ޚަބަރު ސަރުކާރު

ރައީސް އޮފީހުން ނަޝީދަށް: ޓެކްސް ބިލު އަނބުރާ މަޖިލީހަކަށް ނުފޮނުވާނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ---

ޓެކްސް އިތުރު ކުރުމާ ބެހޭ ބިލު، އަނބުރާ މަޖިލީހަށް ނުފޮނުއްވާނެ ކަމަށާއި، އެ ބިލު ތަސްދީޤު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ބަދަލެއް ނުގެނެސް، އެ ބިލު ތަސްދީޤު ކުރައްވާނެ ކަމަށެވެ.

ޓެކްސް ބޮޑު ކުރާ ބިލު ފާސްވީ ހަނި އަޣްލަބިއްޔަތަކުން ކަމަށާއި، އެފަދަ ބިލުތައް ފާސް ކުރުމަށް، ބޮޑު އަޣްލަބިއްޔަތެއް ޤާނޫނު އަސާސީން ލާޒިމް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވަނީ ބިލަށް ޢަމަލު ކުރެއްވުމުގެ ކުރިން ސަރުކާރުން އެކަމަށް ރިޢާޔަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން، މިއުވާން ވިދާޅުވީ މަޖިލީގުގެ ރިޔާސަތުން ވިދާޅުވާ ވާހަކައަކަށް އެއްޗެއް ނުދަންނަވާނެ ކަމަށާއި، ވޯޓު ލިބުނު ގޮތް ރައްޔިތުންނަށްވެސް އެނގޭނެ ކަމަށެވެ.

"ބިލު ރައީސް ތަސްދީޤު ކުރައްވާނެ ހަޤީޤަތުގަ، އިތުރަކަށް ރައްޔިތުންގެ މަޖިލީހަކަށް ފޮނުއްވާ ގޮތަކަށް ނޫން އޮތީކީ. ކޮންމެ ބިލެއްވެސް ފާސް ކުރައްވާފަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނީމަ، ތަސްދީޤު ކުރައްވާނެ، އިނގޭތޯ!" މިއުވާން ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލާ އެއްކޮޅަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް މީގެ ކުރިން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ބައެއް މެންބަރުންގެ އިސްލާހުތައް ވެސް ބޭރުކޮށްލުމަށްފަހުއެވެ.

 

 

Ads by Allied Insurance
  1. ގައުމީއިނދަ

    އިބޫގެސަރުކާރަކީީ މިދިވެރާއްޖެެ އިގުތިސާދީީ ފުންވަކައްވައްޓާލާާ މުޅިގައުމުު ނިކަމެތިކޮއްލާާ ގައުމީވަންތަކަންގެއްލުވާލިި ނާކާމިޔާބުު ދައުރެއްް ގައުމުގެެ ކަރާމާތާރައްކާތެރިކަންް ގެއްލިއްޖެެ ބިރުވެރިި ނާންމާންް ހާއްޔަކައްް މިދިވެހިރާއްޖެެ ހަދައިފިި މަޔެއްބަފަޔެއްދަރިޔެއްް ނޭގޭހިސާބައްް ކަންތައްް ނުބައިވެއްޖެެ ހުރުމަތްތެރިކަންލިބޭތަނެއްނުފެނޭޭ