މިދިޔަ ހުކުރު ދުވަހުގެރޭ އޭނާއަށް ދިން ހަމަލާގެ އަޑީގައި ތިބީ ސިޔާސީ ބައެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ޝިމާޒަށް ހަމަލާދިނީ ގަލޮޅު ދަނޑު ކައިރީގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެއިން ނުކުންނަވަނިކޮށް އައި ގުރޫޕަކުންނެވެ.
ހަމަލާއާ ގުޅިގެން ޝިމާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަށް ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. ހަމަލާގެ ކުރިން އެކިއެކި ގޮތްގޮތުން އެތައް އިންޒާރެއް އައިކަން ފާހަގަކުރައްވައި ޝިމާޒް ވަނީ ހަމަލާދިން މީހުންނާއި އެ ކަމުގެ އަޑީގައި ތިބި މީހުން ހޯދައި އެ މައްސަލަ ބަލައި ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް ގޮވައިލައްވާފައެވެ.
ޝިމާޒަށް ހަމަލާދީފައި މިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައިވަނިކޮށެވެ.
ޝިމާޒަށް ދިން ހަމަލާގައި ނަހުލާގެ އަތެެއްވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.
މި މައްކާރުންގެ ސަރުކާރަކީ ވަރަށް އިނއސާފު ގށއިމުކޮށްދޭ ސަރުކާރެއް އަދި އަމުދުންޝިމާޒަކީ މި މައްކާރުންގެ ސަރުކާރުގެ ހިއްސާދާރެއްކަމަށްވާ ރމައުމޫނުގެ ފުރިހަމަބާރާ އިޚުތިޔާރު ލިބިގެން ހިންގާ ވެރިކަމެއްގެ ދޑެޕިއުޓީ މިނިސްޓަރެއް، ވީމާ ވަރަށް ފުރިހަމަ އިންސާފެއް ތިބޭފުޅާއަށް މި ހިޅު ބުއްދީގެ ސަރުކާރުން ހޯދާދެއްވާނެ.