ޚަބަރު ސިޔާސީ

ބަޖެޓުގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް އެއްވެސް ފައިސާއެއް ނެތުމުން ކަންބޮޑުވުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް އެއްވެސް ފައިސާއެއް ނެތުމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

އަންނަ އަހަރަށް ލަފާކޮށް 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

ޠާރިޤް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ނަމުގައި ޢިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި, އެ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި ކަމަށެވެ. އެއީ ހިތާމަހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢަރަބިއްޔާގެ ޢިމާރާތުގެ ތަނބުތަކުގައި ރެނދުލައި ގެއްލުންވަމުންދާތީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތުގައެވެ. ނަމަވެސް އެ ތަނަކީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެ ސުކޫލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ބާޖަމާލުއްދީނު ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހަދަން ސަރުކާރުން ނިންމާފައިވާއިރު, އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އެ ޢިމާރާތް ނިމޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!