ޚަބަރު ސިޔާސީ

ފައްޔާޒްގެ ކެންޕެއިން ޕޯސްޓް ރީ-ޓްވީޓް ކުރެވުނީ އޮޅުމަކުން: ރައީސް އޮފީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މެއި މަހުގެ 14 ވަނަ ދުވަހަަށް ފަސްކޮށްފައިވާ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަ ކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެންޕެއިން ޕޯސްޓެއް، ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓް އިން ރީ-ޓްވީޓް ކުރެވިފައިވާތީ، ރައީސް އޮފީހުން އެކަމަށް މަޢާފަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ރީ-ޓްވީޓްކޮށްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި މުލަކު އަދި ނިލަންދެ އަތޮޅަށް ފައްޔާޒް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރެއްވި ޓްވީޓެވެ.

ފައްޔާޒްގެ ޓުވީޓު ރައީސް އޮފީހުން ރީޓުވީޓުކޮށްފައި

ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ ހޭންޑަލްއިން މި ޓްވީޓް ރީ-ޓްވީޓް ކުރިތާ އިރުކޮޅެއްގެ ތެރޭގައި ވަނީ ނަގައިފައެވެ. އަދި އެއީ އޮޅިގެންވި ކަމެއް ކަމަށް ބުނެ، މައާފަށް އެދުނެވެ.

ރައީސް އޮފީހުން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރާ ކަންކަމާއި ވަކި ކެނޑިޑޭޓެއް އެންޑޯސްކޮށް، އެ ކެނޑިޑޭޓަކަށް ތާއީދު ކުރުމަކީ ރައީސް އޮފީހުގެ މީސްމީޑިއާގެ އެއްވެސް މަންސައަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ. ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، މިކަން ހިނގައިދިޔަ ގޮތް ހޯދަން ފަށައިފައިވާ ކަމަށާއި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު މިހާރު އަޅައިފައިވާ ކަމަށެވެ.

އެމްޑީޕީގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު މި އިންތިޚާބުގައި ވާދަކުރައްވާ، އިންތިޔާޒު ފަހުމީގެ ޓީމުން ކުރައްވަައެވެ. މި ޓްވީޓާ އެކު، ތުހުމަތުތައް ވަނީ އިތުރުވެފައެވެ. މިގޮތުން މި ޓްވީޓްގެ ސްކްރީންޝޮޓްތައް ނަގާ މީސްމީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ.

Ads by Ooredoo
  1. މުންޖިޗޭ

    މާބޮޑުކަމަކަށް ނަހަދާ! ރައީސް އޮފީހަކީ ފައްޔާޒުމެން، ފައްޔާޒުމެންނަކީ ރައިސް އޮފީސް، ދެން ކޮބައިތޯ މައްސަލައަކީ، އެމީހެއްގެ އަމިއްލަކަމެއްގައި އަމިއްލައެއްޗަކުން ބޭނުންކޮށްލުން ގޯހަކަށްނުވާނެ.