ޗެންނާއީ އަދި ހައިދްރަބާދަށް މާލެއިން ސީދާ ދަތުރުތައް ފަށަނީ

އިންޑިޔާގެ "އިންޑިގޯ" އެއާލައިންއިން ރާއްޖެއިން އިންޑިއާއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފިއެވެ.
ބަޖެޓް އެއަރލައިނެއް ކަމަށްވާ އިންޑިއޯއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ކޮވިޑް-19އާ ގުޅިގެން ދަތުރުތައް މަޑު ޖައްސާލުމަށްފަހު ބައެއް މަންޒިލްތަކަށް މިދިޔަ އަހަރު އޮކްޓޯބަރު މަހު ވަނީ ދަތުރުތައް ފަށާފައެވެ.
މިއަދު އިންޑިގޯއިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ނޮވެންބަރު މަހުން ފެށިގެން އިންޑިގޯގެ ސީދާ ދަތުރުތައް ޗެންނާއީއަށާއި ހައިދްރަބާދަށް ފަށާނެ ކަމަށެވެ.
މިގޮތުން ހަފްތާއަކު ތިން ދުވަހު ޗެންނާއީއަށް އަދި ހަފްތާއަކު ހަތަރު ދުވަހު ހައިދްރަބާދަށް ދަތުރު ކުރާނެ ކަމަށް އިންޑިގޯއިން ހާމަކުރެއެވެ.
މާލެއިން ހައިދްރަބާދަށް ފްލައިޓް އޮންނާނީ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ހައިދްރަބާދަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހުއެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލެވެ. އިންޑިގޯގެ އިތުރު ދަތުރުތަކާއެކު، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.