ޚަބަރު ޝަރުޢީ ދާއިރާ

އެމްއެމްޕީއާރްސީ ޚިޔާނާތް: ނިހާނުގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

Ads by MWSC

އެ އަޑުއެހުން އޮންނާނީ މާދަމާ 09:00 ގައެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަތުން އެކި ފަހަރު މަތިން ފައިސާ ހޯއްދަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނިހާނުގެ މައްޗަށް ހަ ދަޢުވާއެއް އުފުލިއެވެ.

އެއީ ރިޝްވަތު ހިފުމުގެ ކުށުގެ 03 ދަޢުވާއަކާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއަކާއި، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ. އޭގެތެރެއިން އެއް ދަޢުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ވަނީ ނިންމާފައެވެ.
ނިހާނު ވިދާޅުވެފައިވަނީ ތަޙްޤީޤު ފެށުނު ފަހުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި, ދައުލަތުން ބޭނުންވާ މުއްދަތަކަށް ޕާސްޕޯޓު ހިފެހެއްޓުމުގައި ފަރުވާލެއްނެތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!