ޖޭޕީއަކީ މިހާރު މި ފެންނަ ކަންކަން ބަދަލުކުރާނެ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް: ނަހުލާ

ޖުމްހޫރީ ޕާޓީއަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ ގުޅުނު ޒުވާނުންތަކެއް ސޮއިކުރުމަށް ބޭއްވި ހަފުލާއަށްފަހު ވީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ނަހުލާ ވިދާޅުވީ އޭނާ ސިޔާސީ މަސައްކަތް ފެށްޓެވީ ޤާސިމް އިބްރާހިމް ޖަލަށްލި ހިސާބުން ކަމަށާއި އަނިޔާވެރި ސަރުކާރެއް ބަދަލުކުރުމަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ މިއަދު ޖޭޕީގެ އަމާޒަކީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުން ކަމަށާއި އޭގެ އިތުރުން ޕާޓީ ވަރުގަދަކުރުން ކަމަށެވެ.
''މާނައަކީ ޓީމެއްގެ ގޮތަށް އެއް ބައެއްގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން.''
ނަހުލާ ވިދާޅުވީ މިހާރު މި ފެންނަމުންދާ ކަންތައްތައް ބަދަލުކުރާނެ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއްގެ ގޮތުގައި ޖޭޕީ އޮން ހިނދު ކުރިއަށް އޮތް ތަނުގައި ޕާޓީއަށް މެންބަރުން އިތުރުވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
އެހެންނަމަ މިހާރުވެސް އެކަންތަށްތަކާ ދެކޮޅަށް އަޑު އުފުލިސް ވެރިކަމަށްއެރުނީމަ ތިވަށްތަރުމާގޯސްވާނެ
ޖޭޕީން ކަންކަމަށް ލޯބިޖެހި ދީނަށް ލޯބިކުރަން ތިޔަފެށެނީ މިހުރިހާދުވަހު އެޅިހާ ބަތަކަށް ރިހަވެފާ ތިބެ ގައުމުގާފާހިސް އަމަލުގިނަވި އިރުވެސް ހަމަދީނޭކިޔާއަގަހުޅުވާވެސް ނުލައިތިބުމަށްފަހު އިންތިހާބު ފެންމަތިވާތީދޯ ލަދުކޮބާ