ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ފަޟްލޫން ދޫކޮށްލަން ކުރި އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް: ހައިކޯޓު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން މުޙައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

Ads by Sosun Fihaara

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅީ މިދިޔަމަހުގެ 25 ވަނަ ދުވަހުގައެވެ.

ހައިކޯޓުން އިއްޔެ ކުރި ޙުކުމުގައިވަނީ ފަޟްލޫން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި މައްސަލައެއް ނެތް ކަމަށާއި, އެ އަމުރު ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ޕީޖީން ހުށަހަޅާފައިނުވާ ކަމަށެވެ.

ޔޯގާ މައްސަލައިގައި ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެތެރެއިން މިހާރު ބަންދުގައި ތިބީ 07 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!