ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ނިޝާނާއި ޝައިޚް ފަޟްލޫންގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން ހައްޔަރުކޮށްފައިވާ އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

އެ ދެ ބޭފުޅުންގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެގައެވެ. މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓަކުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ބައިނަލްއަޤްވާމީ ޔޯގާ ޑޭ ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުމުގައި ޖުމްލަ 21 މީހަކު ހައްޔަރުކުރިއިރު އެކަކު ވަނީ ދޫކޮށްލައިފައެވެ.

ހައްޔަރުކުރި ދެ ޝައިޚުންގެ ބަންދަށް ކޯޓުން ފުރަތަމަ ހަތް ދުވަސް ދިނުމަށްފަހު, އޭގެ ފަހުން އެކި ފަހަރު މަތިން އަންނަނީ ބަންދުގެ މުއްދަތު އިތުރު ކުރަމުންނެވެ. ޝައިޚް ނިޝާންގެ ބަންދަށް އެންމެ ފަހުން އިތުރުކުރީ 13 ދުވަހެވެ. ޝައިޚް ފަޟްލޫންގެ ބަންދަށް އެންމެ ފަހުން އިތުރުކުރީ 16 ދުވަހެވެ.

 

Ads by Allied Insurance
  1. އިލްމުްްްްްްްްްްްްްވެރިންނާއެވީއެެހެންމީހުނައްވެސް މިނިވަންކަމުގެހައްގުއޮންނައްޖެހޭނެ އދާލަތުން ހެޔޮވސްނޭބަޔަކުތިބި ނަމަރަގަޅުވާނީޕާޓީއިންވަކިވުނ