ޚަބަރު ސިޔާސީ

އެންމެ އަރިސްކޮށް އުޅުއްވި ހިސާން ވެސް ހުންނެވީ ރައީސް ނަޝީދާ ދެކޮޅަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހިސާންއާއި ނަޝީދު. ފައިލް ފޮޓޯ

ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތާއީދު ނުކުރައްވާކަން, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވެސް ހާމަކުރައްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ފެނުނު ހިސާން ރޭ ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމުމުގައި ތަރައްޤީއާއި އިގުތިސާދީ މިސްރާބާއި ހަމަޖެހުމަށް ރިޢާޔަތްކުރުން މުހިންމު ކަމަށެވެ. އަދި ރާއްޖެފަދަ ތަރައްްޤީވަމުން އަންނަ ޤައުމަކަށް ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްޤީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމުންކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން މިހެން ވިދާޅުވިއިރު އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ނަޝީދުގެ މަސައްކަތާ ދެކޮޅު ހައްދަވައިފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ނަޝީދުގެ މަސައްކަތަކަށް ތާއީދެއް ނުކުރައްވައެވެ.

Ads by Allied Insurance
  1. އައިސަ

    ބަރުލަމާނީ ރަގަޅު އޭރުން ކުދިޕާޓީ ތަކަށްބައިއަޅަންނުޖެހޭނީ މިސާލަކައްއަދާލަތު ޕާޓީ ޖުމުހޫރީ ޕާޓީ އެ ފަދަ ޕާޓީތަކައް ބައިނާޅައްޏާ ވެރިކަންވައްޓާލާނ….