Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

ދިރުވާލައިގެން 83 ބުލެޓުގެ މަސްތުވާތަކެތި އެތެރެކުރި އަންހެނަކު ބަންދުކޮށްފި

ދިރުވާލައިގެން 83 ބުލެޓުގެ މަސްތުވާތަކެތި އެތެރެކުރި އަންހެނަކު ބަންދުކޮށްފި

ދިރުވާލައިގެން 83 ބުލެޓުގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ބަންދުކުރަން ނިންމީ ސައުތުއެފްރިކާގެ ޢުމުރުން 43 އަހަރުގެ އަންހެނެއްކަމަށްވާ ޒަމެލިކެ ލެސިއާ އޮންޔެޗުގުއެވެ.

ފުލުހުން އޭނާއަށް ކުރަނީ ދިރުވާލައިގެން 83 ބުލެޓުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތެެވެ. އެކަމަށް ބާރުދޭ ހެއްކާއި ޤަރީނާ ފުލުހުންވަނީ ކޯޓުގައި ހުށަހަޅާފައެވެ.

Advertisement
Allied — Dhen Online (box)

އެ ގޮތުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ނިންމީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށެވެ.

މި މައްސަލައިގައި އޭނާ އަތުން އަތުލައިގަތީ ކޮން ބާވަތެއްގެ މަސްތުވާތަކެެތިކަމެއް ސާފެއް ނޫނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް