އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާ ވެރިކަމަށް އާދެވޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާ, ރިޔާސީ ނިޒާމެއްގައި ވެެރިކަމަކަށް ނާދެވެނޭކަމަށް ބުނެ ނޫހަކުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ރިޔާޟް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާ ވެރިކަމަށް އާދެވޭނެ ކަމަށެވެ.
ރިޔާޟް ވިދާޅުވީ އެއްވަނަ އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާ ދެ ޕާޓީންކުރެ އެއްވެސް ޕާޓީއަކުން އެހެން ބަޔަކާއެކު ކޯލިޝަން ނުހެދީމަ ކޯލިޝަނަކާ ނުލާ ވެރިކަމަށް އާދެވޭނެ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން އެމްއެންޕީގެ ސައުތު ރީޖަންގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކޯލިޝަން ހަދާކަށް ރާއްޖޭގެ ޤާނޫނު އަސާސީ އަދި ޤާނޫނުތަކުން ތަނެއް ނުދޭ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަށް ވަކިވަކި އެގްރީމެންޓްތަކަކުން ބަހާލަންވެސް ގާނޫނު ތަނެއް ނުދޭ ކަމަށާއި, ދެވަނަ ބުރަށްދާ ދެ ފަރާތުން ވާދަކޮށްގެން ވެރިކަމަށް އައީމަ އެ އޮތީ ކޯލިޝަނަކާ ނުލައި އާދެވިފައި ކަމަށެވެ.
ބަގާވާތް ކޮށްގެން ވެރިކަމަށް އަންނަ މީހުންނަކީ ބާގީން.
ކުރިންވެސް ވެރކަން ހޯދިގޮތަށް ބަޤާވާތްކޮއްގެން ލިބޭނެ.. ރައްޔިތަކު ނުދޭނެ ކަލޯމެންނަކަށް ވޯޓެއް..
.ބަޤާވާތް ކޮށްގެން ނޫން ގޮތަކަށް ނެތް ތި ޕާރޓީއަށް ވެރިކަމަށް އާދެވޭކަށް.
ނުވަަނ ތިކަމެއް
ބާޣީންގެ ޕާޓީ ތިޔަ އުޅެނީ އަނެއްކާ ވެސް އެންޑީއެން އާއި އެމްޑީޕީގެ ކޯލިޝަނަށް ވެރިކަން ހޯދަދޭން. ކަލޭމެންނަކަށް ވޯޓެއެް ނުދޭނަން. ތިޔައީ ކޮރަޕްޓެޑް މުނާފިގުން.