އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ޕީޕީއެމްއާ ގުޅިއްޖެ

އދ.މަހިބަދޫ އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރި މީހަކު އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވައިލައި، "އިންޑިއާ އައުޓް" ކެމްޕެއިނަށް، އދ.މަހިބަދޫއަށް އިދިިކޮޅު ލީޑަރު، ރައީސް ޔާމީން ކުރެއްވި ޒިޔާރަތަށް ފަހު އެ ރަށުގެ ގިނަ ބަޔަކު އެމަނިކުފާނާ ބައްދަލު ކުރެއްވިއެވެ. އަދި ގިނަ ބަޔަކު ޕީޕީއެމާ އަލަށް ގުޅުނުއިރު، އެމީހުންގެ ތެރޭގައި މަހިބަދޫގައި މީގެ ކުރިން އެމްޑީޕީގެ އެކި ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު އަލީ އާދަމް ހިމެނެއެވެ.
މަހިބަދޫއަކީ ޕީޕީއެމްއަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެވެ.
"މަވެސް ޕީޕީއެމް" މިނަމުގައި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް އަތޮޅުތަކުގައި ވެސް ހިންގަމުން އަންނައިރު، އެ ޕާޓީއަށް ސޮއި ކުރި ގިނަ ބަޔަކު، އެހެން ޕާޓީތަކުގައި ދަފްތަރުގައި ހިމަނާ މައްސަލައިގައި ދާދި ފަހުން، ޕާޓީގެ އިސް ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކާ ބައްދަލު ވެސް ކުރައްވައިފައެވެ.
ރަގަޅަށްވީޔާ ޖާސޫސު ކުރަން ފޮނުވައިގެން އުޅޭމީހަކަށް ވާނީ