ޚަބަރު ސިޔާސީ

އިސްމާޢީލްގެ ރައްދު އިންތިއަށް: ބަލި އިއުލާން ކުރެއްވުމުގެ ބަދަލުގައި އެމްޑީޕީވަންތަ ކެމްޕެއިންއެއް ހިންގަވާ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަލި އިއުލާންކުރުމުގެ ބަދަލުގައި އެމްޑީޕީވަންތަ ކެމްޕެއިނެއް ހިންގުމަށް ގޮވައިލައްވައި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

އިސްމާޢީލް މިފަދައިން ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގއ. ދެއްވަދުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި އިންތި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދު ބޭރުކޮށްލަން ނުވަތަ ބާކީކޮށްލަން ޖާގައެއް ނުދޭނެ ކަމަށެވެ. އަދި މި ވަގުތަކީ ވަރަށް މުހިންމު، ވަރަށް ނާޒުކު ވަގުތުކޮޅެއް ކަމަށާއި އިންތިގެ ކެމްޕެއިންގައި ބައިވެރިވެ، މަސައްކަތްކޮށްދިނުމަކީ ޕާޓީއަށް ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވާ އިސްމާޢީލް އަޙްމަދު، 2008 އަހަރުގެ އިންތިޚާބާ ދިމާކޮށް އޭރުގެ ޑީއާރުޕީން ދެއްކީ އެމްޑީޕީން އިންތިޚާބު ކާމިޔާބުކޮށްފި ނަމަ ރައީސް މައުމޫން އުމުރު ދުވަހަށް ޖަލަށްލާނެކަމުގެ ވާހަކަކަމަށެވެ. އަދި އެމްޑީޕީން ރާއްޖޭގައި ފައްޅި އަޅާނެކަމުގެ ވާހަކަ ވެސް ދެއްކިކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ޕީޕީއެމްއިން ދެއްކި ވާހަކައަކީ ކޮމަންޑޫ ދާއިރާގަ ބަންގިއެއް ނުގޮވާނެކަމުގެ ވާހަކަކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސް ކުުރަން އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހި އޮތީ އޭޕްރީލް 16ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު އެ އިންތިހާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ ރަމަޟާން މަސް ނިމި ޝައްވާލްމަހުގެ ވެސް ފުރަތަމަ ހަތް ދުވަސް ނިމުމަށް ފަހު، މެއި މަހުގެ 14ވާ ހޮނިހިރު ދުވަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!