ޚަބަރު ސަރުކާރު

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ޤާއިމްކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމައިފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ނިންމައި އެ ގައުމުގެ ޚާރިޖީ ވަޒީރު މެރިސް ޕޭން ބުނީ ރާއްޖޭގައި ދާއިމީކޮށް ގާއިމުކުރާ ހައިކޮމިޝަނުގެ ސަބަބުން އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރިއަކާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަަދަވެގެންދާނެ ކަމަށެވެ. އަދި އެއީ އޮސްޓްރޭލިއާއާއި ރާއްޖެއިން ވެސް އެދޭ ގޮތަށް، އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޅޭ އިތުރު ބާރަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެ ހައިކޮމިޝަނާ އެކު އެކި ދާއިރާތަކުން މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިވުމުގެ އިތުރުން ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާ އެކު ދެޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެގެންދާނެކަމަށް ވެސް އެ ގައުމުން ބުނެއެވެ.

އޮސްޓްރޭލިއާގެ މި ނިންމުމާ އެކު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!