ވާހަކަ

ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ބާރު ހިނގުމެއް ޝަހާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެހިނދު ފެނުނު މަންޒަރުން ޝަހާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ލިބުނު ޝޮކުގައި ހުރިތަނުން ގުޑިލަންވެސް ނޭނގިފައި ޝަހާއަށް ހުރެވުނެވެ. އެފަދަ މަންޒަރެއް ފެނިދާނެކަމަށް އުންމީދުނުކޮށް ހުރި ޝަހާއަށް ފެންނަންމުން ދިޔަ މަންޒަރުން އެހެން ދިމާލަކަށް ކަޅި އަނބުރާވެސް ނުލެވުނެވެ. ހިތުގެ ތެޅުން މަޑުވަމުން ގޮސް ވިންދު މުޅިން ކެނޑިދާނެހެން ހީވިއެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ އެސްފިޔަޖަހާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެއަތުން ދެލޯ ކައިރި ފޮހެލާފައި ލަސްލަހުން ޝަހާ ދޮރު ލެއްޕިއެވެ. މުޅި ނަފްސަށް ވެރިވި ހިމޭންކަމުގައި ކުރިއަށް ހިނގަންވެސް ޝަހާއަށް ދަތިވިއެވެ. އެހެންނަމަވެސް ޝަހާ ކުރިއަށް ދިޔައެވެ. ނޭފަތު ކުރި ހުރި ދިމާލަށް ހިނގާފައި ދިޔައިރު ގޭޓު ކައިރީގައި ސައިކަލު ހުރިކަން ޝަހާ ހަނދާން ހުރި ހެނެއް ހިއެއް ނުވެއެވެ. މަގު ހުރިގޮތަށް ކުރިއަށް ދިޔައިރު ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ޝަހާއަށް ނުކުރެވެއެވެ. ގޯޅިއަކުން ކުއްލިއަކަށް ނިކުތް ލޮރީއެއްގައި ނުޖެހި ޝަހާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ޑްރައިވަރު އެއްޗެއް ބުންޏަސް އެ އަޑެއް ޝަހާއަށް ނީވެއެވެ. ވާނީވެސް އެހެންތާއެވެ. އުމުރުގައިވެސް ޝަހާއަށް ލޯބިވެވުނީ އެންމެ އިންސާނެއް ދެކެއެވެ. އަލަތު ކައިވެނި އެންމެ ލޯބިވާ މީހާ އާ ކުރެވުނު ވަގުތު ދުނިޔޭގެ ހުރިހާ އުފަލެއް ޝަހާގެ ފަސްބަޔަށް ބަންޑުންވެގެން ދިޔަހެން ޝަހާއަށް ހީވިއެވެ. އަދީމްގެ ފަރާތުން އޭގެ އިންތިހާއަށް ޝަހާއަށް ލޯބި ލިބުނެވެ. ޝަކުވާ ކުރާނެ ފުރުސަތެއް އަދީމް ޝަހާއަށް ނުދެއެވެ. ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ އަންހެނަކީ ޝަހާ އޭ އަމިއްލަ ނަފްސު ބުނެދިން ކިތަންމެ ފަހަރެއް ދިޔައެވެ. އޯގާތެރި ނިހާޔަތަށް ލޯބިވާ ފިރިއެއް ދެއްވިކަމަށްޓަކައި އަބަދުވެސް ޝަހާ ޝުކުރުވެރިވެއެވެ. އަދީމަށް ޝަހާ އިތުބާރުކުރީ ދެލޯ މަރައިގެން ހުރެއެވެ. ދުވަހަކުވެސް އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އިތުބާރު ނުކުރާނޭ ދަރަޖައަށް ޝަހާ އަދީމަށް އިތުބާރު ކުރިއެވެ. އިންތިހާއަށް ލޯބިވެސްވިއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި މިއަދު އޭނާއަށް އެލިބުނީ ދުވަހަކު ހަނދާން ނުފިލާނެ ފަދަ ހަދިޔާއެކެވެ.

Ads by MWSC

*******************

ކައިވެނި ކުރެވޭ ވަގުތު ޖެހުނުއިރުވެސް އަދީމާއި ޝަހާގެ ހަބަރެއް ނުވިއެވެ. ކައުސަރުގެ އެދުމުގެ މަތިން ފާތިކާއި މައިރާ އެތައް ފަހަރަކު އަދީމާއި ޝަހާއަށް ގުޅައިފިއެވެ. ކަންބޮޑުވިނަމަވެސް ކަމީލާއަށް ހާއްސަ ވަގުތުކޮޅަކަށްވުމުން އެންމެންގެ ތުންފަތްމަތިންވެސް ހިނިތުންވުން ފެންނަމުން ދިޔައެވެ. ކައިވެނީގެ މަޖިލިސް ނިމުމާއެކު މަރުހަބާއާއި ތަރުހީބުން މުޅި ހިސާބު ގުގުމައިލިއެވެ.

" އަޅެ ކޮބާތަ ތިއްތިމެން.. ކައްމިގެ މުޅި މޫޑު ޙަރާބުވެއްޖެ.." ކައުސަރުމެން ކައިރިއަށް ޖެހިލަމުން ކަމީލާ ބުނެލިއެވެ.

" މަންމަވެސް މިހާރު ކަންބޮޑުވާން ފަށައިފި.. ކޮންމެވެސް ބޮޑުކަމެއްވެއްޖޭ ހިތަށް އަރަނީ.. ފާތިކް ދޭބަލަ ގޮސް ބަލައިލަން.. އެހާ ވަރަށް ގުޅާއިރު ފޯނު ނުނަގާ ތިބޭނެ ކުދިބައެއް ނޫން އެއީ.." މޭގައި އަތްއަޅައިލަމުން ކައުސަރު ބުންޏެވެ. ކަންބޮޑުވެފައިވާވަރު އޭނާގެ އަޑުން ހާމަވާން ހުއްޓެވެ.

" މަންމަ ކަންބޮޑުނުވެބަލަ.. އެމީހުން އިރުކޮޅަކުން އައިސްދާނެ..." ފާތިކް ބުނެލިއެވެ.

" ކައްމި ދޭ އަލީފް ކައިރިއަށް... މިވަގުތު މިތާނގަ ހުރީމަ ކަމަކު ނުދާނެ.. މައިރާ ދޭ ކަމީލާ ގޮވައިގެން..." ރާފިގު ބުނެލިއެވެ.

" ކައުސަރު ހާސްނުވެބަލަ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ.." ކައުސަރުގެ ކޮނޑުގައި އަތް ބާއްވައިލަމުން ރާފިގު ބުންޏެވެ.

*******************

 

ފުންނިންޖެއްގެ ތެރެއަށް ގެނބިފައި އަތް އަދީމް މަޑުން މަޑުން ދެލޯ ހުޅުވައިލިއެވެ. އިރުއޮއްސެން ކައިރިވެފައި ހުރުމާއެކު ކޮޓަރިތެރެއަށް ވަނީ އަނދިރިކަމެއް ވެރިވެފައެވެ. ތެދުވަން އުޅުނު ހިނދު ބޮލަށް ބަރުވެފައި ހުރުމުން ބޮލުގައި ހިފަހައްޓައިލެވުނެވެ. މުޅި ކޮޓަރިތެރެއަށް އަދީމް ނަޒަރު ހިންގައިލިއެވެ. އަނދިރިކަން ވެރިވެފައި އޮތުމުން އެއީ ކޮންވަގުތެއްކަންވެސް ދެނެގަންނަން އަދީމަށް އުނދަގޫވިއެވެ. ކޮންމެވެސް ވަރަކަށް ބޮލަށް ލުއިވެލުމުން ތެދުވަން އުޅުނު ހިނދު އެނދުގެ އަރިމަތީގައި އިށީނދެގެން އިން އަންހެނެއް އަދީމްގެ ލޮލުގައި އަޅައިގަތެވެ. ހަށިގަނޑުގެ ބައްޓަން ހުރިގޮތުން އެއީ ޝަހާއެއް ނޫންކަން އަދީމަށް ޔަގީންވިއެވެ. ލިބުުނު ސިހުމުގައި އަދީމް އަވަސް އަވަހަށް ތެދުވެ ކޮޓަރީގެ ލައިޓް ދިއްލައިލިއެވެ. ހަމައެކަނި ބެޑްޝީޓަކުން ހަޑިގަނޑު ނިވައި ކޮށްލައިގެން އިން ޝެރީން މަޑުމަޑުން ތެދުވިއެވެ. އޭނާގެ މޫނަށް ވަނީ ލަދުވެތިކަމެއް ވެރިވެފައެވެ. އަަދީމް އަވަހަށް އަނެއް ފަރާތަށް އެނބުރުނީ އެމަންޒަރު ބަލަން ނުކެރިގެންނެވެ.

" ވަޓް ދަ ހެލް.. ޝެރީ ތީ ކޮންކަމެއް..." އަދީމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

" ވަޓް.. ކޮންކަމެއްހޭ.. އަދީމަށް ހަމަ ނޭނގިގެންތަ ތިއެހީ؟ މިއަދު އަހަރެންނަށް އެނގިއްޖެ އަދީމް އަހަރެން ދެކެ ލޯބި ވާވަރު.. " ޝެރީން ބުނެލިއެވެ. އެހިނދު އަދީމަށް ލިބިފައިވާ ހާސްކަން އިތުރުވިއެވެ.

" ސްޓޮޕް އިޓް ޝެރީ.. ޖަސްޓް ޓެލް މީ ވަޓް ދަ ހެލް އިޒް ގޮއިންގް އޮން.. " އަދީމްގެ އަޑު ބާރުވެގެން ދިޔައެވެ.

" އަދީމް ޕްލީޒް.. ކީއްވެ ނޭނގޭ ކަމަށް ތިހަދަނީ.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ.. ދެން ބޭނުމީ ވީހާވެސް އަވަހަކަށް އަދީމްގެ އަނތްބަކަށްވާން.. އަހަރެންނާއެކު އެހާ ގާތްގުޅުމަކަށްފަހު އަދީމް އަހަރެން ދޫނުކޮށްލާނެކަން އެނގޭ..." ފަހަތުން އަދީމްގެ ބުރަކަށީގައި ފިރުމައިލަމުން ޝެރީން ބުނެލިއެވެ. އެހިނދު އަދީމް ޝެރީންއާ ދުރުވެލިއެވެ. ޝެރީން އެދައްކަނީ ކޮންވާހަކައެއް ކަމެއް ހަޤީޤަތުގައިވެސް އޭނާއަކަށް ނޭނގޭއެވެ. ވެދިޔަ އެއްވެސް ކަމެއްް އޭނާގެ ހަނދާނުގައެއް ނެތެވެ. ހާސްކަމަކަށް ފަހު ހާސްކަމެއް އޭނާއަށް ލިބެމުން ދިޔައެވެ. ފާރުގައި ހުރި ގަޑި ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ހަގަޑި ބައިވާން ގާތްވަނީއެެވެ. ކަމީލާގެ ކައިވެނި މަތިންވެސް ހަނދާންވީ ދެނެވެ. އޭނާއަށް ވާނުވާއެއްވެސް ނޭނގޭ ފަދައެވެ. ޝެރީން އެދައްކާ ވާހަކަތަކުގެ ހަޤީޤަތަކީ ކޮބައި ހެއްޔެވެ؟ ކޮށްގެންނުވާނޭ ފަދަ ކަމެއް އޭނާއަށް ކުރެވުނީ ހެއްޔެވެ؟ ލިބިފައިވާ ހާސްކަމާއި ކަންބޮޑުވުމުގައި އަދީމަށް އޭނާގެ ބޮލުގައި ދެފަރާތުން ހިފަހަައްޓައިލެވުނެވެ.

" އަދީމް ބޭބީ ރަނގަޅުތަ؟" އަނެއްކާވެސް އަދީމާއި ގާތްވެލަމުން ޝެރީން އަހައިލިއެވެ.

" ޝެރީން މިތަނުން ދޭ.. " އަދީމް އެހުރިގޮތަށްހުރެ ބުނެލިއެވެ.

" އެކަމަ...." ޝެރީން ބުނަން އުޅުނެވެ.

" ޖަސްޓް ގޯ..." އަދީމް ބާރަށް ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމުގައި ޝެރީންއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް ދެވަނަ ހިނދުގައި އޭނާގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

ޝެރީން ކޮޓަރިން ނިކުތުމާއެކު އަދީމަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ޝަހާ މަތިން ހަނދާންވީ ދެނެވެ. އަވަސް އަވަހަށް އޭނާގެ ފޯނު ހޯދައިލެވުނެވެ. ޝަހާގެ އެތައް ކޯލެއް މިސްވެފައި ހުއްޓެވެ. ފާތިކާއި މައިރާވެސް އެވަރަށް ގުޅާފައި ހުއްޓެވެ.

*************************

ގުޅުމެއް ދެމިއޮންނާނީ އެ ގުޅުމެއްގައި އޮންނަ އިތުބާރުގެ ވާފަށް ވަރުގަދަ ވެގެންނެވެ. އެކަކު އަނެކަކަށް ބޭވަފާތެރިވެ އޮޅުވާލުމަކީ ލޯމަތިން ފެންނަ ހަގީގަތެކެވެ. އެކަމަކު ވަކި ޖިންސެއް ތަފާތެއް ނެތެވެ. އެއީ ހަގީގަތެއްކަން އިނގިހުރެ ޝަހާއަށް އަދީމަށް ފާރަވެރި ނުވެވުނީތީ މިއަދު ޝަހާގެ ހިތް އެވަނީ ފުނޑުފުނޑުވެފައެވެ. ފަހަކަށް އައިސް ޝަހާއަށް ކަންތައްތައް ގޯސްވެދާނެ ކަމުގެ އެތައް ފެހި ސިގްނަލެއް ވަނީ ލިބިފައެވެ. ޝަހާއަށް ފަރުވާކުޑަ ކުރެވުނީކީ ނޫނެވެ. ފިރިމީހާއަށް މާބޮޑަށް އިތުބާރު ކުރެވުނީއެވެ.

ހިނގަމުން ގޮސް އެދިމާލު އަތިރިމައްޗަށް ޝަހާއަށް ނިކުމެވުނުއިރު މައިނޭވާ ލެވެއެވެ. ދެފައި ވާގި ގޮސް ޝަހާއަށް ތިރިވެވުނީ ހުދުކުލައިގެ ދޮންވެލި ގަނޑު މައްޗަށެވެ. ހަށިގަނޑުގައި ހަލަބޮލިވެފައިވި އުދާސްގަނޑު ބޭރުކުރެވުނީވެސް އެވަގުތުގައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއްނުވާ އެސަރަހައްދުން ޝަހާގެ ވޭނީ ރުއިމުގެ އަޑު އަހާނެ އެއްވެސް އިންސާނެއް ނެތެވެ. އަނދިރިކަން ވެރިވެފައިވާ ގަސްތަކާއި އެއްރާގަކަށް ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅުވެސް ޝަހާގެ އެހިތާމައިގައި ބައިވެރިވި ކާހަލައެވެ. ރޭގަނޑުގެ ރާނީ ނެތްކަމުގެ ފަޅުކަން މުޅި ދުނިޔެ ކުރާ ކަހަލައެވެ.

ނިދިފައި އޮތް އަދީމުގެ އަތުގެ ތެރޭގައި ނިދާލާފައި ޝެރީން އޮތީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ހެއްދެވި އިހާލަށް ދެމީހުން އޮތްއިރު ބިރެއް ސިހުމެއް ނެތެވެ. އެމަންޒަރު ޝަހާއަށް ދެއްކެވުމުގެ ކުރިން ލޮލުގެ ފެނުން ނުދިޔައީ ކީއްވެގެންބާއޭ އަމިއްލަ ހިތާ ސުވާލުކުރަމުން ދިޔައެވެ. އިތުރު މީހަކު އެމަންޒަރު ނުފެނި ހުދު ޝަހާއަށް އެމަންޒަރު ދެއްކެވި ފަރާތުގެ ކޮންމެވެސް މޮޅު ރޭވުމެއް ވާނެކަން ކަށަވަރެވެ. ކުރުކަކޫ މައްޗަށް އިނދެ ރޮމުންދިޔަ ޝަހާއަށް އެމަންޒަރު ހިތަށް ސިފަވާ ކޮންމެ ފަހަރަކު އެތެރެހަށި އަނދާ އަޅިއަށް ހަދާހެން ހީވަމުން ދިޔައެވެ. އަރުތެރެ އެއްކޮށް ހިކި ޝަހާ ކެއްސަން ފެށިއެވެ. ޒުވާން އުމުރުގައި ފިރިއެއްގެ ބޭވަފާތެރިކަން ލޮލަށް ފެނުމުން ޝަހާ މުޅިން ހިތްވަރު ކެނޑިއްޖެއެވެ. ރޮއެރޮއެ މުޅި މީހާ ބަލިކޮށްލައިފިއެވެ. ކަރުގެ އެތެރެއިން އަޑު ނެރެގެން ޝަހާ ރޮމުން ދިޔައީ އަމިއްލަ ނަފްސަށް ލިބެމުންދިޔަ ވޭންތައް ކުޑަވުމަށް އެދިއެވެ. އެހެންނަމަވެސް އެއީ ދުވަހަކުވެސް ޝަހާގެ ހިތުން ފޮހެނުލެވޭނެ މަންޒަރެއް ނޫނެވެ. ދުނިޔެއަށް ލާ ކޮންމެ ނޭވައަކާ އެކު އަދީމްގެ އެބޭވަފާތެރިކަން އޭނާ ހަނދާން ކުރާނެއެވެ.

ޝަހާގެ އަޑު މަޑުމަޑުން ހިނދެމުން ގޮސް މުޅި މީހާގެ ހަށިގަނޑުން ހަކަތަ ހުސްވިއެވެ. ރާޅުޖަހާ ފަށުގައި ޝަހާ އޮށޯވެގެން އޮތްއިރު ދެފައި ކައިރިއަށް ގެނެސް ބޮނޑިކޮށްލިއެވެ. މޭމަތިން ދެއަތް ހުރަސްކޮށްލާފައި ދެލޯ މަރައިލިއިރު ލޮލުގެ އަރިމަތިން ވެއްޓިގެން ދިޔަ ހޫނު ކަރުނަތިކި ވެލިގަނޑަށް ހިނދުނެވެ. ހިނގައިގަންނާނެ ހިތްވަރު ނެތިފައި ޝަހާ އޮތެވެ. އެއްވެސް މީހަކާ ކުރިމަތިލާން ޝަހާ ބޭނުމެއް ނުވެއެވެ. އަމުދުން އަދީމް ސޫރަ ލޮލުން ދެކޭކަށްވެސް އޭނާ ބޭނުމެއްނޫނެވެ.

***************

ކައިވެނީގެ ހަފްލާ ނިމި މެހެމާނުން މަދުވާން ފެށިއެވެ. ޝަހާއާއި އަދީމް ކައިވެނީގައި ބައިވެރި ނުވީތީ ކަމީލާ ހުރީ މާޔޫސްވެފައެވެ. އެމާޔޫސްކަން އާއިލާގެ އެހެންމީހުން މޫނުމަތިންވެސް ފެންނަން ހުއްޓެވެ.

" ލޯންޗް އޮތީ ތައްޔާރުގައި... މިހާރު ގޮސްގެން އިޝާ ނަމާދުގެ ކުރިން ރިސޯޓަށް ދެވޭނީ..." ގަޑިއަށް ބަލައިލަމުން ފާތިކް ބުނެލިއެވެ. ކަމީލާ ދެރަވެފައި ހުރެ ކައުސަރު ގައިގައި ބައްދައިލިއެވެ.

" ތިއްތި އާ ވަރަށް ބޮޑަށް ރުޅި.. ބުނާތި ކައްމި ވަރަށް ހަރޓްވެފައޭ ހުރީ.. " ކަމީލާ ބުނެލިއެވެ. އެންމެންނާ ވަކިވުމުގެ ސަލާމް ކުރުމަށްފަހު ކަމީލާއާއި އަލީފްގޮސް ކާރަށް އެރިއެވެ. އެމީހުންނާއެކު ފާތިކްވެސް ދިއުމުން މައިރާ ހުރީ އިންތިހާއަށް ދެރަވެފައެވެެ. ވާހަކާ ދައްކާލާނެ ފުރުސަތެއްވެސް ނުލިބުނީތީއެވެ.

**************

" މިޝަން ކާމިޔާބު..." ހުސެންގެ ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން ޝެރީން ބުނެލިއެވެ. ހިތަށް ތަދުވި ނަމަވެސް ހުސެން ހިނިތުންވެލިއެވެ. އަދީމްއާ މެދު އޭނާގެ ހިތް ނަފްރަތުން އަނދަމުން ދިޔައެވެ.

" ޝަހާއަށް ފެނުނުތަ؟" ހުސެން އަހައިލިއެވެ.

" ފެނުނުހޭ.. ހަހަހަ... މޫނު ބަލައިލާން ނުކެރޭ.. ޝަހާ ދަންދެން އަހަރެން އޮތީ ނިދާ ކަމަށް ހެދިގެން.. " ޝެރީން ބުނެލިއެވެ.

" ދެން އަދީމް.. އޭނާއަށް އެނގޭތަ ކަމެއްވީކަންވެސް..." ހުސެން އަހައިލިއެވެ.

" އޭނަ ބަހައްޓާ.. ދެން އަދީމް އަހަރެންގެ ހައްޤަކަށްވާން މާގިނަދުވަހެއް ނުވާނެ... " ހުވަފެނީ ގޮތަކަށް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ޝެރީން ބުންޏެވެ. " އޯލް ތޭންކްސް ޓު ޔޫ.."

" އެނީޓައިމް ބޭބްސް... މިރޭވެސް ނުވައެއް ޖަހާއިރު ދޯ.. " ޝެރީންއާ ދިމާލަށް އެއްލޯ މަރައިލަމުން ހުސެން ބުނެލިއެވެ.

-ނުނިމޭ-

 

Ads by Ooredoo
  1. ސިމާ

    ަެހިތް ހަލާކު ހިތް ކުދި ކުދި ވެއްޖެ

  2. އެނީ

    ވ.ރީތި، މާލަހީ އަޕްވާލެއް. ނެކްސްޓް ތަންކޮޅެއް އަވަހަށް އަޕްވާނެ ކަމަށް އުންމީދު ކުރަން

  3. ޢަނާ

    ދެން ވަރަށް ފޫހިވޭ. މި ޝެރީން މިއުޅޭ ގޮތަކުން. ޙާދަ ދެރައޭ ޝަހާ އަށް މިދިމާވިގޮތުން. ޝެރީން އާއި ހުސެން މި ކުޅޭ ކުޅިގަނޑު ފަޅާ އަރާނީ ކޮންދުވަހަކުންތަ އަޅޭ.
    ޥާހަކައިގެ އާޕާރޓެއްގެ އިންތިޒާރުގައި ކެތް މަދުވެފައި މިއިނީ. ޢުއްމީދު ކުރަން އަވަހަށް އަޕްލޯޑް ވާނެކަމަށް…

  4. ފާތުން

    ހަމަ ހިތްހަލާކު ވެއްޖެ ވވ ރީތި

  5. ޒުހާ

    ވާހަކަ ވަރަށް ރީތި އެކަމް މިފަހަރު ވަރަށް ކުރު ކަމަށް ފާހަގަ ކުރެވޭ ހަފުތާޔަކު އެއްދުވަހުތަ ވާހަކަ ޝާއިން ކުރަނީ.