ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: 60 ދުވަހަށްފަހު އިތުރު މީހަކު ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޛިލްޔަން. ފޮޓޯ: ފަޟްލޫން/ޓްވިޓާ

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު ދޫކޮށްލައިފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ދޫކޮށްލާފައިވަނީ ދޫކޮށްލާފައިވަނީ މއ.ކަނުހުރާގެ މުޙައްމަދު ޛިލްޔަން, 37, އެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ 60 ދުވަސް ފަހުންނެވެ.

އޭނާ ދޫކޮށްލީ ފަސް ޝަރުތަކާއެކުއެވެ.

މާލެ ސަރަހައްދުން ބޭރަށް ނުދިއުން.

އުޅޭ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ ލިޔުމުން އެކަން ފުލުހުންނަށް އެންގުން.

ދިރިއުޅުމުގެ ޒަރޫރަތެއް ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުން.
މި މައްސަލައާ ގުޅުންހުރި އެއްވެސް މީހަކާ މުޢާމަލާތު ނުކުރުން.

ފުލުހުން އަންގާ ގޮތެއްގެ މަތިން ތަޙްޤީޤަށް ހާޒިރުވުން.

ކްރިމިނަލް ކޯޓުގެ ޢަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ ތަޙްޤީޤުގެ މުއްދަތު އިތުރުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ. އޭގެތެރޭގައި އައްޝައިޚް އާދަމް ނިޝާންއާއި އައްޝައިޚް ފަޟްލޫން މުޙައްމަދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!