކާކުކަން އެނގޭތީ ދޯ ގެނައީ.. ކީއްވެ ހުރިހާ ކަމެއް އެނގިހުރެ ނުބުނީ.. ؟.. އަހަންނަށް އެންގުން އެހާ ވެސް ބޭކާރު ކަމެއްދޯ.. އަހަންނަށް އެ ނިޝާން ނުފެނުނުނަމަ އަދިވެސް ރައުލް ނުބުނާނެ.. ލާރާ ވަކިވުމަށްފަހު ވެސް އަހަންނަށް ސާޔާގެ ސިއްރު އެނގުމުގެ ހައްޤު ނެތީތަ؟.. ވަޓް އެބައުޓް ޔޯރ މަމް.. އެއީ މަންމައޭ ރައުލް.. އެ މަންމައަށް ވެސް އެވަރުގެ ހައްޤެއް ނެތީތަ؟.. ތި އެންމެންވެގެން ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވަމުންދާއިރު ހިތެއް ނެތީތަ؟.. ނޫނީ އެ ހިތުގަ އިހްސާސެއް ނެތީތަ؟.. ރައުލް އާއިލާގެ ހައްޤުގަ ހުރިހާ ކަމެއް ކުރާ މީހާއަށްވެ ހުރެ މިހާރު ތިކުރަނީ ކޮން ކަމެއް.. ތިއަށްވުރެ ބޮޑު އަނިޔާއެއް މީހަކަށް ދެވޭނެތަ؟.. ސާޔާއަށް ވެސް އޭނާގެ ހަޤީޤަތް އެނގެން ޖެހޭނެ.. ޝީ ޑިސަރވްސް ޓު ނޯ ހޫ ޝީ ރިއަލީ އިޒް ރައުލް!!....".. ނަވާރްގެ އަޑު ކުރެހުނެވެ. ރައުލްގެ ފަރާތުން އެފަދަ ކަމެއް ފެނުމުން އެކަން ޤަބޫލުރަން ނަވާރްއަށް ދަތިވިއެވެ.

" ވާހަކަ ދައްކާ!!!... ".. ރައުލް އެއްޗެކޭ ނުބުނެ ހުރުމުން ނަވާރް ބުނެލީ ބާރަށެވެ. އޭނާގެ އަޑު ދުރުގައި ތިބި މީހުންނަށް އިވުނަސް ނަވާރްގެ ފަރުވާލެއް ނެތެވެ.

" އައިމް ސޮރީ.. ބަޓް ޔޫ ޑޯންޓް ނޯ .. ނަވާ ތި ހީކުރާހާ ފަސޭހަ ކަމެއް ނަމަ އަހަރެން އެއްވެސް ކަމެއް ސިއްރު ނުކުރާނަން... ޓްރަސްޓް މީ.. އައި ވިލް މޭކް ތިންގްސް ރައިޓް.. ގިވް މީ ވަން ވީކް.. ".. ރައުލް ބުނެލިއެވެ. ސާޔާގެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހުނީ ކީއްވެކަން ނަވާރްއަށް ބުނެދޭން ރައުލް ބޭނުންވި ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތު އަދި ނުޖެހޭކަމަށް އޭނާ ގަބޫލު ކުރިއެވެ. ނަމަވެސް އޭނާ ނަވާރްއަށް ޔަޤީންކަން ދިނެވެ.

އެންމެފަހުން އެތަށް ވާހަކައެއް ދެއްކުމަށްފަހު ނަވާރް ހަމައަކަށް އެޅުނެވެ. އެނބުރި ލިއަމްމެން ތިބި ދިމާލަށް ދިޔުމަށްފަހު ނަވާރް ބެލީ ފުރަތަމަވެސް ސާޔާ ފެނޭތޯއެވެ. އެ ހިތުގައި ސާޔާއާ މެދު އުފެދިފައި އޮތް ލޯބި އިތުރަށް ފުންވެއްޖެއެވެ. ނަވާރްގެ ހިތުގައި އުފެދިފައިވީ ތަފާތު ޝުޢޫރު ތަކެކެވެ. ރައުލް ބުނިފަދައިން އޭނާ އެއް ހަފްތާ ދޭނެއެވެ. އޭގެ ފަހުގައި ރައުލްއަށް ހަޤީޤަތް ހާމަނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އަމިއްލައަށް ނަގަން ނަވާރް އޭނާގެ ނަފްސަށް ވައުދުވިއެވެ.

ނަވާރްގެ ލޮލުގައި އަޅައިގަތީ ދުރުން ހިނގާފައި އައި ސާޔާއާ ލިއަމްއެވެ. ގުޅުވާލެވިފައިވާ ދެ ޒުވާނުންގެ އަތް ފެނުމާއެކު އޭނާގެ ލޯ ތެމޭ ގޮތްވިއެވެ. ލިއަމްގެ ހިތުގައި ސާޔާއަށް އުފެދިފައިވާ ލޯބީގެ ފުންކަން އޭނާއަށް އިހްސާސް ކުރެވުނެވެ. އެއީ އާދައިގެ ލޯތަބެއް ނޫންކަން ނަވާރްއަށް ޤަބޫލުކުރެވުނެވެ. ކޮންމެ ގޮތެއް މެދުވެރިވިޔަސް ލިއަމްއާ ސާޔާ ދުރުނުވުމަށް ނަވާރްއަށް އެދެވުނެވެ. އަލާރާ ފަދައިން ސާޔާ ބީވެގެން ދާން ދުވަހަކުވެސް ނަވާރް ނޭދޭނެއެވެ.

އިރުއޮއްސެއްވާއިރަށް ޓެންޓުތައް ޖަހާ ނިމިއްޖެއެވެ. ރޭގަނޑަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ނިންމާލުމަށްފަހު އެންމެން ކުނާތައް މަތީ އިށީނދެލިއެވެ. އޭރު އިރުއިރުކޮޅާ ސާޔާއަށް ވަށައިގެން ހޯދާލެވެއެވެ. އޭނާއަށް އިންތިޒާރުކުރެވުން ދިޔައީ ލިއަމް ބުނި މެހެމާނުންނަށެވެ. ފަހަރެއްގައި ލިއަމް އެހެން ބުނީ މަޖަލަކަށް ހަދާފައި ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އެޔަޤީންކަން ސާޔާގެ ނެތެވެ. އެހެންކަމުން އޭނާގެ ހިތް ފުރާލާފައިވަނީ ބިރުވެރިކަމުންނެވެ. ގަހެއްގެ ފަތެއް ހެލިލިޔަސް ސާޔާއަށް ބަލައިލެވެނީ ދެލޯ ބޮޑުކޮށްފައެވެ.

" ކޮންއިރަކު ރިކްމެން އަންނަނީ.. މިހާރު ބުނި އިރަށްވުރެ ލަސްވެއްޖެ އެންނު...".. ރާސިލް އެންމެފަހުން ބުނެލިއެވެ. ފަސް އަންހެންކުދިންފިޔަވާ ދެންތިބި މީހުންގެ މޫނުން ފެންނަންހުރި ހަމަޖެހުމުގެ ކުލަވަރުން އެއީ މާކުރިންވެސް އެ ޒުވާނުންގެ މެދުގައި ދެކެވިފައި އޮތް ވާހަކައެއްކަން ސާޔާއަށް ޔަޤީންވިއެވެ.

" ރިކް؟.. އެޒް އިން ވެލެރިކް؟..".. ނަވާރް އަހާލީ ޔަޤީން ކުރުމަށެވެ. އެއާއެކު ރާސިލް ބޯ ޖަހާލުމާއެކު ނަވާރްއަށް ހެވިއްޖެއެވެ. އޭނާ ސިއްރު ނަޒަރަކުން ބަލާލީ ނޯޔާއަށެވެ. އެހެންނަމަވެސް އެކަން ދެނަހުރިކަމަށްވެސް ނުހަދާ ނޯޔާ އިންގޮތުން ނަވާރްއަށް އިތުރަށް ހެވުނެވެ. އޭރު ޔަލާވެސް އިނީ ފާޑަކަށް ހެވިފައެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ނޭނގުނީ ބާކީ ތިބި މީހުންނަށެވެ. އައިރާއާއި ސާޔާ ތިބީ އެތަނުގައި ހިނގަމުންދާ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ. މީގެ ކުރިން އެނަން އެގޭގައި ބޭނުންކޮށްފައި ނުވާކަން ސާޔާއަށް ޔަޤީނެވެ.

" ބްރޯ...".. ކުއްލިއަކަށް އަނދިރީގެ ތެރެއިން އައި ދެ ޒުވާނުން ފެނުމުން ސާޔާއާއި އައިރާއަށް ހަޅޭއްލަވައިގަނެވުނެވެ. ސިހުނުވަރުން ސާޔާއަށް ލިއަމްގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ. އިރުކޮޅަކުން ދެންތިބި ޒުވާނުން ހޭން ފެށުމުން ސާޔާ މަޑުމަޑުން ދުރަށް ޖެހިލިއެވެ. ނަމަވެސް އޭނާ އިނީ ނުހަނު ބިރުންކަން އެ މޫނުން ދޭހަވެއެވެ.

އެއްޗެކޭ ނުބުނެ އިނަސް ސާޔާގެ ހިތުގައި އެތަށް ސުވާލެއް ފުނި ޖެހުނެވެ. އެ ޒުވާނުން ކުއްލިއަކަށް އައީ ކިހިނެތް ހެއްޔެވެ؟.. އާދަޔާހިލާފަށް އެމީހުން ރީއްޗެވެ. ބަލާލުމުގައި ވެސް ހުރީ ތަފާތު ގޮތެކެވެ. އިންސާނުންކަމާއި މެދެ ޝައްކެވެ. ސާޔާއަށް ވަގުތުން ހިފާލެވުނީ ލިއަމްގެ އަތުގައެވެ.

" ލިއަމް.. ފަހަރިގެ ފިނޑިކަން މިހާރު ކެނޑިފަ ހުންނާނެކަމަށް މިއައީ.. ".. އެތަނުން ޒުވާނަކު ވާހަކަ ދެއްކުމުން ސާޔާގެ ހިތް ރޫރޫ އަޅަންފެށިހެން ހީވިއެވެ. އަ އަޑުވެސް ނުހަނު ބަރެވެ. ނަމަވެސް ހިތްތަކަށް އަސަރު ކުރުވާފަދަ ގޮތެއް އެބަހުއްޓެވެ. އެ ދިމާލަށް ނުބަލާ ހުންނަން އުނދަގޫވާފަދަ ދަމާ ބާރަށް އެ ޒުވާނުންނަށް ލިބިގެންވާ ކަހަލައެވެ.

ކުއްލިއަކަށް ފިނި ވައިރޯޅިއެއް ޖެހިލިއެވެ. އެއާއެކު ސާޔާގެ ނޭފަތުގައި ހަރުލައިގެން ދިޔައީ މީގެ ކުރިންވެސް އޭނާއަށް ނުހަނު ފަރިތަ ވަހެކެވެ. ނަމަވެސް ސާޔާއަށް ނުވިސްނުނީ އޭނާއަށް އެވަސް އެނގެނީ ކިހިނެތްކަމެވެ. ނޭނގޭ ސަބަބަކާހުރެ ސާޔާގެ ހިތް ހަމައަކަށް އެޅިއްޖެއެވެ. އޭނާ މަޑުމަޑުން ލިއަމްގެ އަތުން ދޫކޮށްލިއެވެ.

" ރިކް.. ކައިލް... ލޯންގް ޓައިމް ބްރަދަރސް...".. ރާސިލް ކައިލްގެ ގައިގައި ހިފައިގަތެވެ. އޭނާ އެ ޒުވާނުންނަށް ދައުވަތު ދިނީ އެމީހުން ކައިރީ އިށީނުމަށެވެ. ސާޔާ ހައިރާންވީ އެސްފިޔަޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުނާ މަތީގައި އެ ދެޒުވާނުން ތިބިތަން ފެނުމުންނެވެ.

" އައި ލައިކް ޔޫ ސިސް..".. ވެލެރިކް ހިނިތުންވުމަކާއެކު ބުނެލީ ސާޔާއަށް އިޝާރާތް ކުރަމުންނެވެ. އެއާއެކު ރައުލް ހީލިއެވެ. އެ ޒުވާނުންގެ ލާނެތްކަން ނުކެނޑޭނެކަން އޭނާއަށް ޔަޤީންވިއެވެ.

" އައިރާ.. ސާޔާ.. މީ ވެލެރިކް.. ސްވިޒް ނޭމް އެއް.. ދެން މިއީ ކައިލް......"... ރައުލް އެ ޒުވާނުން ތަޢާރަފް ކޮށްދިނެވެ. އަދިވެސް އައިރާގެ މޫނުން ފެންނަނީ ހައިރާންކަމެވެ. މިއީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެކޭ މިހާރު އެތަށް ފަހަރު ހިތަށް އަރައިފިއެވެ.

" ޑޯންޓް ވޮރީ ލަވް.. ދޭ އަރ ފެމިލީ..".. ސެހްރާން އައިރާ ކައިރިކޮށްލަމުން ބުނެލިއެވެ.

" ކިހިނެތް ފެމިލީ..".. ސާޔާ އަހާލިއެވެ. އެއާއެކު ލިއަމްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ސާޔާއަށް ކުއްލިއަކަށް އެހާ ބޮޑު ހިތްވަރެއް ލިބުނު ގޮތާއި މެދު އޭނާއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. ނަމަވެސް އިރުކޮޅަކުން އެއީ ކީއްވެކަން އޭނާއަށް ނަގައިގަނެވުނެވެ. އެވަގުތު އެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. ސާޔާއަށް ވެސް އޭނާގެ އާއިލާގެ އިހްސާސް ކުރެވޭނެކަން ލިއަމްއަށް ވިސްނުނެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ލބބ

  2. ޥަރައްް ރީތިި އަސްލުވެސްް މިކަހަލަަ ކުދިންްއުޅޭތަަ