ޚަބަރު ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ކުއްލިއަކަށް ވަރަށް ބާރަށް ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށް އަދީމާއި ޝަހާ ސިހިފައި އެދިމާލަށް ބަލައިލިއެވެ. ދެވަނަ ފަހަރަށްވެސް އެހާ ބާރަށް ޓަކި ދިނުމުން ޝަހާ އަވަސް އަވަހަށް އެނދުމަތިން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ޝަހާގެ ފަހަތުން އަދީމްވެސް އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހަކު ފެނިފައި ޝަހާ ދެބުމަ ގޮށްޖަހައިލިއެވެ.

Ads by MWSC

" ކިހިނެއްތަ ވީ؟" ޝަހާ އެހެން އަހައިލީ ހިތްހަމަނުޖެހިފައެވެ.

" ޝަހާ.. ޝަހާ އަަހަރެންގެ ބައްޕަ.. ދޮރުމަތީގައި ހުރި ޝެރީން ބުންޏެވެ. "ކޮބާ އަދީމް..." ޝެރީން ރޯންފެށިއެވެ. އެހިސާބުން ޝަހާވެސް ހާސްވެއްޖެއެވެ. ޝަހާ އެއްފަރާތަކަށް ޖައްސައިލުމަށްފަހު ޝެރީން އަދީމްގެ އަތުގައި ހިފިއެވެ. ޝެރީންގެ އެއަމަލުން ޝަހާ ހިތްހަމަނުޖެހުނު ނަމަވެސް ވަގުތުގެ ގޮތުން މާބޮޑުކަމަކަށް ނުހެދިއެވެ.

" އަދީމް އަހަރެންގެ ބައްޕައަށް ކޮންމެވެސް ގޮތެއް އެބަވޭ... ހިނގާބަލަ..." އަދީމްގެ އަތުގައި ހިފައި ދަމަމުން ޝެރީން ބުންޏެވެ. އަދީމްވެސް މާގިނަ ވާހަކަދެއްކުމެއްނެތި ޝެރީނާއެކު ދާން ހިނގައިގަތެވެ. އެނދުގެ ހެޑްބޯޑުގައި އަޅުވައިލާފައި އޮތް ބުރުގާ ބޮލަށް މަހައިލުމަށްފަހު ޝަހާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ކޮޓަރިން ނިކުތެވެ.

އާޒިފް ހޮސްޕިޓަލަށް ގެންދެވުމާއެކު ލަސްނުކޮށް ފަރުވާ ދޭން ފެށުނެވެ. ޝަހާ އައީ ސައިކަލުގައި ކަމުން އޭނާއަށް ހޮސްޕިޓަލަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެމަރޖެންސީ ރޫމުގެ ކުރިމަތީގައި ހުރި ގޮނޑިބަރީގައި ޝެރީނާއި އަސްމާ ތިއްބެވެ. އާޒިފަށް ވީގޮތް ޝަހާއަށް ކިޔައިދިނީ އަސްމާއެވެ. އަސްމާގެ މޫނުމަތިން މޮޅިވެރިކަމެއް ފެނުނެވެ.

" ބޭބެއަށް ކާންދީފައި ބޭއްވުމަށްފަހު ބޮޑުއްތަ ފެންވަރަން ވަނީ.. ފާހަނައިގައި އުޅެނިކޮށް އިވުނު ޝެރީން ކޮޓަރިއަށް ވަދެ ބޭބެއާ ވާހަކަ ދެއްކި އަޑު.. އިރުކޮޅަކުން އިވުނީ ޝެރީން ރޮމުން ބޭބެއަށް ގޮވާ އަޑު.. އަވަސްކޮށްލައިގެން ނިކުތްއިރު ބޭބެ ތެޅި ފޮޅެނީ.. އަނގައިން ފޮނު ތަކެއްވެސް ފައިބާފައި ހުރީ..." އަސްމާ ކިޔައިދިނެވެ. އެމަރޖެންސީ ރޫމުން އަދީމް ނިކުތުމައެކު ޝެރީން ދުވެފައި ކަހަލަ ގޮތަކަށް އަދީމް ކައިރިއަށް ދިޔައެވެ. އަސްމާއާއި ޝަހާއަށް އިންތަނުން ތެދުވެވުނީ އެކުއެކީގައެވެ.

" އަދީމް.. ބައްޕަ.. ބައްޕަ ކިހިނެއް..؟" ޝެރީން ރޮމުން އަހައިލިއެވެ. އަދީމްގެ މޫނުމަތިން ފެނުނު އަސަރުތަކުން ވީގޮތް ޝަހާއަށް އޮޅުންފިލާކަށް މާގިނައިރެއް ނުނެގިއެވެ. ޝަހާ ހިފަހައްޓައިލީ ކައިރީގައި ހުރި އަސްމާ ގައިގައެވެ.

" ސޮރީ ޝެރީ.... އާޒިފްބެ... " އަދީމް ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. ދޭންޖެހޭ ހަބަރެއްގެ ގޮތުން މަޑުޖެހެވެނީއެވެ. އެހެންނަމަވެސް އަދީމް ހިތްވަރުކުރިއެވެ. "ހީ އިޒް ނޯ މޯރ.." ކަރު އެލުވައިލަމުން އަދީމް ބުނެލިއެވެ. ޝެރީނަށް އެބަސްތައް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އަސްމާއާއި ޝެރީން ރޯންފެށީ އެކުއެކީގައެވެ. ޝަހާ އަސްމާ ގޮނޑީގައި ބޭންދުމަށްފަހު ބައްދައިލިއެވެ. ޝެރީންގެ ކޮނޑުގައި އަދީމް އަތް ބާއްވައިލުމާއި އެކު ޝެރީން ރޮމުން އަދީމްގެ މޭގައި ލައްވެލިއެވެ. އެމަންޒަރު ފެނުމުން ޝަހާ އަށް އުނދަގޫގޮތެއް ވެގެން ދިޔައެވެ. އިސްޖަހައިލީ އެމަންޒަރު ބަލަން ކެތް ނުވެގެންނެވެ. ޝަހާއަށް ވީގޮތް އަދީމަށް ރަނގަޅަށް ފެނުނެވެ. ޝެރީން ގަޔާ ދުރުކޮށްލުމަށްފަހު އަދީމް ޝެރީން ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އެއަށްފަހު އެނބުރިގޮސް އެމަރޖެންސީ ރޫމް ތެރެއަށް ވަނެވެ.

****************

ދުވަސްތައް ފާއިތު ވަމުން ގޮސް ފުރިހަމަ ދެމަސް ދުވަސް ފާއިތުވެގެން ގޮސްފިއެވެ. އާޒިފްގެ މަރަށް ފަހު ޝެރީން އެގޭގައި މަޑުކުރީ އެންމެ ހަފްތާއެކެވެ. ހޮސްޕިޓަލުން ވަޒީފާ ހަމަޖެހުމާއެކު ވަކިން ކޮޓަރިއަކަށް ޝެރީން ބަދަލުވިއެވެ. ބުނުމަކާ ނުލާ ޝެރީން ދިޔައީތީ ޝަހާ ހުރީ ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް ފުރިހަމަ ހަމަޖެހުމެއް ޝަހާއަކަށް ނުލިބުނެވެ. އަދީމާއި ޝެރީން އެއްތަނެއްގައި މަސައްކަތް ކުރުމަކީ ޝަހާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެވާހަކަ އަދީމް ކައިރީގައި ދައްކާކަށް ޝަހާއަކަށް ނުކެރުނެވެ. ޝަހާ އަދީމަށް ޝައްކު ކުރަނީއޭ އޭނާއަށް ހީވެދާނެތީއެވެެ. އެދެމީހުންގެ ގުޅުމުގައި ކިރިޔާވެސް މައްސަލައެއް ޖެހެން ބޭނުންނުވާތީއެެވެ.

****************

އުނދުން މަތީގައި ހުރި ރިހެ އެތި ކެކިގަތްގޮތަށް ފޮނުތަކާ އެކީގައި ތެލިން ތިރިއަށް ފައިބައގަތެވެ. ބަދިގޭ ދޮރުމައްޗަށް އެރި ކައުސަރަށް އެމަންޒަރު ފެނުމާއެކު އެދިމަލަށް ދުއްވައިގަތެވެ. އުނދުން ނިއްވާލާފައި ހައިރާންކަމާއެކު ކައުސަރު އުނދުން ކައިރީގައި ހުރި މައިރާއަށް ބަލާލިއެވެ. ކައިރީގައި މީހަކު ހުރިހެންވެސް މައިރާއަށް ހިއެއް ނުވެއެވެ. ކަމެއްވެފައި މައިރާއަށް ހުރިކަން ކައުސަރަށް އިނގުނެވެ. އެހެންކަމުން މައިރާގެ ކޮނޑުގައި ކައުސަރު މަޑުމަޑުން އަތްޖައްސާލިއެވެ. ސިހިފައި މައިރާ ކައުސަރަށް ބަލާލިއެވެ. ދެން ބަލާލީ ހޫނުކުރަން އުދި ތެއްޔަށެވެ. އުނދުން ނިއްވާލާފައި ހުރިކަން އިނގުމުން މައިރާ ކައުސަރަށް ބަލާލިއެވެ.

"ކޮން ދުނިޔެއެއްގަ؟" ކައުސަރު އެހިއެވެ.

"ކަމެއްނުވޭ. ހިތަށް އެރި އެއްޗަކުން ހުރެވުނީ" މައިރާ ބުންޏެވެ. މޭޒު ކައިރިން ގިޮނޑިއެއް ދަމާލާފައި މަރާ އިށީނެވެ. ފަހަތުން ކައުސަރުވެސް ދިޔައެވެ. މައިރާ އާ ވާހަކަދައްކާލަން ކައުސަރު މަޑުކޮށްލިއެވެ.

"މަންމައަށް އިނގޭތަ. އެއްކަލަ ސޮފިއްޔާއްތަ އަނެއްކާ ހޮސްޕިޓަލަށް ގެންގޮސްފިއެއްނު" މައިރާ ބުންޏެވެ. ބިއްލޫރި ތައްޓަށް އެޅި ފެން ތަށި ތުނބުގައި ޖަހަން ގެންގޮސްފައި ކައުސަރު ހުއޓާލިއެވެ.

"ހަމަ ތެދެއްތަ؟ އަޅެ އިހަށް ދުވަހަކުވެސް ބުނީމޭ ރަނގަޅު ޑޮކްޓަރަކަށް ދައްކާށޭ" ކައުސަރު ބުންޏެވެ.

ފެންތަށި ހުސްކޮށްލާފައި ކައުސަރު ޝައުގުވެރި ބެލުމަކުން މައރާގެ މޫނަށް ބަލާލިއެވެ. ފަށަން އުޅޭ ވާހަކައިގެ ގޮތުން ކައުސަރު ކުޑަކޮށް މަޑުޖެހުނެވެ. އެހެންނަމަވެސް މައެއްގެ ހައިސިއއްޔަތުން ދަރިއަކަށް ބަދަލެއް އަންނަކަން އިނގޭއިރު އަޅާނުލާ ހުރުން އެއީ ހެދޭ ގޯހެކެވެ.

"ދަރިފުޅާ މަންމަ ވާހަކައެއް އަހާލަންތަ؟" އިރުކޮޅަކަށްފަހު ކައުސަރު ބުންޏެވެ. މައިރާ ކައުސަރަށް ބަލާލިއެވެ. ފަނޑު ހިނިތުނވުމެއް މައިރާގެ ތުންފަތްމަތީގައި ވިޔަސް ކައުސަރު އަހަން އުޅޭ ވާހަކައެއް ނޭނގޭތީ މައިރާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ.

" ކޮންވާހަކައެއް. އަހާބަލަ" މައިރާ ބުންޏެވެ.

"ފާތިކާ ދެކުދިން މައްސަލައެއް ޖެހުނީތަ؟" ކައުސަރު އެހިއެވެ. މައިރާއަށް އެއަށް ޖަވާބެއް ނުދެވުނެވެ. ދެމަފިރިން ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެހެންނަމަވެސް ގުޅުން އެންމެ ރަނގަޅެއްވެސް ނޫނެވެ.

"މަންމަ އެހެން މިއެހީ މައިރާ އަބަދު ވިސްނުމެއްގައި ހުންނަތަން ފެންނާތީ. ކުރިން ހުންނަ ފޯރިއެއް ނުހުރޭ. ފާތިކަށް ގުޅައިގެން ވާހަކަދައްކާތަނެއްވެސް ނުފެނޭ. އަނެއްކާ މަންމަ ގުޅިޔަސް ފާތިކް ފޯނަށް ޖަވާބެއްނުދޭ" ކައުސަރު ވާހަކަދެއްކިއެވެ. ކައުސަރުގެ އަޑުން އެކަނިވެސް ކަންބޮޑުވެފައިވާ މިންވަރު މައިރާއަށް އެނގުނެވެ. އެހެންކަމުން ފާތިކް އާ މައިރާގެ ގުޅުން ހީނަރުވެފައިވާ ވާހަކަ ބުނަން މައިރާ ބޭނުމެއްނުވިއެވެ. އެހެންނޫނަސް ކިތަންމެ ގާތް މީހެއް ކަމުގައި ވިޔަސް ފިރިމީހާގެ ވާހަކަދެއްކުމަކީ މައިރާ ކުރާހިއްވާކަމެއް ނޫނެވެ. އަމުދުން ވާހަކައިގެ ބާވަތުން ފާތިކްގެ މަންމައަށް ކިޔައިދޭންވެސް ނުކެރުނެވެ.

"އެއްވެސް މައްސަލައެއްނުޖެހޭ. މަންމަ ނުވިސްނަބަލަ އެވަރަށް. ފާތިކް މިދުވަސްކޮޅު އުޅެނީ ވަރަށް ބުރަކޮށް. ވަރަށް ގެސްޓުންވެސް އާދެޔޭ ކުރީ ދުވަހަކުވެސް ބުނި" މައިރާ ބުންޏެވެ.

************************

 

ބަގީޗާގައި ހުރި ބީޗް ގޮނޑީގައި އިން އަދީމް ކައިރީގައި ހުއްޓިފައި އަތުގައި ހުރި ދެ ކޮފީތަށިން އެއް ކޮފީ ތަށި ޝަހާ އަދީމަށް ދިނެވެ. ހީލާފައި އަދީމް ކޮފީތަށީގައި ހިފިއެވެ. ދެން ދަމާލާފައިވި ދެފައި މަތީގައި ހުރި ލެޕްޓޮޕް ނަގާފައި ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.

"އެބަޖެހޭ ފުރަން" ކައިރީގައި އިން ޝަހާ ބުންޏެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި އަދީމް ޝަހާއަށް ބަލާލިއެވެ.

"ކޮންތާކަށް؟" އަދީމް އެހިއެވެ.

"އަތޮޅު ތެރެއަށް. ވިޔަފާރި ދަތުރެއްގަ. ވަރަށް މުހިންމު ދިޔުން" ޝަހާ ބުންޏެވެ. އަދީމް ޝަހާއަށް ބަލަން އިނެވެ. ޝަހާ ކައިރީގައި ނުދާށޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް ޝަހާއަކީ ވިޔަފާރިއެއް ވެރިއެއްކަން އެނގޭތީ ނުދާށޭ ބުނެ ހުރަސްއަޅަން އަދީމް ބޭނުމެއްނުވިއެވެ.

"ހަފްތާއެއްހާ ދުވަސް ވާނީ." ޝަހާ ބުންޏެވެ. "ލަވް އެހާ ދެރަނުވައްޗެ"

"ދެރަވާނެ. ވަރަށް މިސްވެސްވާނެ. އަހަރެންވެސް ރިސޯޓަށް ދެ ދުވަހަށް ދާންއެބަޖެހޭ. އެކުވެރިއެއްގެ ވެޑިން އެބައޮތް. ބޭނުމީ ޝަހާ ގޮވައގެން ދާން. އެކަމަކު ވަރަށް ދެރަ" އަދީމް ބުންޏެވެ.

"ޢަޅެ. ވަރަށް ދާން ބޭނުން. އެކަމަކު ދެން ކީއްކުރާނީ. ވަރަށް ބިޒީ ޝެޑިޔުލްއެއް އޮތީ. ކުރިއަށް އޮތީ ކައްމިގެ ވެޑިން ވީމަ މިކަން ނިންމާފަ އެބަޖެހޭ ކައްމިއަށް އެއްކޮށް ހުސްވާން" ޝަހާ އަދީމްގެ އަތުގައި ހިފާލިގޮތަށް އަދީމްގެ ކޮނޑުގައި ބޯއަޅާލިއެވެ.

********************

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ކައިވެނީގެ ހަފްލާ އޮތް ތަނާ ތަންކޮޅެއް ދުރުގައި އަދީމް ހުއްޓެވެ. ޖެހިލާ ފިނި ވައިރޯޅިން ގައިން ހީބިހި ނަގައެވެ. ބުރު ހަމަ ހަނދުގެ ރިހި އަލިން މުޅި ސަރަހައްދު އުޖާލާ ކުރުވާފައިވިއެވެ. ހަނދުގެ ދަރުބާރަށް ޖަމާވެފައިވާ އެތައް ސަތޭކަ ތަރިއެއްގެ ވިދުން ފަނޑުނުވެއެވެ. ގުދުރަތީ އެމަންޒަރުުން ހިތަށް ހަމަޖެހުން ނާންނާނެ އެއްވެސް އިންސާނެއް ބިންމަތީގައި ނުވާނެއެވެ.

ލޮނުގަނޑަށް ބަލހައްޓައިގެން ހުރި އަދީމް ހުރީ ވަކި ވިސްނުމެއްގައެއް ނޫނެވެ. މަންޒަރަށް ހިތް ދޫކޮށްލައިގެން ހރިިއރު އަދީމްގެ ހިތުން ހަމައެކަނި ޝަހާގެ ނަން ކިޔާކަހަލައެވެ. ކައިރީގައި ޝަހާ ހުރިނަމައޭ ހިތަށް އަރަމުން ދިޔައެވެ. ފަހަތުން ޝެރީންގެ އަޑު އިވުމާއެކު އަދީމް ބަލާލިއެވެ.

"ކިހިނެއްވެފަ" ޝެރީން އެހިއެވެ. "ޝަހާމަތިން މިސްވަނީތަ؟"

" ނޫން... ޝަހާ މަތިން ހަނދާން ކުރާކަށް ޝެރީ އަހަރެންނަށް ވަގުތެއް ނުދެމެއްނު.." ސަމާސާ ރާގެއްގައި އަދީމް ބުނެލިއެވެ. އަދީމް އެހެން ބުނުމުގެ އަސްލު ސަބަބަކަށްވީ ރިސޯޓަށް އައިއްސުރެން ފެށިގެންވެސް ޝެރީން އެންމެ ހިނދުކޮޅަކަށްވެސް އަދީމް ކައިރިން ދުރަށް ނުދާތީއެވެ. ނަމަވެސް އޭގެ މާނަ ޝެރީންއަށް ނެގުނީ މުޅިން އެހެން ގޮތަަކަށެވެ. ޝެރީން އައިސް ހުއްޓުނީ އަދީމްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އޭނާގެ ކުރިމަތީގައެވެ. ޝެރީންގެ އެ އަމަލުން އަދީމަށް އުނދަގުވިއެވެ. އެހެންނަމަވެސް ޝެރީނާ ދުރަށް ނުޖެހެއެވެ. އެކަންވީ ޝެރީނަށް ލިބުނު ހިތްވަރަކަށް ކަހަލައެވެ. ތަނަށްވެރިވެފައިވީ ހިމޭންކަމުން ޝެރީނަށް ކުރުވަމުން ދިޔައީ ތަފާތު އިހުސާސެކެވެ. އޭނާގެ ކުރިމަތީގައި މިވަގުތު އެހުރީ ދުނިޔެމަތިން މިހާރު އޭނާ އެންމެ ބޭނުންވާ އިންސާނާއެވެ. ޝެރީންގެ އަތް މަޑުމަޑުން އުފުލައިލިއެވެ. އަދީމް ޝެރީންގެ އެއަތަށް ބަލައިލީ ހައިރާންވެފައެވެ. މަސްތީ ބެލުމަކުން އަދީމާ ދިމާލަށް ބަލަން ހުރެ ޝެރީން އަދީމްގެ މޫނުގައި ފިރުމައިލިއެވެ. އަދީމަށް ޝެރީންގެ މޫނުމަތިން ފެނުނު އަސަރުތައް ސިއްރެއްނުވިއެވެ. ހިތަށް  ނުތަނަވަސްކަން ވެރިވުމާއެކު ޝެރީންގެ އަތް ދުރުކޮށްލަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން ޝެރީން ކޮށްލި ކަމަކުން އަދީމްގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ޝެރީންގެ ހޫނުނޭވާގެ އިހުސާސުން އަދީމަށްވެސް އެހިނދު ކުރުވީ ތަފާތު އިހުސާސެކެވެ.

-ނުނިމޭ-

  1. ކިހާ ދެރަ ކަމެއް މި ޝެރީން އާއި ހެދި. ޢަދީމް ވެސް މިޝެރީން ކުރާ ހުރިހާ ކަމަކަށް އޯކޭ ވެގެން އެބަ ހުރޭވިއްޔަ. ޝަހާ ދެކެ ލޯބިވާ ނަމަ ތިޔަހެން ނޫޅޭނެ. ޝަހާއަށް ދެރަ ގޮތެއް ނަހަދައްޗޭ.