Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީއާ ފެއަށްޖެހި, އިހަވަންދޫ މި އޮތީ އަލުން އިސްލާމްވެފަ: ރައީސް ޔާމީން

އެމްޑީޕީއާ ފެއަށްޖެހި, އިހަވަންދޫ މި އޮތީ އަލުން އިސްލާމްވެފަ: ރައީސް ޔާމީން

އެމްޑީޕީއާ ފެއަށް ޖެހި ހއ.އިހަވަންދޫ އަލުން އިސްލާމްވެއްޖެ ކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ އިހަވަންދުއަކީ އެމްޑީޕީއަށް ވަރަށް ތާއީދު ބޮޑު ރަށެކެވެ. ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށު ރައްޔިތުން ވަނީ އެމްޑީޕީއަށް ނޫނެކޭ ބުނެ ޕީޕީއެމްއަށް އޮތް ތާއީދު ދައްކައިލާފައެވެ.

ެއިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިހަވަންދޫ މި އޮތީ އަލުން އިސްލާމްވެފައި ކަމަށެވެ. އަދި އެމްޑީޕީން ވަކާލާތުކުރި ކަންކަމާއި, އެ މީހުންގެ ބަހާއި އަމަލާ ސީދާނުވާ މިންވަރު އިހަވަންދޫ ރައްޔިތުންނަށް ވެސް އެނގި އެ ޕާޓީއާ ފެއަށްޖެހިފައިވާތީ އެކަމަށް ޙަމްދު ކުރައްވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

''މި ރަށް މި އޮތީ އަލުން އިސްލާމްވެފަ. އެމްޑީޕީގަ ވަކާލާތުކުރި ކަންކަމާއި އެ މީހުންގެ ބަހާއި އަމަލާ ސީދާނުވާ މިންވަރު ތިބޭފުޅުން އަމިއްލަފުޅަށް ގަބޫލުކުރައްވާ ތިބޭފުޅުން އެ މީހުންނާ ފެއަށް ވަޑައިގަތީ. ޙަމްދާއި ޝުކުރު ﷲ އަށް. އިންތިހާއަށް ޙަމްދާއި ޝުކުރު. އެއީ އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވީތީ މިކަމުން.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ކުރަން ފުރުސަތު ލިބުނުއިރު, އިހަވަންދުއަށް ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް