އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ގެއްލުނު މީހާ ފެނިއްޖެ

ކަރަންޓީންގައި ހުއްޓާ ހއ.އިހަވަންދޫން ގެއްލުނު މީހާ އަމިއްލައަށް ސިއްހީ މަރުކަޒަށް ހިނގައްޖެއެވެ.
އޭނާ ސިއްހީ މަރުކަޒަށް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރަމުން ގެންދަނިކޮށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާ ގެއްލުނީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އަދި ބައެއް މީޑިއާތަކުން އޭނާ ފިލީ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ވަނީ ކަރަންޓީނުގައި ތިބި ބައެއް މީހުން ފިލައިފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.