Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އިންތިޚާބާ ގުޅިގެން ޕްރޮޖެކްޓް ހުއްޓައިފި ނަމަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ: ރިޔާޒު

އިންތިޚާބާ ގުޅިގެން ޕްރޮޖެކްޓް ހުއްޓައިފި ނަމަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ: ރިޔާޒު
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން ސަރުކާރުން ޕްރޮޖެކްޓް ހުއްޓައިފި ނަމަ ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ. އެމްއެންޕީގެ ނައިބު ރައީސް ރިޔާޒް މިހެން ވިދާޅުވެފައި ވަނީ، ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ހިންގޭނީ އެމްޑީޕީ ކެނޑިޑޭޓް ހޮވައިގެން ކަމަށް ރައީސް ޞާލިޙް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުންނެވެ. އިއްޔެ ކޮމަންޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ، ފަސް އަހަރަށް ގޮތެއް ނިންމައިގެން ކަމަށާއި އެއީ ސަރުކާރަށް ތާއީދުކޮށް، ސަރުކާރުން ހިންގަން ނިންމައިފައި ހުރި މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމަންޑޫ ދާއިރާގެ ބަސް އިއްވުން ކަމަށެވެ. "އެކަން އެގޮތުގައި ބޭއްވުމަކީ މި ދާއިރާގައި އަޅުގަނޑުމެން ކުރަން ނިންމައިފައިވާ ކަންތައްތަކަށް އަވަސްވެ، ފުރިހަމަ ވެގެންދާނެ ކަމެއް" ރައީސް ޞާލިޙްވިދާޅުވިއެވެ. ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙް މީގެ ކުރިން ވިދާޅުވެފައި ވަނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގާނެ ކަމަށް ކަމަށެވެ. ރިޔާޒް ވިދާޅުވީ، ކޮންމެ މީހަކު އިންތިހާބު ކުރި ނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ ކަމަށާއި އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިލައިފި ނަމަ 2023 ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށެވެ.
މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގާނެކަމަށް، ކޮންމެ މީހަކު އިންތިހާބުކުރި ނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ. އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފި ނަމަ 2023 ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް