ޚަބަރު ސަރުކާރު

ދިއްދޫގައި 75 ހައުސިންގ ޔުނިޓު ހަދަން 120 މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުން. ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

Ads by STELCO

އެ މަސައްކަތް މިއަދު ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޖޭއާއެކު ސޮއިކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަޙްމަދު ވިޝާން ނަސީމެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝާހިދެވެ.

އެސްޖޭއާ މި މަސައްކަތް ހަވާލުކުރީ 120.4 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ދިއްދޫޫގައި 700 އަކަފޫޓުގެ ދެ ފަންގިފިލާ ހިމެނޭ ރޯހައުސްތަކެއް އިމާރަތްކުރާނެއެވެ. ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި ތިން ފާހާނާ ހުންނައިރު, ސިޓިންރޫމާއި ބަދިގެއަކާއި ކާގެއަކާއި ލޯންޑްރީއާއި ސްޓޯރޭޖް ހުންނާނެއެވެ. އަދި އެ ސަރަހައްދުގައި ޕާކިންގ ޒޯނަކާއި ޕާކެއް ތަރައްޤީކުރަން ވެސް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!