Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި, ފުއްސެވުމެއް ނުލިބޭނެ: ރައީސް ޔާމީން

ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި, ފުއްސެވުމެއް ނުލިބޭނެ: ރައީސް ޔާމީން

ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި, ފުއްސެވުމެއް ނުލިބޭނެކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ޢަދާލަތު ޕާޓީއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ
ޢަދާލަތު ޕާޓީއަށް ވަދެގެން ނޫނިއްޔާ ﷲ ގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެކަމަށް އެ ޕާޓީ އުފެދިގެން އައިއިރު ހީވި ކަމަށެވެ. ނަމަވެސް މިއަދު މި އޮތީ އޭގެ އިދިކޮޅަށް ކަމަށާއި, ޢަދާލަތު ޕާޓީއަށް ވަދެއްޖެނަމަ ދިންނެވުމާއި, ފުއްސެވުމެއް ނުލިބޭނެ ކަމަށެވެ.

''ކީއްވެގެންތޯ ޢަދާލަތު ޕާޓީއެއް އުފެދުނީ. އަޅުގަނޑުމެންނަށް އޭރު ހީވި ޢަދާލަތު ޕާޓީއަށް ވަދެގެން ނޫނިއްޔާ ﷲ ގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެކަމަށް. މިއަދު އެކަމު އަޅުގަނޑަށް ހީވަނީ އޭގެ އަނެއްކޮޅަށް. ﷲ ގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނޭ ޢަދާލަތު ޕާޓީއަށް ވަދެއްޖިއްޔާ. އެހާ ވަރަށް ސިޔާސީ ކަންކަން ގޭސް އަނބުރައިގެން ސިޔާސީ ކަންކަން އެ ކުރަނީ.''

Advertisement
Ooredoo — Square (box)

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ޢަދާލަތުގައި ޝައިޚުންގެ ގޮތުގައި ތިއްބެވި ދެ ވަޒީރުންނަކަށް މިހާރު ސަރުކާރުގައި ހިނގާ އެއްވެސް ކަމެއް (ދީނާ ޚިލާފު ކަންކަން) ފެނިވަޑައިގަންނަވާ ކަމަކަށް ވެސް ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް