Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ލިވާތު ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ލިވާތު ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި (ލިވާތު ކުރުން) މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ލ.ކަލައިދޫ, ވަޒަން ޢުމުރުން 45 އަހަރުގެ އާދަމް ޙަލީމް ކިޔާ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބުނުމުން ކޯޓުން އޭނާގެ ބަންދަށް ދިނީ 05 ދުވަހެވެ.

ރާއްޖޭގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މައްސަލަތައް ގިނަވެފައިވާއިރު, ދާދިފަހުން ހުޅުމާލޭ ފުލެޓެއްގައި އެ ޢަމަލު ހިންގަން ތިބި ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް ވެސް ގިނަ ބަޔަކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ ޢާންމުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް