ޚަބަރު ޝަރުޢީ ދާއިރާ

ގިނަ ބަޔަކާއެކު ލިވާތުކުރި އަލަމްގީރު ހަތް މަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ, ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by MWSC

ގިނަ ބަޔަކާއެކު ލިވާތުކުރި އަލަމްގީރު ހައްޔަރުކުރީ ޖުލައި 12 ގައެވެ.

ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލަމްގީރުގެ މައްޗަށް އުފުލާފައިވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތަކުގެ ޝަރީޢަތް ފެށުމުގެ ގޮތުން އިބްތިދާއީ އަޑުއެހުމެއް ބޭއްވީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އޮންލައިންކޮށެވެ. އެ އަޑުއެހުމުގައި އަލަމްގީރު ވަނީ އޭނާގެ މައްޗަށް ކުރާ ދަޢުވާތަކަށް އިޢުތިރާފުވެފައެވެ.

އިބްތިދާއީ މަރުހަލާ ނިންމައި ޝަރީޢަތުގެ އަޑުއެހުމެއް ވެސް އެ ދުވަހު ކުރިއަށް ގެންދިޔައެވެ. އަލަމްގީރު ހާޒިރުކޮށްގެން ބޭއްވި އެ އަޑުއެހުމުގައި ވެސް ވަނީ އިޢުތިރާފު ދަމަހައްޓައިފައެވެ. އެ ގޮތުން ގާޒީ ނިންމެވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމާށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަޙްމަދު ޝަފީޢު މިއަދު ''ދެން'' އަށް ވިދާޅުވީ ޙުކުމްކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ޢަލީ އާދަމް ޙުކުމްކުރެއްވީ އަލަމްގީރު ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކަމަށެވެ.

އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ނާޒިމް ޢަބްދުއްސައްތާރާއި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤް (ދޮން ދިގު) އާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ, އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ. ނަޝީދުގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ.

Ads by Allied Insurance
  1. ެރިން

    ހަތްމަސްވެސް ގިނަނޫންތޯ.މީހުންގެ ލަޮަލުގަ އަދުން އަޅުވަންވެގެން ޖަލައް ލިއްޔޯ.