ޚަބަރު ރައްޔިތުންގެ މަޖިލިސް

މިހައި ބޮޑު ދަރަނި ބަޖެޓެއް ފާސްކުރާނީ ރައްޔިތުން ނިކަމެތި ކުރަން: ޢާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް--

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން "ދަރަނި ބަޖެޓެއް" ފާސްކުރެއްވުމަކީ ރައްޔިތުން ނިކަމެތި ކުރުން ކަމަށާއި، މިއަދު ދިވެހީންނަށް އެހެން ބައެއްގެ ކައިރިން އެހީއަށް އެދެންޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު, ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން ދެއްކެވި ވާހަކައިގައި އާޒިމް ވިދާޅުވީ ބަޖެޓު ރިޕޯޓަކީ ޖަޒުބާތުގައި ޖެހިގެން ތިބެ ޙަޤީޤަތާ ދުރަށް ޖައްސާލައި މި ޤައުުމު ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާ ރިޕޯޓެއް ކަމަށެވެ.

އަޅުގަނޑުމެން މި ތިބީ ތިބި ތަނާ މާ ދުރަށް ނޭނގި ތިއްބާ އޮޔާ ގެންގޮސްފަ. އަނބުރާ އަންނަން އެހެން ބައެއްގެ އެހީއަށް އެދެންޖެހިފައި މި ތިބީ.

މި މަހުގެ މިހައިތަނަށް އައިއިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާ ވެސް ނޯންނާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި މިއަދު ކޮންމެ މީހަކު ވެސް ދަނީ ރަށްޓެހިން ކައިރީ އާދޭސް ކުރަމުން ކަމަށާއި
މީ ދިވެހިންގެ ޙާލަތު މިއަދު އޮތް ގޮތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެވަރަށް ވިސްނާނުލާ އެވަރަށް ދިރާސާ ކުރުމެއްނެތި ޙަޤީޤަތުގަ، އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ފިކުރެއްނެތި މިހާ ބޮޑު ދަރަނި ބަޖެޓެއް މި މަޖިލީހުން ފާސްކުރަން ހުށަހަޅާ އަދި އެ ބަޖެޓަށް ތާޢީދުކޮށް ފާސްކުރާނީ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުން ވެސް ނިކަމެތި ކުރަން. އަޅުގަނޑުމެން ޤައުމު ވެސް ބަނގުރޫޓު ކުރަން.

އާޒިމް ވިދާޅުވި ގޮތުގައި މިހާ ދަރަނި ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކުރަން ހެޔޮ ވެސް ނުވާނެއެވެ. އަދި ޤައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން ކުރާ މަސައްކަތުގެ ނުރަނގަޅު ނަތީޖާ ދުވަސްކޮޅެއް ފަހުން ފެނިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!