ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ދިރިއުޅުމުގެ މައިދާނުގައި އެކަނިމައި އެކަނި ހަނގުރާމަ ކުރަމުންދިޔަ ދެ ނަފުސެވެ. އެކަކު އަނެކެއްގެ ކުރިމައްޗަށް ގެނެސްދެނީ ތަޤުދީރެވެ. މެހެރީންގެ ފުރަތަމަ ފެނިލުމުން އާރިޒްގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯވެގެންދަނީ އެނގުމަކާނުލައެވެ. އެ ސާދާ ސީދާ ސޫރަ އާރިޒްގެ ހިތުގައި ބިންވަޅުނެގިފައިވިއެވެ. އުމުރުގައިވެސް ކުރެވުނު އެންމެ އުފައުވެރި އިހުސާސުތައް ކަމުގައި ލޯބީގެ ފޮނި ފޮނި އިހުސާސުތައް ވިއެވެ. އެހެނަސް ހިތުގައި ފޯދެމުން އައި ލޯބި ދުލުން ހާމަނުކުރެވެނީސް އެލޯތްބަށް ނިމުން އައިފަދަ އިހުސާސެއް އޭނާއަށް ކުރެވެނީ ނޭނގިހުއްޓައި ދެލޯކުރިމަތިން މެހެރީން ގެއްލުމުންނެވެ. ރެޔާއި ދުވާލު އެލޯތްބަށްޓަކައި އާރިޒް އިންތިޒާރު ކުރިއެވެ. ދެވަނަ ފަހަރަށްވެސް އެއަންހެންކުއްޖާ އޭނާގެ ކުރިމައްޗަށް ގެނެސްދިނީ ތަޤުދީރެވެ. މިފަހަރު އެންމެ ސުކުންތުކޮޅެއްވެސް ބޭކާރުކޮށްލާކަށް އާރިޒްގެ ޟަމީރު އެއްބަހެއް ނުވިއެވެ. ހިތުގައި އެތައް ދުވަހެއް ވަންދެން ސިއްރުވެފައިވި ލޯތްބަށް އިއުތިރާފުވާން އޭނާ ނިންމީ ދެވަނަ ފަހަރަށް މެހެރީން ގެއްލެން ނޭދޭތީއެވެ. އެހެނަސް... އާރިޒްއަށް އެފުރުސަތު ނުލިބެނީސް ފައުޅުވާ ހަގީގަތަކާއެކު އޭނާގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. އަމިއްލަ ހާލަތުގެ ސަބަބުން އިތުރަށް މެހެރީންއާ ކުރިމަތިލުމަށް އޭނާ ޖެހިލުންވެއެވެ. އޭނާފަދަ މީހަކަށް މެހެރީން ހައްޤުނޫނޭ ހީވަނީއެވެ.

Ads by Sosun Fihaara

އެކަނިވެރިކަން ހަފަރާތުން ވަށައިލިހިނދު ކިރިޔާވެސް އޯގާތެރިކަމެއް މެހެރީނަށް އިހުސާސުވީ އާރިޒްގެ ފަރާތުންނެވެ. ދިރިއުޅުމުގެ އިމްތިހާނުތަކަށް ކެތްތެރިވަމުންގޮސް އެންމެ ބަލިކަށިވީ ހިނދު އޭނާއާ އެންމެ ގާތުގައިވީ ވެސް އާރިޒްއެވެ. އެ އޯގާތެރިކަން މެހެރީންގެ ހިތް ފަތަހަކުރަނީ އެފަދަ ކަމަކަށް އުއްމީދުވެސް ނުކޮށްހުއްޓައެވެ. ދުލުން ހާމަނުކުރިއެއް ކަމަކު މެހެރީންގެ ހިތުގައިވެސް އާރިޒްގެ ނަން ފެވިފައިވީ ދުވަހަކު ފަނޑުވުމެއް ނުވާނެފަދައިންނެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގައި ބަސްމޮށުންތެރިކަމެއްނެތި އެކަކު އަނެކެއްގެ ހާލު ބަޔާންކުރުމަށް ދެހިތް މަސައްކަތްކުރެއެވެ. އެހެނަސް ޖެހިލުންވެފައިވީ ހާލަތު އެލޯތްބަށް ތަންނުދޭތީއެވެ. އެކަކު އަނެކަކާ ގާތުގައިވުމަށް ދެހިތް ތެޅިފޮޅެމުންދިޔަސް ވެހެވެ. އެކަކު އަނެކަކަށް ބޭޤަރާރުކަމާއެކު ދެހިތް އެދެމުންދިޔަ ނަމަވެސްއެވެ. އެދެމެދަށް އެޅިފައިވީ ކޮންފަދަ ހުރަހެއް ބާއެވެ؟ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް، ދުރުގައިހުރުން މަޖުބޫރުވަނީ ކީއްވެގެން ބާއެވެ؟ ހިތުގެ އެދުން ފުރިހަމަކުރުމަށް ނުކުޅެދިފައިވީ ކީއްވެހެއްޔެވެ؟ އެ ސަބަބަކީ ކޮބައިބާވައެވެ؟ ހާލަތު ދުވަހަކުވެސް މިދެލޯބިވެރިން ގުޅުމަށް ތަންދީފާނެ ހެއްޔެވެ؟

*****
ދާމިން އާއި ލީމް ބައްދަލުވަނީ އޭނާގެ އޮފީސް ކުރިމަތިންނެވެ. ކޮންމެ ދުވަހަކުވެސް އެނިޔަނެތި އަންހެންކުއްޖާގެ ހިތްގައިމު ސޫރަ ދުށުމަށް އޭނާގެ އިންތިޒާރުގައި ދާމިން ހުރެއެވެ. މަޑުމަޑުން އެހިތުގައި އުފެދެމުންދިޔަ އިހުސާސުތައް ފުންވެގެން ދިއުމުން އިތުރަށް ލީމްއާ ދުރުގައި ހުރުން ދާމިންއަށްވީ ދަތިކަމަކަށެވެ. އެހެނަސް ލީމްއާ ގުޅުން ބަދަހިކުރަން އޭނާ ކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. ދާމިންއާ އަނގައިން ބުނަންވެސް އެއަންހެންކުއްޖާ ނޭދޭފަދައެވެ.

ފައުޅު ނުކުރިއެއްކަމަކު ދާމިންގެ ފުށުން ފެންނަމުންދިޔަ އަމަލުތަކަށް ލީމްގެ ހިތްވެސް އައީ ލެނބެމުންނެވެ. ދާމިންއަށްޓަކައި ހިތުން ޖާގައެއް ހުސްވަމުން ދިޔަނަމަވެސް އެއިހުސާސުތަކަށް އިއުތިރާފުވުން ލީމްއަށްވީ ދަތިކަމަކަށެވެ. ހާމަކުރެވޭ އެންމެ ހަގީގަތެއްގެ ސަބަބުން ދާމިންގެ ހިތުގައި އޭނާގެ މައްޗަށް ފޫހިކަން އުފެދިދާނެތީ ލީމްގެ މުޅި ނަފުސުވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެލޯބި ގެއްލެން ހިތް ނޭދުނަސް، ދެމެދުގައިވި ދުރުކަން ނެތިކޮށްލުމަށްޓަކައި ކުރިއަށް އެންމެ ފިޔަވަޅެއް އެޅުމަށްވެސް އޭނާވީ ނުކުޅެދިފައެވެ. ލީމް ފޮރުވަމުން އެއަންނަނީ ކޮންކަމެއްބާއެވެ؟ އެހަގީގަތް ހާމަކޮށް ދާމިންގެ ލޯތްބަށް ދުވަހެއްގެ ކޮޅުންވެސް ލީމް ފުރުސަތުދީފާނެ ހެއްޔެވެ؟ ލީމްގެ ހާލަތު އެނގުމުން ދާމިންގެ ހިތުގައިވި ލޯތްބަށް އެއްވެސް ފަނޑުކަމެއް އަތުވާނެ ހެއްޔެވެ؟ އާޚިރުގައި ދެމެދުގައިވި ހުރިހައި ފަރަޤެއް ނެތިކޮށްލުމަށްފަހު ލޯބި އޭގެ މަންޒިލާ ހަމައަށް ވާސިލްވެދާނެ ބާއެވެ؟

މަގޭ ހާލު.. ބުނެދެން މިތުރާއޭ...
ޔާރުގެ ހިޔަނިން.. މަދަދު ލިބުންމީ.. އަޅުގެ ދުޢާއޭ...

*****

މި ހުރިހައި ސުވާލުތަކެއްގެ ޖަވާބާއެކު، ކިޔުންތެރިންނާ ހަމައަށް އަންނަނީ ޖަޒުބާތުން ފުރިފައިވި ލޯބީގެ އަސަރުގަދަ ވާހަކަ "މަގޭ ހާލު ބުނެދެން މިތުރާއޭ..." އިންތިޒާރުކޮށްލައްވާ...

މި ވާހަކަ ކިޔުންތެރީންނަށް ގެނެސްދޭނީ، އިރާދަކުރެއްވިއްޔާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. އެއްވެސް ސަބަބަކާހުރެ ވާހަކަ ނުގެނެސްދެވޭ ދުވަހެއްނަމަ، އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި ކިޔުންތެރިންނަށް އަންގާލަދޭނެ ވާހަކަ ދަންނަވާލަމެވެ.

Ads by Ooredoo
  1. އެފްބީ ޕޭޖް ނަން ބުނެދީބަލަ ކޮންމެސް ކުއްޖެއް

  2. މުއާޒް

    ކޮބައިތޯ އެފްބީ ޕޭޖް ނަން……..