ޚަބަރު ސިޔާސީ

ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައަށް ހިތްވަރުދެވިގެން ނުވާނެ: އާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައަށް ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޒިމް މިހެން ވިދާޅުވީ ‏ޝައިޚް އާދަމް ނިޝާން ހިމެނޭހެން ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބަންދު ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި, އަވަހަށް އިންސާފު ލިބެންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެ ގޮތުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާ މާރާމާރީއަށް ހިތްވަރުދެވިގެން ނުވާނެ ކަމަށެވެ. އަދިމުޖުތަމައު ބައިބައިކޮށް ހަމަނުޖެހުން ހިންގަން ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިއަށްގެންދިޔަ ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާ ހެދުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް އެ ހަރަކާތަށް ހުރަސް އަޅައިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި އައްޝައިޚް އާދަމް ނިޝާންއާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހިމެނެއެވެ.

 

Ads by Ooredoo
  1. ޢާއިޝާ

    އެހެންވީމާ ސަރުކާރުގެ ޕޮލިސީގެ ތެރެއަށް ޢަޤީދާއާއު ޚިލާފު ޔޯގާ ހިމަނައި އަޅާ ކޮންމެ ބިލްޑިންގ އެއްގައި އެކަން ކުރުމުގެ ސިޔާސަތު ބައްޓަންކޮށް ދީނަށް އިހާނެތި ކުރޭ. އެއަށްފަހު އެކަން ހުއްޓުވަން ނިކުންނަ މީހާތޯ ގޯސްވާންވީ؟ ތިމާމެން ރަންގަޅުވާކަށް ނުވޭތޯ؟ ތިމާމެންގެ ވިސްނުމަށް އިސްލާމް ދީންތޯ ބަދަލު ކުރަން ޖެހެނީ؟ ތިބޭފުޅުންނަކީ މަތިްނ ފައިބާ ތިބި ބަޔަކީތޯ؟

  2. އަހައްމާ

    ތި މަޖުލީހަށް އަދުން ހުސޭނުމެން ކަހަލަ މީހުން ގިނަކުރި ވަރަކަށް ފިތުނަ ފަސާދަ ނުއުފެދި އޮންނާނި.

  3. ޙަލީމު

    ދެން؟ ކަޅުދަބަހުގަ ދިޔާ އެއްޗެހި އުފުލަން ފުރުސަތު ދޭންވީ؟