ފުޓްބޯޅަ

ވެލެންސިއާގެ ދެ ގޯލާއެކު އެކުއަޑޯއަށް ރަނގަޅު ފެށުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗް 2-0ގެ ނަތީޖާއަކުން އެކުއަޑޯއިން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

އެކުއަޑޯ މޮޅުވެފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ އުތުރުން އޮންނަ އަލް ޚުރްގެ 60،000 މީހުންގެ ޖާގައިގެ އަލް ބައިތު ސްޓޭޑިއަމްގައޭ، މިރޭ ހޯސްޓް ކުރާ ޤައުމާ ދެކޮޅަށް ކުޅެއެވެ.

މެޗުގައި ފެނުނު ދެ ގޯލް ވެސް ޖަހާދީފައިވަނީ އެކުއަޑޯގެ މޮޅު ފޯވާޑް އެނާ ވެލެންސިއާއެވެ.

މެޗުގެ ފުރަތަމަ ތިންވަނަ މިނެޓްގައި ވެސް ވެލެންސިއާގެ ގޯލްއެއް ފެނިގެން ދިޔައެވެ. ނަމަވެސް ވީއޭރަށް ބެލުމަށްފަހު ނިންމާފައިވަނީ ގޯލް އޮފްސައިޑް ކަމަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ގަތަރުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ލީޑް ފުޅާކޮށް ދެވަނަ ގޯލް، 31 ވަނަ މިނެޓްގައި ޖަހައިދިން އެ ޓީމްގެ ކެޕްޓަން ވެލެންސިއާއެވެ. ދެވަނަ ގޯލަކީ ބޮލުން ފޮނުވާލި ބޯޅައެކެވެ.

މެޗުގެ ދެ ގޯލް ވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ.

އެކުއަޑޯގެ މި މޮޅާއެކު، އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމުގައި ޤަތަރުގެ އިތުރުން ދެން ހިމެނެނީ ސެނެގަލްއާއި ލެދަލެންޑްސްއެވެ.

މިއީ ވޯލްޑް ކަޕެއްގައި ޤަތަރު ކުޅުނު ފުރަތަމަ ފަހަރެއެވެ. ވޯލްޑްކަޕްގައި ކުޅެން ޤަތަރަށް ޗާންސް ލިބިފައިވަނީ، ހޯސްޓް ކުރާ ޤައުމަށްވުމުންނެވެ. އެކުއަޑޯއިން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކޮލިފައިވެފައެވެ. އަދި ގަދަ 16އަށް އެއްފަހަރު ދަތުރު ކުރިއެވެ.

ދެން ވޯލްޑްކަޕްގެ މެޗެއް އޮންނާނީ މާދަމާ އިރުއޮއްސި 6 ޖަހާއިރުއެވެ. އެއީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. އެ މެޗްގައި ބައްދަލު ކުރާނީ އިންގްލެންޑް އަދި އީރާންއެވެ.

އެކުއަޑޯގެ މެޗެއް ދެން އޮންނާނީ މިމަހު 25 ވަނަ ދުވަހުއެވެ. އެއީ ސެނެގަލްއާ ދެކޮޅަށެވެ. ހަމައެދުވަހު ޤަތަރުން ނެދެލެންޑްސްއާ ދެކޮޅަށް ނިކުންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!