ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަކްރަމްގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމާ ގުޅޭ ގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
މެޖިސްޓްރޭޓް އަޙްމަދު އަކްރަމާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާފައިވަނީ ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެވެ.
ކޮމިޝަނުން އިއްޔެ ބުނީ މެޖިސްޓްރޭޓް އަކްރަމްގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ މި 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ބައްދަލުވުމުގައިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީ އުޅެނީ ޒުވާން ފަޑިޔާރުނަށް ބިރުދައްކާ މަޖުބޫރު ކޮށްގެން ކަންކުރުވަންތޯ !