ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ކިހިނެތް ފެމިލީ..".. ސާޔާ އަހާލިއެވެ. އެއާއެކު ލިއަމްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ސާޔާއަށް ކުއްލިއަކަށް އެހާ ބޮޑު ހިތްވަރެއް ލިބުނު ގޮތާއި މެދު އޭނާއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. ނަމަވެސް އިރުކޮޅަކުން އެއީ ކީއްވެކަން އޭނާއަށް ނަގައިގަނެވުނެވެ. އެވަގުތު އެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. ސާޔާއަށް ވެސް އޭނާގެ އާއިލާގެ އިހްސާސް ކުރެވޭނެކަން ލިއަމްއަށް ވިސްނުނެވެ.

Ads by Sosun Fihaara

***************************

" ސެހެރް... އަހަރެން ބިރުގަނޭ...".. އައިރާ މަޑުމަޑުން ސެހްރާން ކަންފަތް ކައިރީ ބުނެލިއެވެ. ނަމަވެސް އެހާ ސިއްރުން ދެއްކި ވާހަކަވެސް ކައިލްއާއި ވެލެރިކް ދެނެގަތެވެ. އައިރާއަށް ބަލަން އިނުމަށްފަހު ވެލެރިކް ހީގަތެވެ.

" އައިރާ ތި އުޅެނީ އާޔާ.. ސޮރީ.. އައި މީން ސާޔާ އުޅުނު ގޮތަށް މިހާރު...".. ވެލެރިކް ކަރުކެހިލާފައި ބުނެލިގޮތުން ރައުލްގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ. ހަމަގައިމުވެސް އެއީ ވެލެރިކް އަށް އޮޅުމަކުން ބުނެވުނު އެއްޗެއް ނޫންކަން އޭނާއަށް ޔަޤީނެވެ. ވެލެރިކްގެ މަޤްސަދު ކޮންމެވެސް ވަރަކަށް ރައުލްއާއި ރާސިލްއަށް ވެސް ފަހުމްވިއެވެ. އޭނާ ނުސީދާކޮށް ނަމަވެސް ބުނެދިނީ މުހިއްމު ވާހަކައެއްކަން އެ ދެޒުވާނުންނަށްވެސް ވިސްނުނެވެ.

" އިންޓްރެސްޓިންގް.. ވެލެރިކްއަށް ކިހިނެތް އެނގެނީ ކުރިން ސާޔާ އުޅުނު ގޮތެއް.. ".. ސާޔާގެ ލޮލުގައިވީ ތަފާތު ވިދުވަރެކެވެ. ހަޤީޤަތް ހޯދުމަށް އެހިތް ކެތްމަދު ވެފައިވާވަރު އެކަމުން އެކަނިވެސް ފާޅުވެއެވެ.

" ސޮރީ ސިސް.. ހަނދާންވޭތަ ހިޔަނި ފެނިގެން ބިރުން އުޅުނު ދުވަސް.. ".. ވެލެރިކް ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

" ރިކް... އެއީ ރިކްތަ؟.. އަހަރެން ހީކުރީ ރައުލް ކަމަށް..".. ނަވާރް ބުނެލުމާއެކު ވެލެރިކް ބޯ ޖަހާލިއެވެ.

" ރައުލްގެ ފަރާތުން ޑަރލިންގް އުޅޭކަން އެނގިގެން އައީ ބަލާލަން.. ކެތް ނުވީ ހެހެ... އިޓް ހޭޒް ބީން އެ ލޯންގް ޓައިމް..".. ވެލެރިކްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. ކޮންމެއަކަސް އޭނާއަށް ސާޔާ މުހިއްމު ވަރު އައިރާ ފިޔަވާ އެންމެނަށް އެނގިއްޖެއެވެ. ނަމަވެސް އެއީ ކީއްވެކަން ބުނަން އެނގެނީ ހުދު ވެލެރިކްއަށެވެ. އޭނާގެ ފަރާތުން ކަމެއް ހޯދުން ފަސޭހަ ނުވާނެކަން އެނގޭއިރުވެސް ރައުލް އެ ސިއްރު ހޯދަން ބޭނުންވިއެވެ. ނަަމަވެސް ވެލެރިކްގެ ނަޒަރު އޭނާއާ ސީދާވި ގޮތުން ރައުލް ވަގުތުން ބޯ ހޫރާލިއެވެ.

" އަދިވެސް އަހަރެން ކުރި ސުވާލަށް ޖަވާބު ނުދެމެންނު... ކިހިނެތް ފެމިލީ ވަނީ... އައި އެމް ޝުއަރ ދެޓް ޔޫ އެއިންޓް އެ ހިއުމަން... ވަޓް އަރ ޔޫ..".. ވެލެރިކްގެ ސަމާލުކަން ސާޔާ ހޯދިއެވެ. އެއާއެކު ކައިލް ހީލިއެވެ. ސާޔާގެ ފަރާތުން ފާޅުވާން ފެށި ބިރުކުޑަކަން ކައިލް ވެސް ހައިރާންކޮށްލީއެވެ.

"  ޔޫ އަރ ރައިޓް ޑަރލިންގް.. އަހަންނާ ރިކް އަކީ ހާފް ސުޕަރނެޗުރަލް... މަންމައަކީ ސުޕަރނެޗުރަލްއެއް.. ބައްޕައަކީ ހިއުމަންއެއް.. "... ކައިލް ބުނެލީ ނުހަނު ހަމަޖެހިފައި އިނދެއެވެ. އެކަން ހާމަކޮށްލީ އެކަމާއި ފަހުރުވެރިވާ ފަދައަކުންނެވެ.

" ހުސް ދޮގު.. ސެހެރް ބުނެބަލަ ...".. ދެލޯ ބޮޑުވެފައި އިނދެ އައިރާ ބުނެލީ ރޮވިފައެވެ. އެވަގުތު ސާޔާ އައިރާ އަށް ބަލާލިއެވެ. އަދި ބިރުނުގަތުމަށް ބުނެލިއެވެ. ކައިލްއާއި ވެލެރިކްގެ ފަރާތުން އައިރާއަށް ގެއްލުމެއް ނެތް ކަމުގައި ސާޔާ ބުނެލިއިރު އެ އަޑުގައި ޔަޤީންކަން އެކުލެވިފައި ވިއެވެ. އެކަމުން އައިރާއަށް ކުޑަ ހިތްހަމަޖެހުމެެއް ލިބުނު ނަމަވެސް އޭނާގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރު މިނެއްގައެވެ.

" ކައިލް ތިބުނީ ރައުލް މެންނާ ތަފާތު ވަނީއޭ.. އޭގެ މާނައަކީ ރައުލްއާއި ރާސިލް އަކީ؟..".. ސާޔާ އޭނާގެ ސުވާލު އަމާޒު ކޮށްލީ ރައުލްއަށެވެ. ކައިލްއާއި ވެލެރިކްގެ ސަބަބުން އެ ހިތުގައި އުފެދިފައިވީ ތަފާތު ޝައުޤެކެވެ. އެއީ ހަމަ އަސްލުވެސް އިންސާނަކާއި ޖިންނިއަކަށް ލިބިފައިވާ ދަރިން ހެއްޔެވެ؟.. ރައުލްއާއި ރާސިލްގެ އާއިލާ ހެއްޔެވެ؟.. ކުޑައިރު ކިޔާ ވާހަކަތަކުގައި އިންސާނުންނާއި ޖިންނީން ލޯބީގެ ގޮތުން ގުޅި ދަރިން ލިބޭކަން އެއީ ސާޔާ ދުވަހަކުވެސް ޤަބޫލުކުރި ކަމެއް ނޫނެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރި ހެކީގެ ސަބަބުން އެ ވިސްނުން ބަދަލުކުރަން ޖެހިއްޖެ ކަމުގައި އޭނާއަށް ވިސްނުނެވެ. ނޭނގޭ ސަބަބަކާއި ހުރެ ކައިލްއާއި ވެލެރިކްގެ ވާހަކަތަައް އޭނާއަށް ޤަބޫލު ކުރެވެއެވެ. އެ ދެ ޒުވާނުންގެ ވާހަކަތަކުގައި އޮޅުވާލުން އެކުލެވިގެން ނުވާކަން އިހްސާސް ކުރެވެއެވެ.

" ވާއު.. ޑަރލިންގް ފައިނަލީ ބިރުކުޑަ ވެއްޖެހެން ހީވޭ.. ލިއަމްގެ ކަމެއްތަ އަނެއްކާ.".. ވެލެރިިކް ހައިރާންވި ނަމަވެސް މޫނުން ފާޅުވީ އެހެން އަސަރު ތަކެކެވެ.

" ރިކްއާއި ކައިލްއެއީ އަހަރެމެންގެ ކަޒިންސް... ރިކްމެންގެ މަންމަ ގޮތަށް އަހަރެމެންގެ ބައްޕައަކީ ސުޕަރނެޗުރަލްއެއް.. މަންމައަކީ ހިއުމަން އެއް... އެކަމަކު އަހަރެެމެންނަށް ބާރުތަކެއް ލިބުނީ އަނގޮޓީގެ ސަބަބުން..."..ރައުލް އޭނާގެ އަތުގައި އަޅާފައި އޮތް އަނގޮޓި ދައްކާލަމުން ބުނެލިއެވެ.

" ރިކްމެންގެ މަންމަ ބަލްގިޝް އާއި އަހަރެމެންގެ ބައްޕައަކީ އެއްބަފާ ދެމީހުން.. ބަލްގިޝް ވިހެއުމަށްފަހު ކާފަގެ އަންހެނުން ނިޔާވީ.. ބަލްގިޝް އެއީ ކާފަ ބޭނުންވެގެން ލިބުނު ދަރިއެއް ނޫން.. ކާފަ ބޭނުންވީ ފިރިހެން ކުއްޖެއް.. އެހެންވެ ކާފަ ބަލްގިޝް ޤަބޫލެއް ނުކުރި.. ބަލްގިޝްގެ އެއްވެސް ކަމަކާ ކާފަ އެއްޗެއް ނުބުނާނެ.. ބަލްގިޝް އިންސާނަކާ ގުޅުމުންވެސް ކާފަ އެއްޗެއް ނުބުނެ ހުރީ އެސަބަބާ ހުރެ.. އެކަމަކު ކާފަގެ ފަހު ކައިވެންޏަށް ބައްޕަ ލިބުމުން ކާފަގެ ހުރިހާ ވަގުތެއް ހުސްކުރީ ބައްޕައަށް.. ކާފައަށް އޭރު ނޭނގުނީ ބަލްގިޝްއާ އެކީ ބައްޕަ އިންސާނުން ތެރެއަށް ދާކަން... އެއީ ނުހަނު ސިއްރުން ހިނަގަމުން ދިޔަ ކަމެއް... އެގޮތަށް އައިސް އުޅުމުގެ ތެރޭގައި ބައްޕައާ މަންމަ ދިމާވީ.. ކާފައަށް އެކަން އެނގުމުން ވަރަށް ނުރުހުންވި.. ބައްޕައާ މަންމަ ދުރުކުރަން ވަރަށް މަސައްކަތް ކުރި.. ކާފަ އަކީ ރަސްދަރިކޮޅަށް ނިސްބަތްވާ މީހަކަށް ވާތީ ނަސްލީ ގޮތްތަކުގައި ހިފަން ކާފަ ބޭނުންވީ.. އެކަމަކު ބައްޕަ ގޮތް ދޫނުކޮށް މަންމައާ ކައިވެނި ކުރީ.. އެ ހިސާބުން ބައްޕައަށް ކާފަގެ ފަރާތުން އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު.. އިންސާނުން ގޮތަށް ޖިންނީން ތެރޭގައި ވެސް ބާރުގަދަ ސިހުރުވެރިން އުޅޭ... އެފަދަ ސިހުރުވެރިއެއް މެދުވެރިކޮށް ބައްޕަގެ ހުރިހާ ބާރުތަކެއް ކާފަ އަތުލި... އޭގެ ސަބަބުން އަހަރެމެންނަށް ވެސް ފުރިހަމަ ބާރުތަކެއް ނުލިބުނު.. މި އަނގޮޓި އަކީ ކާފަގެ ފަރާތުން ލިބުނު ހަދިޔާއެއް.. އެކަމަކު އަހަރެންގެ އުމުރުން ވަކި ވަރަކަށް ދޮށިވުމުން ބާރުތަށް އަނގޮޓިއާ ވަކިވޭ.. އެއީ ކާފަ އެކަން ކުރަން ނިންމި ގޮތް.. ރިކް މެންނާ އަހަރެމެން ތަފާތުވީ އެ ސަބަބާއި ހުރެ..."... ހަޤީޤަތް އެނގުމުން ސާޔާއަށް އެކަންވީ ނުހަނު ޝައުޤުވެރި ކަމަކަށެވެ. އޭނާގެ ސުވާލުތައް ނުނިމުނެވެ. މި ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ބިރު އެއްކޮށް ފިލާ ދިޔައެވެ.

" ރައުލްމެން އެހާ ރީތިވީ އެހެންވެދޯ..".. ސާޔާ އަހާލިއެވެ.

" ދެން ޑަރލިންގ ތިހާ ރީތިވީ ކީއްވެ؟.. އަނެއްކާ ޑަރލިންގެ ބައްޕަ ނޫނީ މަންމަ އަކީ ސުޕަރނެޗުރަލް އެއްތަ؟...".. ވެލެރިކް ކޮށްލީ ނުބައި ސަމާސާއެކެވެ. ނަމަވެސް ސާޔާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ދިންހެން ހިއެއް ނުވެއެވެ. އޭނާގެ ޖަވާބަކަށްވީ ލާނެތް ހިނިތުންވުމެކެވެ.

" ރިކްމެން އިންސާނުން ތެރޭ ނޫޅޭކަން ނަސީބެއް.. ޒުވާން އަންހެންކުދިން މޮޔަވާނެކަން ގައިމު...".. ނަވާރް އަނގަޔަށް ގޮތެއް ހަދާލިއެވެ.

ވެލެރިކްގެ ސިއްރު ނަޒަރު އަމާޒުވީ ކުރިމަތީގައި އިން ނޯޔާއަށެވެ. އެ މޫނަށް ވެރިވާ ކުލަތަކަށެވެ. އެ ސިކުނޑީގައި ހިނގަމުންދާ ކަންކަން ވެލެރިކްގެ މޮޅު ސިކުނޑިން ދެނެގަތެވެ. އެއާއެކު އެ ތުންފަތުގައި ދުވެލީ ރީތި ހިނިތުންވުމެކެވެ. ނޯޔާއަށް ބަލަން އިނދެ ވެލެރިކް ކަނާތުގެ އިނގިލިތަކަށް ގެނައި ކުޑަ އިޝާރާތުން އޭނާގެ ފަން އިސްތަށިގަނޑު ވިހުރިލިއެވެ. ނޯޔާއަށް ވެލެރިކްގެ އިހްސާސް ކުރެވުމާއެކު އިސްއުުފުލާ ބަލާލިއެވެ. އެވަގުތު އެ ތުންފަތުގައި ކުޅެލީ ރަކި ހިނިތުންވުމެކެވެ.

އިރުކޮޅަކު ނޯޔާއަށް ބަލަން އިނުމަށްފަހު ވެލެރިކް އިސްޖަހާލިއެވެ. މިފަހަރުވެސް އޭނާއަށް ލޯބި ކާމިޔާބު ނުކުރެވިދާނެއޭ ހީވިއެވެ. އެ ވިސްނުމާއެކު އެ ސިކުނޑި ހާސްކުރުވިއެވެ.

މީގެ ކުރިންވެސް ވެލެރިކްއަށް ލޯބި ވެވުނެވެ. ކުޑަ އިރުގެ ފުރާވަރު ލޯތްބެކެވެ. ނަމަވެސް އެކަން ސިއްރު ކުރަން ވެލެރިކް އަށް މަޖުބޫރުވީ އާއިލާގެ ހަމަޖެހުމަށްޓަކައެވެ. އެ ލޯބީގެ ހަބަރު އެނގިއްޖެ ނަމަ ކާފަގެ ފަރާތުން ނުފޫޒު ފޯރާނެކަން ގައިމެވެ. އެހެންކަމުން އެ ސިއްރު އުމުރަށްވެސް ސިއްރެއްގެ ގޮތުގައި ބޭއްވުން ނޫން ގޮތެއް ނެތެވެ. ސަބަބަކީ ބައެއް ކަންތައްތަކަކީ ކަށްވަޅަށް ދާންދެންވެސް ސިއްރު ކުރަން ޖެހޭ ކަންތައްތަކަށް ވުމެވެ.

" ރިކްމެންނަށް ޕަވަރސް ލިބިފަ ހުރީމަ އެނގޭނެ ދޯ ބައިވަރު ކަންކަން... ބުނެބަލަ.. ކީއްވެ އަލާރާއާ އަހަރެން އެހާ ވައްތަރުވަނީ.. މިސްޓްރީއެއް އޮތީތަ؟...".. ސާޔާގެ ހިތުގައި އުފެދުނު ސުވާލު އޭނާ ކޮށްލިއެވެ. އެއާއެކު އެތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ފަހަރަކު މީހެއްގެ މޫނަށް ސާޔާ ބަލާލިއެވެ. ރައުލްއާއި ރާސިލް އަދި ލިއަމްގެ މޫނުގައިވީ ކަންބޮޑުވުން އޭނާއަށް ފާހަނގަކުރެވުނެވެ. ނަމަވެސް ކައިލްއާއި ވެލެރިކް ފެންނަނީ ނުހަނު ހަމަޖެހިފައި އިން މަންޒަރެވެ. ފަހަރެއްގައި އެއީ އެ ޒުވާނުންގެ މިޒާޖާއި ގުޅިފައިވީ އަސަރެކެވެ.

ސާޔާއަށް އިތުރަށް އެ ސުވާލު ކުރަން ނުކެރުނީ ވެލެރިކް އަދި ކައިލްވެސް އެއްޗެކޭ ނުބުނުމުންނެވެ. އެހެންކަމުން އެ ހިޔާލު އޭނާގެ ސިކުނޑިން ނެރެލިއެވެ. ސާޔާއަށް ފާހަނގަ ކުރެވުނީ ވެލެރިކްއާއި ނޯޔާގެ ސިއްރު ނަޒަރެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ވަކި އެއްޗެއް ސާޔާ ނުބުނިއެވެ. އަދިވެސް ވެލެރިކްމެންގެ ނަސްލާ ގުޅޭ ސުވާލުތަށް ސާޔާ ކުރިއެވެ. ފަހުން އައިރާ ވެސް އެ ބަހުސްގައި ބައިވެރިވީ ހިތުގައި އުފެދިފައިިވި ބިރުވެރިކަން ފިލައި ދިޔުމުންނެވެ.

އެ އާއިލާގެ ހަޤީޤަތަކީ ޤަބޫލުކުރަން ދަތި ހަޤީޤަތެއް ނަމަވެސް އައިރާއަށް ވެސް އެކަން ޤަބޫލުކުރަން މަޖުބޫރުވިއެވެ. އެރޭ ފާއިތުވެ ދިޔައިރު އެ ޒުވާނުންގެ ފަރާތުން އާދަޔާ ހިލާފު އެތަށް ކަމެއް އޭނާއަށް ތަޖުރިބާ ކުރެވުނެވެ. އާދައިގެ އިންސާނަކަށް ނުކުރެވޭނެ ކަންކަން ކުރުމުގެ ފުރުސަތު ލިބުނެވެ. އެކަމުން އައިރާގެ ހިތުގައިވެސް ވެލެރިކްއާއި އެ އާއިލާއަށް ދެވުނީ ތަފާތު ދަރަޖައަކެވެ.

ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އެއީ ވެސް އުޅޭ ބައެއްކަން ސާޔާއަށް ވެސް ޤަބޫލު ކުރެވުނެވެ. އެކަމަށް އީމާންވުމީ ކުރަން ޖެހޭކަމެއްކަން އެނގުނެވެ. ފަހަރުގައި އިންސާނުން ތެރޭގައި ވެސް އެ މަހުލޫޤޫންވެސް އުޅެފާނެއެވެ. މިފަހަރު އޭނާއަށް ވެސް އެވީ އެފަދަ ގޮތެކެވެ. ހަޤީޤަތަކީ ޤަބޫލުކުރަން އުނދަގޫ ވާހަކަތަކެއް ނަމަވެސް އެއީ އެ ޒުވާނުންގެ ވާހަކައެވެ. ހަޤީޤަތެވެ.

= ނުނިމޭ =

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!