Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ދިވެހި މަސްކަނޑުތައް އިންޑިއާއަށް ވިއްކައިލީ ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީއެއް ގުޅިގެން: ޝުޖާއު

ދިވެހި މަސްކަނޑުތައް އިންޑިއާއަށް ވިއްކައިލީ ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީއެއް ގުޅިގެން: ޝުޖާއު

ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީތައް ގުޅިގެން ދިވެހި މަސްކަނޑުތައް އިންޑިއާއަށް ވިއްކައިިލައިފިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހއ.ތުރާކުނު ބޭރުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދުތެރޭގައި އިންޑިޔާ ބޯޓެއް ދާ އަޅަމުންދަނިކޮށް, އެކަން ކޯސްޓްގާޑަށް ރިޕޯޓުކުރުމުން އަޅައިނުލިކަމަށް ބުނާ ވާހަކައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ކޮޗިން ފެރީއާއެކު ހުރިހާ ކަމެއް ތަނަވަސް ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބޮޑުތިލަދުންމަތީ މެމްބަރުން އޭރު ވިދާޅުވި ކަމަށެވެ. ނަމަވެސް
ދިވެހި އަސްކަރިއްޔާގެ ވެރިން އަނގަމަތީގައި މަލަން ތަތްކޮށްފައި
މަސްކަނޑުތައް ވެސް ވަގަށް ކަހައިލާނެކަމަށް އޭރު ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނަމުންދިޔަ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

''އަޅުގަނޑުމެން ދެންނެވިން މަސްކަނޑުތައް ވެސް ވަގަށް ކަހާލާނެޔޭ. ދިވެހި އަސްކަރިއްޔާގެ ވެރިން އަނގަމަތީގަ މަލަން ތަތްކޮށްފައޭ އެކަން ކުރާނީ. ކޮންތާކު މި ޖެހުނީ! އަޅުގަނޑުމެން ބުނިގޮތް ނޫންބާ މިވީ.''

ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ތިއްބެވީ, ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ކަމަށް ވިދާޅުވެ މަޖިލީހުގައި ''ހައްޕު ކިޔައިގެން'' ފިއްލަވައި ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް