ޚަބަރު ސިޔާސީ

އާޒިމް, އިމްރާނަށް: ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ޤާނޫނު ތަންފީޒުކުރާއިރު ތަފާތުކުރާތީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ޤާނޫނު ތަންފީޒުކުރާއިރު ތަފާތުކުރާތީކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް, ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރޭ އިމްރާން ކުރެއްވި ޓުވީޓެއްގައި ވަނީ ހުތުރުކަން ބޮޑު ފާހިޝް ޢަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާޢީ އަޚްލާޤިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ހުތުރު ކަންކަމާއި, ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ޤާނޫނެއް ނެތިގެނެއް ނޫން ކަމަށާއި, ތި ގޮތައް ވިދާޅުވެގެން މަޖިލިސް ޗުއްޓީ ކުރުކޮށްލާފައި ވެސް ކިތަންމެ ޤާނޫނެއް ހަދައިދީފައިވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ފާހިޝް އަމަލުތައް ނުހުއްޓިގެން އުޅެނީ ޤާނޫނު ތަންފީޒުކުރާއިރު ތަފާތުކުރާތީ ކަމަށެވެ. އެހެންކަމުން ކޮންމެ ކަމަކުން ރެކެން ނޫޅުއްވުމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!