ޚަބަރު ސަރުކާރު

މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަވޯޓާ ޝަރީފްގެ ދަރިފުޅަށް އަހަރަކު 2.4 މިލިއަން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަޤާމުގައި ހުންނެވި މިޒްނާ ޝަރީފަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އަހަރަކު 2.4 މިލިއަން ރުފިޔާ ލިބިލައްވާކަން ހާމަވެއްޖެއެވެ.

Ads by MWSC

މިޒްނާއަކީ ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގެ ދަރިފުޅެވެ.

ފޮރިން މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކާ ހަވާލާދީ އޮންލައިން ނޫސް ''ދިޔަރެސް'' އިން ރިޕޯޓުކޮށްފައިވާ ގޮތުން މިޒްނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އަހަަރަކު 2,416,917 ރުފިޔާ ލިބިލައްވައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުތަކުގައިވާ ގޮތުން މިޒްނާގެ އަސާސީ މުސާރައަކީ 216,000 އެވެ. ރަމަޟާން އެލަވަންސަށް 3000 އަދި ސްޕެޝަލް އެލަވަންސް ޓު ދަ ޕޯސްޓަށް 118,981 ރުފިޔާ ލިބިލައްވައެވެ.
އަދި ކޮމިއުޓިން އެލަވަންސްގެ ގޮތުގައި 99,922 ރުފިޔާއާއި, ޑިޕެންޑެންސް އެލަވަންސްގެ ގޮތުގައި 1,585,299 ރުފިޔާއާއި, އެހެނިހެން 393,765 ރުފިޔާ ލިބިލައްވައެވެ.

މި ސަރުކާރުން އެމްބަސީތަކަށް ދަނީ ބޮޑެތި ޚަރަދުތައް ކުރަމުންނެވެ. މެލޭޝިޔާގައި ހުންނަ އެމްބަސީއަށް މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު 82 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ތިން އަހަރު އެ އެމްބަސީއަށް ހޭދަކުރީ 43 މިލިއަން ރުފިޔާއެވެ.

Ads by Allied Insurance
  1. ސެއްޅި

    އެކަކު އަނެކަކަށް ކެވޭލެއް މަދުވެގެންދޯ ތިއުޅެނީ……ތިކަން ހުއްޓުވޭނީ ދައުލަތުން ވައްކަންކުރާ މީހުންގެ އަތްކަނޑާނެ ކަމަށް ވަކާލާތު ކޮށް ގައުމު ދީނުގެ މަގަށް ސީދާ ކުރުމަށް މަސައްކަތް ކުރާ މީހަކަށް…….އެލީޑަރަކީ ހަމައެކަނި ޢުމަރު ނަސީރު……