ޝަރުޢީ ދާއިރާ

ފުލުސް އޮފިސަރަށް ކުރި ޙުކުމާމެދު ހިތްހަމަނުޖެހޭތީ މައްސަލަ އިސްތިއުނާފުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) މައްޗަށް ކުށް ސާބިތުވެ, އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ޙުކުމާމެދު ހިތްހަމަނުޖެހޭތީ, އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްއިން ނިންމައިފިއެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާއަށް އިޢުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކުރީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ރަފީޢު ޖަލަށްލުމަށެވެ. ނަމަވެސް ތަޙްޤީޤުގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލުން ބުނީ ދައުލަތުން އެދުނީ 07 މަހާއި 06 ދުވަހުގެ ޙުކުމަކަށް ކަމަށާއި, ނަމަވެސް ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމްކުރެއްވީ އަދަބުގެ ދެ ދަރަޖަ މަތިކޮށެވެ. އެހެންވެ އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

ޢަބްދުއްރަޙްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ
އަލަމްގީރް އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯ ވެސް ޢާންމުވިއެވެ.

 

Ads by Allied Insurance
  1. ީލިޔޯ

    ތަހުގީގުން ދުވަސް އުނި ކުރީމަވެސް ދުވަސް އިތުރުވަނީ..
    ކިހިނެތް މިވީ..

  2. އުސްމާން އިބްނި ތޮލްހާ

    އިސްލާމްދީނުގައި އޮތް އެންމެ ބޮޑު ފާފައަކީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމެއް ނޫން. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ އިތުރު ނަބީއްޔާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވޭ. އެއީ ޙަދީޘް ނަންބަރު 3671.
    އިތުރު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. “ތިޔަބައިމީހުން ނަރަކައަށް ވައްދާނެ 7 ފާފައާއި ދުރަށް ދާށެވެ. ތިމަންކަލޭގެފާނު އެއްސެވީމޭ… ” އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންފާފަތަކެއް ހެއްޔެވެ؟ ” އެކަލޭގެފާނު ޙަދީޘްކުރެއްވީ ” މާތްﷲ އަށް ޝަރީކުކުރުން، ސިހުރު ހެދުން، ޙައްޤަކާ ނުލައި ފުރާނައެއް ދުއްވާލުން، ރިބާ ކެއުން، ޔަތީމުންގެ މުދާ ކެއުން، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލުން، މުޢުމިން އިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން މިއެވެ.” އަދިވެސް އިސްލާމްދީނުގައި ވައްކަން ކުރުމާ، ޤަސްތުގައި ނަމާދު އެޅުމާއި، ޒަކާތް ނުދެއްކުމާ، އުޒުރެއްނެތި ރަމަޟާން މަހު ރޯދަ އެޅުމާ، ހައްޖަށް ދިއުމުގެ ކުޅާދާނަ ކަން ހުރެމެ ފަރުޟް ހައްޖެއް ނުކުރުމާއި، ރަހިމުގެ ގުޅުން ކެނޑުމާއި ޒިނޭކުރުންވެސް ވަނީ ލިވާތަށް ވުރެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނިފައި. اَللّٰهُ أَعْلَم

  3. ޒިޔާއުލް ޙައްޤު

    އިސްލާމީ ޝަރިއާ ޤާއިމްކުރަން ގޮވާލާއިރު މިއަދު ފަތިހުވެސް ފަތިސްނަމާދުގައި މިސްކިތުގެ 1 ސަފުވެސް ނުފުރޭ… މައިން ބަފައިންަށް އަޅާ ނުލާ މީހުން ބައިވަރު… އަނބިދަރިންގެ ހައްޤުތައް އަދާ ނުކުރާ މީހުން އެހާ ގިނަ… އަދި ލިވާތުކުރާ މީހުން އުސްތަނަކުން ވައްޓާ މަރަން ގޮވާއިރު ޒިނޭކުރި ކިތައް މީހުން މިރާއްޖޭގައި ރަޖަމު ކޮށްފިތަ؟ ވައްކަންކުރި ކިތައްމީހުން އަތްކަނޑައިފިތަ/ މުރުތައްދުވި ކިތައް މީހުން މަރައިފިތަ؟ ފޭރުނު ކިތައް މީހުންގެ އަތްފައި ކަނޑައިފިތަ؟ ޒަކާތް ނުދައްކާ މީހުނާ ހަނގުރާނަކޮށްފިތަ? ހަމައެކަނި ލިވާތާ އަޅައިގަނެގެން އުޅުނީމާ ފެންނަނީ މުނާފިޤްކަން.