Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓެއް އާންމުކުރަން ނިންމައިފި

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތުގެ ރިޕޯޓެއް އާންމުކުރަން ނިންމައިފި

ކުރީގެ ސަރުކާރުގައި ހިންގައިފައިވާ ހިޔާނާތްތައް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި އެސެޓް ރިވަކަރީ ކޮމިޝަން އުވާލުމާ ހަމައަށް އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ރިޕޯޓެއް އާންމުކުރަން ރައީސް އޮފީހުން ނިންމަވައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވައި ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މި ސަރުކާރު އުފެދި، ފާއިތުވީ ތިން އަހަރު ތެރޭގައި ވެސް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް މައްސަލަތަކުގައި އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނުނެރެވި، އެންމެ ފަހުން ކޮމިޝަން އުވައިލީ މިދިޔަ މަހުގެ 17ގައެވެ.

އެސެޓް ކޮމިޝަން އުވައިލުމުގެ ކުރިން އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ދައުލަތުން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނު މިންވަރު ސާފުކުރުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން އެދުނެވެ. އެ މައުލޫމާތަށް އެދުނީ އެކިއެކި އިދާރާތަކުން މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފެވެ.

Advertisement
Ooredoo — Truecaller (box)

އައިމަންގެ އެ އެދުމަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އާއިޝަތު އަގީދާ ހަސަން ސޮއިކުރައްވައި އޭނާއަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ، އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ރިޕޯޓެއް ޝާއިއުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް