ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލަން ދަށު ކޯޓުން ނިންމީ ގޯސްކޮށް: ހައިކޯޓު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޝައިޚް ފަޟްލޫން މުޙައްމަދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށްކަމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by STELCO

ޝައިޚް ފަޟްލޫން ހައްޔަރުކުރީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައެވެ. ދެތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލީ ޖުލައި 22 ގައެވެ.

ޝައިޚް ފަޟްލޫން ދޫކޮށްލީ މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.

ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ޢަމުރުގެ އިސްތިއުނާފު މައްސަލައުގެ ޝަރީޢަތް ހައިކޯޓުގައި ފެށީ މި މަހުގެ 15 ގައެވެ.

މި މައްސަލައިގައި ޙުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ބުނީ ޝައިޚް ފަޟްލޫން ދޫކޮށްލަން ޖުލައި 21 ގައި ނެެރުނު އަމުރާއި އޭގެ ކުރިން އެ މަހުގެ 05 ވަނަ ދުވަހުގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ނެރުނު އަމުރާ އަޅާބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ބަންދާމެދު ލުއިދޭނަމަ ގާޒީގެ ނިންމެވުމުގައި އެ ގޮތް ނިންމެވި ސަބަބު ތަފްސީލުކޮށް އެނގެންޖެހޭ ކަމަށާއި, ނަމަވެސް ދަށުކޯޓުގެ އަމުރުގައި އެކަން ސާފުވާކަށް ނެތް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 07 ދުވަސްތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭނެކަމަށް ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

Ads by HDC
  1. ލިވާތައްވުރެ ދަރަޖާގެގޮތުން ހަރާންކަން ބޮޑީތަ

  2. އަލީ ބިން ޔޫސުފް

    ތިޔައީ އަބަދަށްވެސް ހައްޔަރުގައި ބައިތިއްބަން ޖެހޭ “އިލްމް” ވެރިންގެ ތެރެއިން ދެމީހުންނެވެ. ތާއަބަދު ދަރުހެއްދިނަސް ގައުމުގައި ފިތުނަ ފަސާދަ އުފައްދާ، ޚަވާރިޖް ފިކުރު ފަތުރާ ޚަވާރިޖުންނެވެ. ދީނުގައި މިމީހުންގެ އަދަބަކީ އަތަކާއި ފަޔެއް ބުރިކޮށް ސަލީބަށް އެރުވުމެވެ. ނުރައްކާ ބަޔެކެވެ.