ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލު ކުރެވޭނީ ދީނީ ކަންކަމަށް ފަރުވާ ބެހެއްޓި މިންވަރަކުން: ރައީސް
ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލު ކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ދަރިވަރުންނާ މުޚާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތިޔަ ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި, ތަފާތު ސަގާފަތްތަކާއި, ތަފާތު އާދަކާދަތަކުގެ މަސްހުނި ވެށްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެ ވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ވަށައިލާނެ ކަމަށާއި, ހިތް އެދޭ އެތައް ކަމެއް ވިސްނުމާ ކުޅެމުންދާނެ ކަމަށާއި, ހޮޅިލައި ނަގާ ކިތަންމެ ރާޅެއް މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރުވާނެ ކަމަށެވެ.
ނަމަވެސް ތިޔައީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް އިސްލާމްދީނުގެ ސައްހަ ޢަޤީދާއަށްވުރެ ބޮޑަށް ތިޔަ ކުދިންގެ ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހާސިލު ކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދަށް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ.
ދުލާ އަމަލުސީދާ ކުރަންބާއެއުޅެނީ އެހެންވެއްޖެއްޔާ ކިތައްމެހާވެސް ރަގަޅު އެއިރުން އިންޑިޔާގެ އަޅުވެތިކަމުންވެސް ސަލާތްވި