ދުނިޔެ ނިމި, ޤިޔާމަތް ގާއިމުވީމަ އެންމެންނަށް އިންސާފު ލިބޭނެ: ޝަމީމް
އިންސާފު ލިބުމުގައި މިއަދު ގޮންޖެހުންތަކެއް ހުރި ނަމަވެސް, ދުނިޔެ ނިމި، ޤިޔާމަތް ޤާއިމުވެ ނިމޭނީ، އެންމެނަށް ފުރިހަމައަށް އިންސާފު ޤާއިމުވެގެންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ޢާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ޢަދުލު އިންސާފުގެ މަފްހޫމަކީ، އެކި ގޮތްގޮތަށް މާނަކުރެވޭ، ޝައުޤުވެރިކުރަނިވި އެއްޗެއް ކަމަށާއި, އޭނާގެ ރަސްމީ ވަޒީފާއަކީ، އިންސާފު ޤާއިމުކުރުން ކަމަށްވާތީ، އެކި މީސްމީހުންނަށް އިންސާފު ލިބިގެން ނުވަތަ ނުލިބިގެން އުޅޭ މައްސަލައާމެދު ވަރަށް ވިސްނަވައި ފިކުރުކުރައްވާ ކަމަށެވެ.
''މިކަމާ އަޅުގަނޑު ވިސްނުމުން ދޭހަވީ، އިންސާފަކީ ނިސްބީ އެއްޗެއްކަމެވެ. ވަކިވަކި މީހުންނަށް، އެކި ގޮތަށް މާނަކުރެވޭ، އެކި ގޮތަށް ލިބޭ އެއްޗެއްކަމެވެ.''
''ދިވެހިރާއްޖޭގައި އިންޞާފު ޤާއިމުކޮށްދިނުމުގެ ޒިންމާ ޙަވާލުވެފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެނެގަންނަންޖެހޭ އަސާސީ ކަމަކީ، އަޅުގަނޑު ޤާއިމުކޮށްދޭންޖެހޭ އިންސާފަކީ ކޮބައިތޯއެވެ.''
ޝަމީމް ވިދާޅުވީ ޤާނޫނީ ނިޒާމުތައް ހަމަޖެހިފައިވާ ގޮތުން، ޕީޖީގެ ހައިސިއްޔަތުން ޤާއިމުކުރަންޖެހޭ އިންސާފު ލިޔެފައި އޮތީ ޤާނޫނުތަކާއި ގަވާއިދުތަކާއި ޤާނޫނީ އުސޫލުތަކުގައި ކަމަށާއި, އޭނާގެ އަމިއްލަ ހިތުގައި ނުވަތަ އޭނާ ޤަބޫލުކުރާ ގޮތްތަކުގެ ތެރެއަކު ނޫން ކަމަށެވެ.
ޝަމީމް ވިދާޅުވީ ޤާނޫނީ ނިޒާމުގައި އިންސާފަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި، ވަކި މިވެނި ކަމަކީ އިންސާފުކަމަށް ލިޔެފައި އޮތް ކަންކަން ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން، އެންމެން އެއްކޮށް ތިބެ ޤާނޫނުތައް ނުލިޔެވޭނެތީ، ޤާނޫނު ހެދުމަށް ބަޔަކު އިންތިޚާބުކުރީ ކަމަށާއި, ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ، ރައްޔިތުންގެ ބޭނުންވާ ގޮތަށް، ޤާނޫނު ހެދުމުގެ މަސައްކަތް، ރައްޔިތުން ހަވާލުކުރީ ރައްޔިތުންގެ މަޖިލީހާ ކަމަށެވެ.
''ވީމާ، ރައްޔިތުންގެ ފަރާތުން، ޤާއިމުކުރަންވީ އިންސާފަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.'' ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ މީހުންގެ ޒިންމާއަކީ ރައްޔިތުންގެ މަޖިލީހުން، އިންސާފުކަމަށް ކަނޑައެޅި ޤާނޫނު ތަންފީޒުކުރުން ކަމަށެވެ. އެ އިންސާފަކީ އޭނާ ނުވަތަ ފުލުހުން، ނުވަތަ ފަނޑިޔާރު، ނުވަތަ ޤާނޫނު ތަންފީޒުކުރާ އެހެން މީހަކު ވިޔަސް، އެ މީހާގެ ހިތުގައި އިންސާފުކަމަށް ޤަބޫލުކުރާ ގޮތަށް ކޮންމެހެން ވުން ލާޒިމެއް ނޫން ކަމަށާއި, އެ ގޮތަށް ނުވެ ހިނގައިދާނެ ކަމަށެވެ.
''ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް ބަދަލު އާދެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި އޮތް ހުކުމްތަކަށް ބަދަލެއް ނާދެއެވެ. މި ހާލަތުގައި އުފެދޭ ސުވާލަކީ، އިސްލާމީ ޝަރީޢަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒުނުކުރަނީ ކީއްވެގެންތޯއެވެ.'' ޝަމީމް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ވަނީ, ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެ ގަވާއިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ.
އެހެންކަމުން ޤާނޫނު ތަންފީޒުކުރާ މީހުން ޢަމަލުކުރަންޖެހެނީ ޤާނޫނުގައި ލިޔެފައިވާ ކުށްތަކަށް އަދަބު ދިނުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޤާނޫނުގައި ވަކި ކަމެއް ނެތީވިއްޔާ އެކަމެއް ޤާނޫނުގައި ލިޔެ، އިންސާފު އޮންނަންވީ ގޮތުގެ އިރުޝާދު ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް ކަމަށާއި, އެ މީހަކަށް ފެންނަ ގޮތަކަށް، އެމީހެއްގެ ހިތަށް ފެނުނު އިންސާފު ޤާއިމުކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އިންސާފު ޤާއިމުވުމުގެ ވަޢުދަކީ ޤުރުއާނުގެ އެތައް އެތައް އާޔަތެއްގައި ބަޔާންކޮށްފައިވާ ވަޢުދަކަށްވާތީ، އިންސާފު ޤާއިމުވާނެކަމާމެދަކު މުއުމިނުންގެ ހިތުގައި ޝައްކެއް ނުހިނގާ ކަމަށެވެ. އަދި ދުނިޔެ ނިމި، ޤިޔާމަތް ޤާއިމުވެ ނިމޭނީ، އެންމެނަށް ފުރިހަމައަށް، އިންސާފު ޤާއިމުވެގެންކަމަށް ޝަމީމް ވިދާޅުވިއެވެ.
އެދުވަހައްޓަކާތަ މީސްމީހުނަށް އިންސާފުހޯދަނުދީ ތިބެނީ ދެންކީކުރާ މުވަޒްޒަފުންނެއްތަ ދައުލަތުގާ ފައިސާ މާގިނައީތަ ގެދޮނޭޅޭމީހުނަށާ ބޭސްފަރުވާނުކުރެ ިތިބޭމީހުނަށްއެހީވާންވީނު. ކޯޓު.ފަޑިޔާރުގެފަދަ.ހުރިހާ މުއަށްސަސާތަކުގެމުވަށްޒަފުންތަޒް ކޑާލައްވީނު
އަރަށްވެސް ބޮޑުތެދެއްތީ.
އެއްބާވަތެއްގެ މައްސަލާގައި ވަކިމީހަކަށް ދަޢުވާކުރާއިރު އަނެއްމީހާއަށް ދަޢުވާނުކޮބާއްވަނީީ ގިޔާމަތަށް ފަސްކޮށްލާފަތޯއެވެ.
ތިމާ އެޒިންމާއާ ޙަވާލުހުރެ ގިޔާމަތްދުވަހު އިންސާފު ލިބޭނޭކަން މޫޫމިނުން ޝައްކު ނުކުރާނޭކަމަށް ބުނެ ދޫކޮށްލުމުން ތިމާއަށް ސަލާމަތްކަމެއް އޮވެދާނެ ކަމަށް ތިމާ ގަބޫލުކުރާނަމަ ތިބާގެ އީމާންތެރިކަން ކޮބައިތޯއެވެ.
ބޯގަޅާލާތި ތަނެއް އޮތިއްޔާ ތިމާގެ ގައިގައި ޒިންމާ އަދާކުރާނެ އުރަތްޕެއް ނެތަސް.
ނިސްބީވާތީ އެކަން އިންނަންޖެހޭ ހަމަތައް ބާވައިލައްވައި އެންގެވީ. އެގޮތް ކަމުނުދިޔާމައިނޫންތޯ މައްސަލަ އަކަށް ވެގެން މި އުޅެނީ. އިންސާނުން ޢަދުލުގެ ހަމަތައް ލިޔަންވީމާ ކޮންމެ މީހަކު ލިޔާނީ އެމީހާއަށް ކަމުދާއެއްޗެއް.
ހިވެހިރާއްޖޭގެ ޤާނޫނު އަސާސީގަ ނެއްކަންކަންވެސް އަދި ހުރިކަންކަންވެސް އިސްލާމީ ޝަރީއަތާއެއްގޮތަށް ޝަރީއަތްކޮށް ނިންމަންވީ. ޜައްޔިތުންގެަޖިލިހުގަ ތިބި މަރުމޯލުންނަށް ކޮން އިސްލާމީ ޝަރީއަތެއް އިނގެނީ. އެހެންވީމައޭ މަޖިލީހަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގަ އިސްލާމީ ޝަރީޢާއިން މަތީ ތަޢުލީމު އުނގެނި ފާސްވެފަވާމީހުން ތިބެންޖެހެނީ. ސިޔާސީ ޕާޓިތަކުގެ މަރުމޯލުންނާ އެކްޓިވިސްޓުންނެއްނޫން ތިމަގާމަށް ހޮވަންވީކީ. އެހެންނޫންނަމަ އޮޕަރޭޝަން ޑޮކްޓަރަކަށްވެސް ސިޔާސީޕާޓީއެއްގެ ބޮޑުމީހެއް ނުވަތަ އެކޓިވިސްޓެއް ލާންވީނު. ލާފިއްޔާ ވާނެގޮތް އިނޣޭތާ އެންމެނަށްވެސް. ތިމަޖިލީހުގަ ތިބި އިސްލާމީ ޝަރީއަތް ނުއުނގެނިތިބި ޕާޓީގަކުގެ މީހުން އާހިރަތްފުވަހަށްޓަކާވެސް އިސްތިއުފާދީފަ ގެއަށްދޭ.
ލާރިގަނޑު ކައިގެން ކަލޭ ތިތާ ތިހުންނަނީ ގިޔާމަތް ދުވަހުން އިންސާފު ހޯދައިދޭންތަ؟ އިސްތިއުފާ ދީފަ ރައްކާވޭ. ގިޔާމަތް ދުވަހު އިންސާފު ގާއިމު ކުރާނީ ތިމާމެން ކަމަށް ހީކޮށް، މަރުވެފަ ތިބި މީހުން ޝަރީއަތަށް ގެންދަން އިއުލާނު ޖަހާނެ ކަމެއް ނެތް.