ފޯވީތީ މިހިތް ކަރުނުން (ޓްރައިލަރ)
ރަށްފުށުގެ ލޮނުގަނޑު ތެރެއިން ބޯހިއްލާލި ހޫރު ޕަރީއެއް ފަދަ އަންހެންކުއްޖެކެވެ. ނުކުޅެދޭ މައެއްގެ އުނގުން ލޯތްބާ އޯގާތެރިކަން އަދި ތަރުބިއްޔަތުވެގެން ދުނިޔެއަށް ލޯ ހުޅުވިފައިވާ ފަތްމިންޏެއް ފަދަ މި އަންހެންކުއްޖާއަށް ނުކުޅެދޭ މަންމަ ދީފައިވާ ނަމަކީ ސަނަމްއެވެ.
މިނިވަންކަމާއެކު މާ ބަގީޗާއެއްގެ ތެރޭގައި އުދުހިފާ އުޅުނު ރީތި ކޮކާލެއް ފަދައިން ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ސަނަމްގެ ދިރިއުޅުން ކުއްލިއަކަށް ބަދަލުވެގެން އައި ގޮތް މި ވާހަކައިގެ ތެރެއިން އެނގިގެންދާނެއެވެ.
އެހިތާމަތަކުގައި ޖެހި ބިޔަބޮޑު ކަނޑުގެ ބާނިތަކުގެ ތެރޭގައި ގެނބިގެން ދަނިކޮށް ސަލާމަތުގެ އަތްދިއްކޮށްލަނީ ނުދަންނަ ޒުވާނެކެވެ. ސަނަމް އާ ދުވަހަކުވެސް ބައްދަލުވެފައިނުވާ، ދުވަހަކުވެސް ދެކިފައިނުވާ ޒުވާނާ އާ ވާހަކަދެކެވި ދުވަހުން ދުވަހަށް ދެކެދިންގެ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރަމުން އައީ މީސްމީޑިޔާގެ ޒަރީޢާއިންނެވެ.
ދުވަސްތައް އެގޮތުގައި ވޭތުވަމުން ދަނިކޮށް މާލޭގެ މަޝްހޫރު އާއިލާއެއްގެ ފަރާތުން ސަނަމްއަށް ހުށަހެޅުމެއް ލިބެއެވެ. އުފަލާއެކު އެ ހުށަހެޅުން ސަނަމް ޤަބޫލުކޮށް ކައިވެންޏަށް ތައްޔާރުވާން ފަށައެވެ.
މި ނިޔަނެތި އަންހެންކުއްޖާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންދަނީ މި ހިސާބުންނެވެ.
ސަނަމްއަށް ލިބެނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ.؟
ސަނަމްއށް އެހީތެރިވަމުން އައި ނުދަންނަ ޒުވާނާއަކީ ކާކު ބާއެވެ؟
ކައިވެންޏަށްފަހު ސަނަމްގެ ހަޔާތަށް ބިންދާލަނީ ކޮންކަހަލަ ރާޅެއް ބާއެވެ؟
ސަނަމްގެ ހިތުން ޖާގައެއް ކަށަވަރު ކުރާނީ ކާކުބާއެވެ؟
އެ ހިތާމަތަކުން ސަނަމްއަށް އަރައިގަނެވޭނެބާއެވެ؟
ސަނަމްއަށް އުފާވެރި ފާގަތި ދުވަސްތަކެއް ލިބޭނެބާއެވެ؟
މި ވާހަކައިގެ ތެރެއިން މިހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދާނެ... އިންތިޒާރުކޮށްލައްވާ....
ހީކުރަން ކޮޕީ ވާހަކައަކަށް ނުވާނެ ކަމަށް،،،، ރީތި ވާނެ ކަމަށް އުންމީދުކުރަން،،،،، ވ ކިޔާލާ ހިތްވެއްޖެ
ކިޔެއްވެ ކޮޕީ ވާހަކައަށް ވާންވީ. ދެން ހަމަ މީހަކު ރޯލާ އިރަށް ކޮޕީ ކިޔާތަ.