Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

އިތުރު 06 ޤައުމެއްގެ ސަފީރަކަށް ޝާން އައްޔަންކުރަނީ

އިތުރު 06 ޤައުމެއްގެ ސަފީރަކަށް ޝާން އައްޔަންކުރަނީ

ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޢާއިޝާތު ޝާން ޝާކިރު ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި 06 ޤައުމަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންމަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ, ޝާން ޝާކިރަށް ރުހުން ދިނުމާމެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވި ސިޓީ އިއްވަވައިފައެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަން ކުރަން ނިންމަވާފައިވާ ހަ ޤައުމަކީ ރަޝިޔާއާއި ފިންލެންޑާއި ނޯވޭއާއި ޑެންމާކާއި ޔޫކްރެއިނާއި ސްވިޑަންއެވެ. ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ ޖަރުމަނުގައި ހުންނަވައިގެންނެވެ.

Advertisement
HDC — Sidebar (box)

ޖަރުމަނު ސަފީރުކަމަށް އައްޔަން ކުރައްވައި މަޤާމުގެ ލިޔުން ޝާން އާއި ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ގައެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ކުރިން ހުންނެވި ޝާން ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ވެސް ފުރުއްވައިފަ އެވެ. އޭގެތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ހިމެނެއެވެ.

ޝާން ވަނީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް