ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ސާޅީސް ދަޢުވާ އުފުލައިފިއެވެ.

Ads by Sosun Fihaara

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގައި އަލަމްގިރިގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާ ވެސް އުފުލިއެވެ. އެ ދަޢުވާތަކަށް އޭނާ އިޢުތިރާފުވުމުން ކުށް ސާބިތުވެ, 07 މަހާއި 06 ދުވަހަށް އޭނާ ޖަލަށްލުމަށް ޙުކުމްކުރީ މިދިޔަ މަހުގެ 31 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!