ޚަބަރު ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އަދީމަށް ޝެރީންގެ މޫނުމަތިން ފެނުނު އަސަރުތައް ސިއްރެއްނުވިއެވެ. ހިތަށް  ނުތަނަވަސްކަން ވެރިވުމާއެކު ޝެރީންގެ އަތް ދުރުކޮށްލަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން ޝެރީން ކޮށްލި ކަމަކުން އަދީމްގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ޝެރީންގެ ހޫނުނޭވާގެ އިހުސާސުން އަދީމަށްވެސް އެހިނދު ކުރުވީ ތަފާތު އިހުސާސެކެވެ. ވީނުވީއެއް ނޭނގި ނަފްސު ބެހިގެން ހިނގައިދާނެ ކަމުގެ ބިރު އަދީމްއަށް ހިވިއެވެ. އެހިނދު އަދީމަށް ސިފަވެގެން ދިޔައީ ޝަހާގެ ރީތި ސޫރައެވެ. ހީވީ އަދީމްގެ ނަމުން ޝަހާ ގޮވައިލިހެންނެވެ. ހަމަހޭވެރިކަންވީ ދެނެވެ. ކުއްލިއަކަށް ކޮށްލި ހަރަކާތަކާއެކު ޝެރީން ފަހަތަށް ކޮއްޕައިލިއެވެ. އެހިނދު ޝެރީން ފަހަތަށް އަރިއަޅައިލިއެވެ. އެހެންނަމަވެސް ވެއްޓުމުގެ ކުރިން އޭނާ ހަށިގަނޑު ކޮންޓްރޯލް ކުރިއެވެ. އަދީމް ކުއްލިއަކަށް އެކޮއްލި ހަރަކާތުން ޝެރީންއަށް ހުރެވުނީ ކުޑަވަރެއްގެ ޝޮކެއްގައެވެ.

Ads by Sosun Fihaara

" ވަޓް ދަ ހެލް ޝެރީ.. އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް.." އަވަސް އަވަހަށް އަތުގެ ނުފުށުން ތުންފަތް ފޮހެލުމަށްފަހު އަދީމް ބުނެލިއެވެ. އަނެއްކާވެސް ޝެރީން އަދީމް ކައިރިއަށް ޖެހިލިއެވެ. އޭނާގެ ތުންފަތްމަތީގައި ކުޅެލީ ހިނިތުންވުމެކެވެ. އެހިނިތުންވުމުން ނަގަންވީ ކޮން މާނައެއްކަން ނޭނގި ޝެރީންއާ ދިމާލަށް ބަލަހައްޓައިގެން އަދީމްއަށް ހުރެވުނެވެ.

" ކިހިނެއްވީ.. އައި ނޯ ޔޫ ލައިކްޑް އިޓް.. ނޫންތަ؟" އަދީމްގެ ކޯތާފަތުގައި އަތުގެ ޝަހާދަތް އިނގިލި ހިންގައިލަމުން ޝެރީން އަހައިލިއެވެ. ދަތްކުޑިވިކައިލުމާއެކު އަދީމް ޝެރީންގެ އަތް ދުރަށް ފޮޅުވައިލިއެވެ. އެހިނދު ޝެރީންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައި ދެބުމަ ގޮށްޖެހުނެވެ.

" އެއްޗެއް ބޮއެގެންތަ ތިހިރީ... ސްޓޭ އިން ޔޯ ލިމިޓްސް ޝެރީ.." އަދީމަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" އޯހް ޕްލީޒް އަދީމް... އަހަރެންނަށް އެނގޭ ދެންމެ ކުޑަހިނދުކޮޅަކަށްވިޔަސް އަދީމް އެކަމަށް ބޭނުންވިކަން.. އަދީމް ތި މަސައްކަތް ކުރަނީ އަމިއްލަ ނަފްސަށް އޮޅުވާލަންތަ؟ އަހަރެންނަށް އެނގޭ އަދިވެސް އަދީމް ލޯބިވަނީ އަހަރެންދެކެ ކަން.. އަދީމްގެ އަމަލުތަކުން އެކަން ވަރަށް ރަނގަޅަށް ސާފުވޭ.." ޝެރީން ބުނެލިއެވެ.

" ޝެރީއަށް ތިވަރު ގެ ބޮޑު ކުށްހީއެއް ތިކުރެވުނީ އަހަރެންގެ ފަރާތުން ކޮންކަހަލަ އަމަލެއް ފެނިގެން؟ އަހަރެން ދެކެނީ ޝެރީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގޮތުގަ.. އަހަރެން ޝެރީ އަށް ކޮށްދިން ހުރިހާ ކަމެއް ކޮށްދިނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކިގެން.." އަދީމް ބުންޏެވެ.

" އަހަރެން ދެކެ އަދީމް ލޯބިނުވާނަމަ ފަޒަލް ކައިރީގައި އަހައިގެން އަހަރެންގެ މައުލުމާތުތައް ނުޙޯދިސް.. އަހަރެންނާ އެކު އަދީމް ހޭދަކުރާ ކޮންމެ ވަގުތެއްގައި އަދީމްގެ ފަރާތުން އަހަރެންނަށް އެކަން އިހުސާސްވޭ.. ޔޫ މޭކް މީ ފީލް ސޯ ސްޕެޝަލް.. ކުރިން އަދީމްގެ ޕްރޮޕޯސަލް ރިޖެކްޓް ކުރެވުނީތީ އަހަރެން މިހާރު ދެރަވޭ.. އަދި ކިރިޔާ އަހަރެންނަށް މިއިހުސާސްވީ އަހަރެންވެސް އަދީމް ދެކެ އިންތިހާއަށް ލޯބިވާކަން.. " ޝެރީން ބުނެލިއެވެ. އަދީމަށް ކިޔާނެ ބަހެއް ނޭނގުނެވެ. ވަގުތުގެ ބޭނުން ހިފައި އަނެއްކާވެސް ޝެރީން އަދީމްއާ ގާތްވެލިއެވެ.

" ޔެސް އަދީމް.. އައިމް ސޯ މަޗް އިން ލަވް ވިތް ޔޫ.. އައި ލަވް ޔޫ ވެރީ މަޗް.. އެންޑް އައި ނޯވ ޔޫ ލަވް މީ ޓޫ... " އަދީމްގެ ކޯތާފަތުގައި ފިރުމައިލަމުން ޝެރީން ބުނެލިއެވެ.

" އިނަފް ޝެރީން..." އަދީމް ޝެރީންގެ އަތުގައި ހިފައި ތިރިކޮށްލިއެވެ. " އޭރު އަހަރެންނަށް ޝެރީން ދެކެ ވެވުނީ ލޯތްބެއް ނޫން.. އިޓް ވޯޒް ޖަސްޓް އެން އިންފަޓުއޭޝަން.. އެކަން އަހަރެންނަށް އިހުސާސް ކޮށްދިނީ ޝަހާ.. ހަޤީޤީ ލޯތްބަކީ ކޮބައިކަން އަހަރެންނަށް ދަސްވީ ޝަހާގެ ފަރާތުން.. އަހަރެން ލޯބިވާ ހަމައެކަނި އިންސާނަކީ ޝަހާ.. ޝަހާ ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެންގެ މިހަޔާތުން ޝަހާ ނޫން އިންސާނަކަށް ޖާގައެއް ނެތް.. ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން ޝެރީ އާ މެދު ދެކެނީ ހަމައެކަނި ރަހުމަތްތެރިއެއް ގޮތަށް.. އަހަރެންނަކަށް ނޭނގެ ޝެރީ އަހަރެންނާ މެދު ތިފަދަ ނަޒަރަކުން ތިދެކުނީ ކީއްވެގެން ކަމެއް.. އަހަރެންގެ ފަރާތުން ކޮންކަހަލަ އިޝާރާތެއް ލިބިގެން ކަމެއް.. ނޭނގި ނަމަވެސް އެފަދަ ގޮތަކަށް އަހަރެންނަށް ކަންތައް ކުރެވިފައިވާނަމަ އަހަރެން ޝެރީގެ ކިބައިން މައާފަށް އެދެން... " ޝެރީން އާ ދުރުވެލަމުން އަދީމް ބުންޏެވެ. ނަމަވެސް ދެންވެސް ޝެރީން އަދީމާ ގާތަށް ޖެހުނެވެ. ދެފަރާތަކަށް ބޯހޫރަލަމުން އަދީމް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިލިއެވެ.

" ތިހެން ނުބުނޭ އަދީމް.. އަހަރެން އަދީމް ދެކެ ވަރަށް ލޯބިވޭ.. ޕްލީޒް ބުނެބަލަ އަހަރެން ދެކެ ލޯބިވެޔޭ.. އަހަރެންނަށް އެނގެޔޭ އަދީމް އަހަރެން ދެކެ ލޯބިވާކަން.." މޮޔައެއްހެން ޝެރީން ކިޔަމުން ދިޔައެވެ.

" ސްޓޮޕް އިޓް ޝެރީން.. މިހިސާބުން އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަންވެސް ނިމުނީ.. އިޓްސް އޯވަރ..." ޝެރީންގެ ގަދަ ކަމުން ނައްޓުވައިލަމުން އަދީމް ބުންޏެވެ. އެއަށްފަހު ޝެރީންއަށް ބަލައިލުމެއްވެސް ނެތި އެތަނުން ދާން ހިނގައިގަތެވެ.

" ނޫން.. އަދީމް.. ޕްލީޒް ކަމް ބެކް.. އައި ލަވް ޔޫ.. އަދީމް..." ޝެރީން ބާރަށް ގޮވަމުން ދިޔައެވެ. ތަނުގައި ތިބި އެހެންމީހުންނަށް ޝެރީންގެ ފަރުވާލެއް ނެތް ކަހަލައެވެ. އިވޭ ކަމަކަށްވެސް ނުހަދާ އަދީމް އެތަނުން ދުރަށް ހިނގަމުން ދިޔައެވެ. އައި ރުޅީގައި ޝެރީންގެ މުށްކެވި ދަތްތަކަށް ބާރުކޮށްލިއެވެ. އެވަގުތު ކައިރިން އިވުނު ފިރިހެނެއްގެ ހުނުމުގެ އަޑަށް ޝެރީން ބަލައިލިއެވެ. މަލާމާތުގެ ގޮތަކަށް ހެމުން ދިޔަ ހުސެން ފެނި ޝެރީން ކައިރިއަށް އައިސްފައިވާ ރުޅި އިތުރުވިއެވެ.

" އަތު އަޅުވައި ނުލެވުނު ދޯ.. ޝަހާގެ ކުރިމަތީގައި ޝެރީން އެއްވެސް އެއްޗަކަށް ނުވިއެއްނު.. ހެހެހެ... ކީކޭ މިތަނަށް އައި އިރު ބުނީ.. އަދީމް ޝަހާ ދެކެ ލޯތްބެއް ނުވެޔޯ.. އެއީ ހަމައެކަނި އަހަރެންގެ މީހެކޭ.. މިރެއަކީ އަދީމް އަހަރެންގެ މީހަކަށް ވާނެ ރެޔޯ... ހަހަހަހަ... " ދެޖީބަށް އަތްޖަހައިލަމުން މަލާމާތުގެ ރާގަކަށް ހުސެން ކިޔައިލިއެވެ.

" އަހަރެން ކައިރިއަށް އިތުރަށް ރުޅިއަރުވަންތަ ތިއައީ.. މިތަނުން ދާން އުޅޭ..." ހުސެންއަށް ފުރަގަސް ދެމުން ޝެރީން ބުންޏެވެ.

" އަހަރެން ގޮސްދާނަން.. އެކަމަކު ޝެރީން ކަޑަވާނެ ވަރު ހިތަށް އަރާފަ ހަމަ ހެވެނީ.. އޭރުވެސް ބުނީމެއްނު އަދީމަށްވުރެ އަހަރެން ރަނގަޅުވާނޭ.. އަދިވެސް އަހަރެންގެ ހަޔާތުން ޝެރީއަށް ފުރުސަތު އެބައޮތް އެނގޭ.. މިރޭ ބާރަ ޖަހަން ދެން ކޮޓަރީގައި ޝެރީ އިންތިޒާރުގައި އިންނާނަން.." ޝެރީންގެ ކަންފަތް ކައިރީގައި ހުސެން ބުނެލިއެވެ.

" ހުން.. ކަލެއަށްވުރެ މާ ރަނގަޅުވާނެ މިތަނުން ކޮންމެ މީހެއްވެސް... " ދެއަތް އުރައިލަމުން ޝެރީން ބުނެލިއެވެ.

" އެކަމެއް ނޭނގެއެއްނު ކުރިން ރެއަކުވެސް... " ތުނބުޅީގައި އަތްހާކައިލަމުން ހުސެން ބުނެލިއެވެ. " ތިހާ ރީތި ކުއްޖަކާ ޒުވާބު ކުރާކަށް އަހަރެން ބޭނުމެއްނޫން.. ޝެރީ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެން ހުރީ ތަލިން ކުޅު ހިކިފަ.. ތިހާ ރީތި ހަށިގަނޑެއްގެ ވެރިއެއް މީގެ ކުރިން ދުވަހަކުވެސް ނުދެކެން.. ޝެރީއަށް ނޫނެކޭ އަދީމް ބުނާނީ އެއީ ބޮޑު މޮޔައަކަށް ވީމަ.. އުއްމީދު ކުރަން އަހަރެންގެ ދަޢުވަތު ޝެރީން ޤަބޫލު ކުރާނެ ކަމަކަށް.." މަސްތީ ގޮތަކަށް ހުސެން ބުނެލިއެވެ.

" މޮޔައަކީ ތީ.. ކަލޭއާ އެއްކޮށް ހޭދަކުރެވުނު އެރެއަކީ އަަހަރެންނަށް ހެދުނު ބޮޑު ގޯހެއް.. " އެހެން ބުނުމަށްފަހު ޝެރީން ހުސެން އާ ދުރަށް ހިނގައިގަތެވެ. ޝެރީންގެ ފަރި ހިނގުމަށް ހުސެން ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ. ޝެރީން އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ހުސެންގެ ހިތުގައި ވެރިކަން ކުރަމުން ދިޔައީ ޝެރީނެވެ. އެހިސާބުން ޝަހާގެ ނަން ހިތުން ފިލުވާލާކަށް ހުސެންއަށް އުނދަގުލެއް ނުވިއެވެ. މިހާރު ހުސެން މަސައްކަތް ކުރަނީ ޝެރީންގެ ލޯބި ކާމިޔާބު ކުރުމަށެވެ. އޭނާއަށް ޤަބޫލުކުރެވުނު ގޮތުގައި ޝެރީން އަކީ ޝަހާއށް ވުރެ އެތައް ގުނައެއް ރީތި އަންހެނެކެވެ. މަޑުމަޑުން ޝެރީންއާ ގުޅުން ބަދަހި ކުރަން ފެށުމުން ޝެރީންގެ ގޮތް ހުސެންއަށް އެނގެން ފެށިއެވެ. ޝެރީން އަދީމްއާ މެދު އަމަލުތައް ބަހައްޓާގޮތުން ޝެރީންގެ ހިތުގައި އޮތް އެއްޗެއް ދެނެގަންނަން ހުސެންއަށް މާބޮޑު އުނދަގުލެއް ނުވިއެވެ. ޝެރީންއާ އެވާހަކަ ދެއްކުމުން ވަގުތުން ޝެރީން އެކަމަށް އެއްބަސްވިއެވެ. ހުސެން ޝެރީންއާ އޮތް ގުޅުން ބަދަހިކުރީ އަދީމް ކާމިޔާބު ކުރުމަށް ޝެރީންއަށް އެހީވެދޭނަން ކަމަށް ބުނަމުންނެވެ. އަދީމާ މެދު އެހިތުގައި އޮތް ހަސަދަވެރިކަން ދެގުނައަށް އިތުރުވީ ނަމަވެސް އެކަން ހިތުގައި ފޮރުވައިލަމުންނެވެ. ޝައިޡާނާގެ މަޅީގައި ޖެހި ޝެރީންއާ އެކު ހޭދަކުރެވުނު އެރެއަކީ މިހާތަނަށް ހުސެންގެ ހަޔާތަށް އައި އެންމެ އުފާވެރި ރެއެވެ. އެރެއަށްފަހު ހުސެންގެ ހިތުގައި ޝެރީންއަށްޓަކައި އޮތް ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. މިރޭ ކަންތައްވެގެން އެދިޔަ ގޮތުން ހުސެންއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އޭނާގެ މަޤްސަދަކީ ކޮންމެ ގޮތަކުންވިޔަސް ޝެރީން އޭނާގެ މީހަކަށް ހެދުމެވެ.

**************

ކަކުލުގައި ދެއަތުގެ އުޅަނބޮށި ވިދެލައިގެން ދެއަތް ޖޯޑުކޮށްލައިގެން އަދީމް އިނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތަކެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ނަފްސު ބެހިގެން ދިޔައީތީ އެކަމާ އަދީމަށް އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ކުރެވެމުން ދިޔައީ ޝަހާއަށް ބޭވަފާތެރިވެވިއްޖެ ކަމުގެ އިހުސާސެވެ. ނޭނގިނަމަވެސް ޝެރީންއަށް ފެހި ސިގްނަލެއް ދެވުނީތީ އެކަމާ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ހުރިހާ ކުށެއްވެސް ކުރެވުނީ އަދީމަށެވެ. އައި ރުޅިގައި އަދީމަށް އެނދުމަތީގައި ހުރި ބާލީސްތައް އުކައިލެވުނެވެ. އެނދުގައި އަޅާފައި އޮތް ބެޑްޝީޓު ބޮނޑިކޮށްލެވުނެވެ. ޑްރެސިންގް ޓޭބަލް މަތީގައި ހުރި އެއްޗެއް ފަހުން އުކައިލެވުނެވެ. އެހިނދު ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ވެސް އަދީމް ކައިރިއަށް ރުޅިއާދެވުނެވެ. ހަޅޭއްލަވައިގަންނަމުން ގޮށްމުށުން ލޯގަނޑުގައި ޖެހިއެވެ. އެހިނދު ލޯގަނޑު ތަޅައިގެން ދިޔައެވެ. އަތްތިރިކޮށްލެވުުނު އިރު އަތުން ހޯސްލާފައި ލޭ އަންނަމުން ދިޔަކަން ވެސް އަދީމަށް އިހުސާސް ނުވާ ކަހަލައެވެ.

އެންމެ ހިނދުކޮޅަަކަށްވެސް އެރިސޯޓުގައި މަޑުކުރާކަށް އަދީމް ބޭނުމެއްނުވިއެވެ. ގެނައި ދެތިން ގަމީހާއި ޓީޝާޓު ދަބަހަށް ލުމަށްފަހު ފާތިކަށް ގުޅައިލިއެވެ. ރިސޯޓަކީ ފާތިކްގެ ރިސޯޓެއް ކަމުން އެނބުރި ދާން ދަތުރެއް ހަމަޖައްސަން އަދީމަށް އުނދަގުލެއް ނުވިއެވެ. ލޯންޗް އޮތް ފާލަން ކައިރިއަށް ދިޔައިރު އެތަނުގައި ފާތިކްވެސް ހުއްޓެވެ.

" ބުނީމެއްނު ދެތިން ދުވަހަށޭ އައީ.. ދެން ކީއްވެ އެހާ އަވަހަށް ތިދަނީ.. ހުރިހާ ކަމެއް ރަނގަޅުތަ؟" ފާތިކް އަހައިލިއެވެ. އަދީމް ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. އެހިނިދު ލޭއަންނަމުން ދިޔަ އަދީމްގެ އަތް ފާތިކްގެ ލޮލުގައި އަޅައިގަތެވެ. ކިހިނެއްވެފައިތޯ އަދީމް ކައިރީ އެހުމުން އަދީމްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އަދީމް ލޯންޗަށް އަރާ އިށީނުމުން އަދީމަށް ނީވުނީ ކަމަށް ބަލާފައި ފާތިކް އެނބުރި ދާން ހިނގައިގަތެވެ.

********************

ކާމޭޒު ކައިރީގައި އަސްމާ އިންނަތާ ކިތަންމެ އިރެކެވެ. ބަނޑުހައިވެފައިވީނަމަވެސް އެންމެ އެތިކޮޅެއްވެސް ދިރުވަން އަސްމާއަށް އުނދަގުވަމުން ދިޔައެވެ. އާޒިފް ދުނިޔޭގައި ހުރިއިރު އޭނާގެ ކަންތައްތައް ކުރަން ޖެހޭތީ އޭރު އަސްމާއަށް ހިތާހިތުން އާޒިފާ ދިމާލަށް ހަޅޭއްލެވުނެވެ. އެހެންނަމަވެސް އާޒިފްގެ ވަކިވެދިއުމަށްފަހު އަސްމާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެކި ދުވަސް މަތިން އާޒިފާ މެދު ކަންތައް ކުރެވިފައިވާ އިހާނެތި ގޮތްތައް ހަނދާންވެ ދެރަވެއެވެ. ފިރިމިހާގެ މުހިންމުކަން އިހުސާސްވީ ވަގުތު ފާއިތުވި ފަހުންނެވެ.

އަލީފް ގެއަށްވަނީ އަސްމާ އެތަނުގައި އިންދައެވެ. ނުކެވިފައި އިން އަސްމާ އަލީފަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" މަންމަ ރަނގަޅުތަ؟.." އަސްމާ ކައިރީގައި އިށީންނަމުން އަލީފް އަހައިލިއެވެ. އަސްމާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.

" ކައިވެނި ކުރާނެ ތާރީހެއް ހަމަޖެހިއްޖެތަ؟" އަސްމާ އަހައިލިއެވެ.

" ކުރިން ދުވަހަކުވެސް ބުނީމެއްނު.. އަންނަ ހަފްތާގެ ހުކުރު ވިލޭރޭ.." އަލީފް ބުނެލިއެވެ. އަސްމާ ބޯޖަހައިލުމަށްފަހު އިންތަނުން ތެދުވަން އުޅުނެވެ. ބަތްތަށި ހިފައިގެން ގޮސް ޑަސްބިނަށް އަޅައިލިއެވެ. އެއަށްފަހު އަތް ދޮވެގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. އަސްމާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން އަލީފްވެސް މަޑުމަޑުން ގޮސް އަސްމާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.

" މަންމަ ބަލީތަ؟" އަސްމާ އެނދުގައި އޮށޯތުމުން އަލީފް ސުވާލުކުރިއެވެ. އަސްމާ ވަކި އެއްޗެއް ނުބުނެ ދެލޯ މަރައިލިއެވެ. އެހނިދު އަލީފް އަސްމާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.

" މަންމަ ހުން އައިސްފައެއްނު.. ތެދުވެ ތައްޔާރުވޭ ޑޮކްޓަރަށް ދައްކަން ދާން..." އަލީފް ބުންޏެވެ.

" އެވަރު ކަމެއް ނޫނޭ.. އަލީފަށް އުނދަގޫ ކުރާކަށް ބޭނުމެއްނޫން.." އަސްމާ ބުނެލިއެވެ.

" މަންމައަށް ކަމެއް ކޮށްދޭކަށް އަހަރެންނަށް އުނދަގުލެއް ނުވޭ.. ތައްޔާރުވޭ.. އަހަރެންވެސް އެބައަންނަން ފެންވަރާލައިގެން..." ތެދުވަމުން އަލީފް ބުންޏެވެ. ނިކުންނަން ދިޔަ އަލީފަށް ބަލަހައްޓައިގެން އޮތް އަސްމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދުވަހަކުވެސް މައިވަންތަ ލޯބި ދީފާ ނުވާއިރުވެސް އަލީފް އޭނާދެކެ ލޯބިވާވަރު އިހުސާސްވެ ރޮވުނެވެ. އެންމެ ކުރިއްސުރެންވެސް އަސްމާ އަލީފް ދެކެ އަންނަ ރުޅިއަކީ އޭނާގެ ކުރީގެ ފިރިމީހާދެކެ އަންނަ ރުޅިއެވެ. އަލީފްގެ ބައްޕައާ އަސްމާ އިންނަން ޖެހުނީ އާއިލީ މަޖުބޫރަކުންނެވެ. އަލީފް ބައްޕައަށް ކުރާ ނަފްރަތު އަލީފަށް އަސްމާއަށް ކުރެވުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ނަމަވެސް މިހާރު ހެޔޮ ގޮތް އަސްމާއަށް ވިސްނިއްޖެއެވެ. ފިރިމީހާ މަރުވެ އެކަނިވީ ދުވަހު އަސްމާ ބެލުމަށް އަތުކުރި އޮޅައިލީ އޭނާ އެންމެ ނަފްރަތު ކުރި ދަރިފުޅެވެ.

***************

އޮފީހުން ޝަހާ ހުންނަ ގެސްޓް ހައުސްއަށް އާދެވުނު އިރު ހަވީރު ވެއްޖެއެވެ. އަތޮޅު ތެރެއަށް ފުރިތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރު  ޝަހާއަށް އަދީމަށް ގުޅައިގެން ވާހަކަ ދެއްކުނީ އެންމެ ދެފަހަރުއެވެ. އުޅެން ޖެހުނުލެއް ބުރަކަމުން ވަގުތެއް ނުވީއެވެ. އަދީމް ކައިރިއަށް ދާން ޝަހާ ހުރީ ކެތްމަދުވެފައެވެ. ފުރަން ހަމަޖެހިފައި އޮތީ އަނެއްދުވަހު ނަމަވެސް އެކި މީހުންނަށް ގުޅައިގެން އެރޭ ފުރާ ގޮތަށް ހަމަޖެހުނެވެ. ދަބަހަށް އެއްޗެހި އަޅާ ނިމުނުތަނުން ވައިބަރއަށް ފުލުފުލުގައި މެސެޖްތަކެއް އައެވެ. އަދީމްގެ މެސެޖްތަކެއް ކަމަށް އުއްމީދުކޮށްގެން އަވަަހަށް ފޯނު ނަގާފައި ބަލައިލިއެވެ. ނުދަންނަ ނަމްބަރެއް ކަމުން ޝަހާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. މެސެޖް ހުޅުވައިލިއިރު ފޮނުވާފައި ހުރީ ފޮޓޯތަކެއްކަން އެނގުނެވެ. އެހެންނަމަވެސް އެތަނުގައި އިންޓަނެޓް ސްލޯ ކަމުން ލޯޑުވާން އިރުކޮޅެއް ނެގިއެވެ. ފުރަތަމަ ފޮޓޯ ހުޅުވައިލުމާއެކު ޝަހާގެ މޫނުމަތި މިލައިގެން ދިޔައެވެ. ބާކީ ހުރި ފޮޓޯތައް ބަލަމުން ދިޔައިރު ޝަހާއަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ.

-ނުނިމޭ-

  1. ވާހަކަ ކިޔާ ކުއްޖާ

    ދެން ވަރަށް ފޫހިވޭ މި ޝެރިން މި އުޅޭ ގޮތަކުން. ޕްލީސް އަދީމް އާއި ޝަހާ ވަކި ނުކުރައްޗޭ. ނިކަން ތިޔަ ޝެރީން އާއި ހުސެން ގުޅުވަ ބަލަ.

    • ޙހހހހ

      ޔެސްްްސްސްސްސް ޕްލީސް

  2. ހރޖޖދޖދބދުދޖފެކރުރކރުރޖތުރޖފުރޖެޖދހެބފހރބފެޖދެބފހރބރުފބފޖދބދޖބދބދބދ