ޚަބަރު ސިޔާސީ

ބަޖެޓުގައި ޖަހާފައިވާ ޢަދަދަށް ފައިސާއެއް ނުލިބޭނެ, އެ އުޅެނީ ގުނބޯހައްދަން: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން. ފޮޓޯ: ޕީޕީއެމް

އަންނަ އަހަރަށް ލަފާކޮށް 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް އެއާ ގާތްކުރާ ވަރަށް ވެސް ފައިސާ ނުލިބޭނެ ކަމަށާއި, އެ އުޅެނީ ރައްޔިތުން ގުނބޯ ހައްދަންކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ 42.8 ބިލިއަން ރުފިޔާ ބަޖެޓުގައި ޖެހި ނަމަވެސް, ހުރިހާ ޓެކުހެއް ހަމައަށް ލިބިގެން ވެސް ލިބޭނީ 20 ބިލިއަން ރުފިޔާ ކަމަށާއި, ކަރުދާހުގައި ކޮންމެ ޢަދަދެއް ވެސް ޖެހިދާނެ ކަމަށެވެ.

''އެހެންވީމަ މި އަންނަ އަހަރު މިހާރު މި ހިނގާ އަހަރުގެ ބަޖެޓުގެ ދެގުނަ ޖަހައިގެން މި އުޅެނީ ރައްޔިތުން ގުނބޯ ހައްދަން. ފުރަތަމަ ކަމަކީ އެ ފައިސާއެއް ނުލިބޭނެ. ދެވަނަ ކަމަކީ މި ބުނަނީ ނުފުދި ހުރި ވަޢުދު ފުއްދާށޭ މި އުޅެނީ. ކޮވިޑަށް ދެ އަހަރު ކަނޑާފައި ބާކީ ތިން އަހަރުތެރޭ ހުރިހާ ވަޢުދެއް ފުއްދަނީ.
އެއްފަރާތުން މި ވާހަކަ ބުނާއިރު އަނެއް ފަރާތުން ޞާލިޙް އަރާ މި ބުނަނީ ވަޢުދުގެ %95 ފުދިއްޖޭ. އެހެންވީމަ މި އުޅެނީ ބޮޑެތި މަޝްރޫޢުތައް ހިންގާށޭ. ބޮޑެތި މަޝްރޫޢުތައް ހިންގާކަށް މި މީހުންނަށް ވަގުތެއް ނެތް''

ސަރުކާރު ކުންފުނިތަކަށް ބަޖެޓުން އަންނަ އަހަރު ފައިސާ ލިބޭނީ ފުރަތަމަ ކުއާޓާ ނިމި އޮޑިޓު ހެދުމުންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ކުންފުނިތަކަށް ޓެކްސް ރިޓާން ލިބޭއިރު ރިޔާސީ އިންތިޚާބުގެ ނިޔަލަށް އޮންނާނީ 04 މަހާއި ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި މަޝްރޫޢުތައް ނިންމާނީ ކޮން ގޮތަކުންތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!