Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ނަޝީދުގެ ދިފާޢުގައި އިބްރާ ނިކުމެއްޖެ: އެންމެ ގިނައިން ޤާނޫނާ ޚިލާފުވަނީ ދީނީ ޢިލްމުވެރިން

ނަޝީދުގެ ދިފާޢުގައި އިބްރާ ނިކުމެއްޖެ: އެންމެ ގިނައިން ޤާނޫނާ ޚިލާފުވަނީ ދީނީ ޢިލްމުވެރިން

ރާއްޖޭގައި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި ޤަވާއިދާ އެންމެ ގިނައިން ޚިލާފުވަނީ ދީނީ ޢިލްމުވެރިން ކަމަށް ކިޔައިގެން އުޅޭ ބަޔަކު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ނެެރުނު “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ކަރުދާހަށް ރައްދު ދެއްވައި ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

އެއްވެސް ހުއްދައެއް ނެތި ޙައްޤާއި ބާޠިލް އޮޅޭ ގޮތަށް މިފަދަ ވާހަކަތައް ދައްކަވާތީ ނަޝީދަށް ފިޔަވަޅު އަޅަން ޢިލްމުވެރިން ގޮވާލައްވާފައިވަނިކޮށް އިބްރާ ވިދާޅުވީ

Advertisement
Ooredoo — Truecaller (box)

ފެންފައިވާނަށް އެރުމަކީ ޙަރާމްކަމެކަމަށް ދީނީ ޢިލްމުވެރިއަކު ބުނީމާ, ނޫނެކޭ ޤުރުއާނަކު ނުވަތަ ހަދީސުން ނޫންނަމަ އިޖުމާޢުއިން ތިކަން ފެންނާކަށް ނެތޭ ބުނުމަށް މަދީނާ ޔުނިވަރސިޓީން ޤާރީކަމުގެ ސެޓްފިކެޓް އޮންނަންޖެހޭ ގޮތެއް ނޭނގޭ ކަމަށެވެ.

އަދި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި ޤަވާއިދާ އެންމެ ގިނައިން ޚިލާފުވަނީ ދީނީ ޢިލްމުވެރިން ކަމަށް ކިޔައިގެން އުޅޭ ބަޔަކު ކަމަށާއި އެއީ ސާފުކޮށް ފެންނަން އޮތްކަމެއް ކަމަށް އިބްރާ ވިދާޅުވިއެވެ.

''އިސްލާމިކް މިނިސްޓްރީން މިކަން ބައްލަވާދެއްވާ ބަލަ.'' އިބްރާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް