ތާރީޚުގައި ކައުންސިލުތައް ބާރުވެރިނުވާ މިންވަރަށް މި ދައުރުގައި ކައުންސިލުތައް ބާރުވެރިވެއްޖެ: ސަޢުދު

ދިވެހި ތާރީޚުގައި ކައުންސިލުތައް ބާރުވެރިނުވާ މިންވަރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްކަމުގެ ދަށުން ކައުންސިލުތައް ބާރުވެރިވަމުންދާކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ސަޢުދު ވިދާޅުވީ ރައީސް ޞާލިޙްގެ ލީޑާޝިޕްކަމުގައި ކައުންސިލުތައް ބާރުވެރިވެ, ތަފާތުކުރުމެއްނެތި ރަށްރަށުގެ ޚިދުމަތްތައް ފުރިހަވަމުން އަންނަ ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެނިގެންދިޔައީ ކައުންސިލުތައް ހުއްޓުވައި ސަސްޕެންޑްކުރި މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
''ދިވެހި ތާރީޚުގައި ކައުންސިލުތައް ބާރުވެރިނުވާ މިންވަރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑާޝިޕްގަ މިދަނީ ކައުންސިލުތައް ބާރުވެރިވެ, ތަފާތުކުރުމެއްނެތި ރަށްރަށުގެ ޚިދުމަތް ފުރިހަމަވަމުން.''
ސަޢުދު މިހެން ވިދާޅުވެފައިވަނީ, ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް, ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބާއްވަމުން އަންނަ ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް, ލ.ގަމަށް މިއަދު ވަޑައިގެންފައިވަނިކޮށެވެ.
މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ދެވަނަ ވިއަވަތި ކޮންފަރެންސްގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި, ބިނާވެށި ޕްލޭން އެކުލަވައިލުމާއި, މިންތީގެ ހަމަހަމަކަމާއި, ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން, މި ހަތަރު ދާއިރާއިން މަޝްވަރާކުރާނެއެވެ.






ކޮމެންޓް