ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސްތަކަށް ގޮންޖަހާލައިފައި ހޯދޭނެ ކާމިޔާބީއެއް ނެތް: ނަޝީދު

ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސްތަކަށް ގޮންޖަހާލައިފައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނެތްކަމަށް ވިދާޅުވެ, އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުޙައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްދު ދެއްވައިފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ރައީސް ޞާލިޙް ވަނީ ގޮވައިލައްވާފައެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ނަޝީދު ވިދާޅުވީ ޕާޓީ އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށެވެ.
ޕާޓީގެ އެއްބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލެއް ނެތްކަމަށް ކަމަށްވިޔަސް, އަނެއް ބަޔަކު ދެކެނީ މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި ވައްޓަފާޅި ބަދަލުވާންޖެހޭކަމަށް ކަން ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދެނީ ބަދަލަށް ކަމަށާއި, ބަދަލުގެ ތެރެއިން އެ މީހުންގެ ޢާންމު ހާލަތު ރަނގަޅު ކުރުމަށް ރާއްޖޭގެ ރައްޔިތުން އަބަދުމެ ގޮވައިލަމުންދާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
''މި ޕާޓީއަކީ އަބަދު ވެސް ބަދަލުގެތެރެއިން ހައްލު ހޯދައިދޭނެ ޕާޓީއެއް.''
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ އިހްސާސްތަކާއި, އުންމީދުތައް ނަގާލައި, އެ ކަންކަމަށް ގޮންޖަހައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށެވެ. ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންނަށް އެކުގައި ތިބެވޭނެ ގޮތް ނޫން ގޮތެއްގައި ކާމިޔާބު ހޯދެން ނެތްކަން ކަށަވަރުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.







ކޮމެންޓް