Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ލިބެންޖެހޭ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ޤަވާއިދަށް ޢަމަލުކޮށްފައެއްނުވޭ: އޮޑިޓް

ލިބެންޖެހޭ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ޤަވާއިދަށް ޢަމަލުކޮށްފައެއްނުވޭ: އޮޑިޓް

ރައްޔިތުންގެ މަޖިލީހަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާކަމަށް މަޖިލީހުގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާން ކުރައްވައިފިއެވެ.

މާލިއްޔަތުގެ ޤަވާއިދުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާގެތެރެއިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކޮށް, ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ 07 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ
ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވަން ޖެހެއެވެ.

އަދި އެ މުއްދަތު ފާއިތުވިއިރު ވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ދެއްކުމަށް އިތުރު 07 ދުވަސް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އަންގަން ޖެހެއެވެ. ނަމަވެސް އެ ފުރުސަތު ދިނުމުން ވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ޝަރީޢަތުން އެ ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދައްކާނަމަ އެ މައްސަލަ މިނިސްޓަރަށް ހުށަހަޅައިގެން އެ ފައިސާއާމެދު ވަކިގޮތަކަށް ނިންމަންވާނެ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.

Advertisement
HDC — Sidebar (box)

އޮޑިޓް ރިޕޯޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބެންޖެހި ދިގު މުއްދަތެއް ހޭދަވެފައިވާ ފައިސާ ހޯދުމާ ގުޅޭ ގޮތުން ފައިސާ ދައްކަންޖެހޭ ފަރާތަށް އެކަން އެންގުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ އަދަދަކީ 471,545 ރުފިޔާއެެވެ. އަދި އޭގެތެރެއިން 266,548 ރުފިޔާ ވަނީ މާލީ އަހަރު ނިމުނު ފަހުން މި އަހަރު ތެރޭގައި ޚަލާސްކޮށްފައި ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ އިދާރާއިން ހަރުމުދަލުގެ ފުރިހަމަ ހިސާބު ވެސް ބަލަހައްޓާފައެއް ނުވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް